Roadha Mihaaru
ނާޝިދާއި ޝަރީފް ކޮމިޓީގައި ބަޖެޓަށް ވޯޓު ދެއްވައިފި

ބޮއިކޮޓްކޮށްފައި ވަނިކޮށް އޭޑީކޭ ނާޝިދާއި ޝަރީފް ކޮމިޓީގައި ބަޖެޓަށް ވޯޓު ދެއްވައިފި

26 އޮކްޓޯބަރ 2017

ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ސަޕްލިމެންޓްރީ ބަޖެޓަށް ކޮމިޓީ މަރުހަލާގައި އެމްޑީޕީގެ ކޮމަންޑޫ ދާއިރާގެ މެމްބަރު އޭޑީކޭ އަހުމަދު ނާޝިދު (އޭޑީކޭ ނާޝިދު) އާއި މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް (މަވޯޓާ) ވޯޓު ދެއްވައިފި އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ސަޕްލިމެންޓްރީ ބަޖެޓަށް ކޮމިޓީ މަރުހަލާގައި އެމްޑީޕީގެ ކޮމަންޑޫ ދާއިރާގެ މެމްބަރު އޭޑީކޭ އަހުމަދު ނާޝިދު (އޭޑީކޭ ނާޝިދު) އާއި މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް (މަވޯޓާ) ވޯޓު ދެއްވައިފި އެވެ.

ފިނޭންސް މިނިސްޓްރީން މަޖިލީހަށް ހުށަހެޅުއްވި 493 މިލިއަން ރުފިޔާގެ ބަޖެޓު ކޮމިޓީން ފާސްކުރީ އެ ދެ މެމްބަރުންގެ އިތުރުން ކޮމިޓީގައި ހިމެނޭ ޕީޕީއެމާއި އެމްޑީއޭގެ މެމްބަރުން ހިމެނިވަޑައިގަންނަވާ ގޮތަށް 13 މެމްބަރުންގެ އަޣުލަބިއްޔަތުންނެވެ. އެ ވޯޓުގައި ނާޝިދާއި ޝަރީފް ފިޔަވައި އިދިކޮޅު އެއްވެސް މެމްބަރަކު ބައިވެރިވެވަޑައިގެންފައެއް ނުވެ އެވެ.

ބައްދަލުވުމުގައި ޝަރީފް ވާހަކަ ދައްކަވަނީ.---ފޮޓޯ: ހުސެއިން ވަހީދު/މިހާރު

ބައްދަލުވުމުގައި ޝަރީފް ވާހަކަ ދައްކަވަނީ.---ފޮޓޯ: ހުސެއިން ވަހީދު/މިހާރު

ބަޖެޓަށް ވޯޓަށް އަހަން ފެށުމުން އިދިކޮޅު މެމްބަރުން ވަނީ ކޮމިޓީ ބައްދަލުވުން ބޮއިކޮޓް ކުރައްވައިފަ އެވެ. ނަމަވެސް އެ ބައްދަލުވުމުން ނުނިކުންނަވައި އޭޑީކޭ ނާޝިދާއި ޝަރީފް ތިއްބެވީ އެވެ.

ބަޖެޓު ދިރާސާ ކުރާ ކޮމިޓީއަކީ އިގްތިސާދީ ކޮމިޓީ އާއި މާލިއްޔަތު ކޮމެޓީގެ މެމްބަރުން ހިމެނޭ ގޮތަށް އުފައްދާފައި އޮންނަ ކޮމެޓީއެކެވެ. ބަޖެޓު ކޮމިޓީގެ މެޖޯރިޓީ އޮންނަނީ ވެރިކަން ކުރާ ޕީޕީއެމަށެވެ. ކޮމެޓީ މަރުހަލާގައި ބަޖެޓުގެ އަދަދަށް އެއްވެސް ބަދަލެއް ގެނެސްފައެއް ނުވެ އެވެ.

ސަރުކާރުން މަޖިލީހަށް ހުށަހެޅި ބަޖެޓުގައި 268 މިލިއަން ރުފިޔާގެ އާމްދަނީއެއް ހޯދުމަށް ވަނީ ނިންމައިފަ އެވެ. އެ އާމްދަނީ ހޯދަނީ ޓެކްސްގެ ގާނޫނަށް ދެ އިސްލާހެއް ގެނެސްގެންނެވެ..

ސަޕްލިމެންޓަރީ ބަޖެޓުގައި އެންމެ ބޮޑު ހޭދައެއް ކުރަނީ ސިއްހީ ދާއިރާއަށެވެ. އެގޮތުން ސިއްހީ ދާއިރާއަށް 330 މިލިއަން ރުފިޔާ ހަރަދުކުރާއިރު، މަޖިލީހުގެ ބައި އިލެކްޝަންތައް ބޭއްވުމަށް 26 މިލިއަން ރުފިޔާ ހަރަދު ކުރާނެ އެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި ބަޖެޓު ދިރާސާ ކުރި ކޮމިޓީގެ ތަޅުމަށް ވަނީ ހުށަހަޅައިފަ އެވެ. އަދި ސަޕްލިމެންޓްރީ ބަޖެޓު ފާސްކުރުމާ މެދު ވޯޓަށް އަހާނެ ކަމަށް ބެލެވެ އެވެ.