Roadha Mihaaru
ނިވާކަން ބޮޑު ހެދުންތަކުގެ ފެސްޓިވަލެއް

ނިވާކަން ބޮޑު ހެދުންތަކުގެ ފެސްޓިވަލެއް

28 އޮކްޓޯބަރ 2017

ނިވާކަން ބޮޑު ހެދުންތަކަށް ހާއްސަ ފެސްޓިވަލެއް އިނގިރޭސި ވިލާތުގެ ލަންޑަނުގައި ފުރަތަމަ ފަހަރަށް ބާއްވައިފި އެވެ.

ނިވާކަން ބޮޑު ހެދުންތަކަށް ހާއްސަ ފެސްޓިވަލެއް އިނގިރޭސި ވިލާތުގެ ލަންޑަނުގައި ފުރަތަމަ ފަހަރަށް ބާއްވައިފި އެވެ.

"މޮޑެސްޓް ފެޝަން ފެސްޓިވަލް" ހާއްސަކޮށްފައި ވަނީ ހަށިގަނޑުގެ ބައްޓަން ހާމަނުވާ އަދި ހަށިގަނޑު ވެސް ބޮޑަށް ނިވާވާ ޑިޒައިންތަކުގެ ހެދުމަށެވެ. ލަންޑަނުގައި މަސައްކަތްކުރާ ޑޮކްޓަރެއް ކަމަށްވާ ފަހްރީން މިރް އަދި އިންސާނީ ހައްގުތަކަށް ވަކާލާތުކުރާ ވަކީލެއް ކަމަށްވާ ސުލްތާނާ ތަފަދާރް އިންތިޒާމްކުރި މި ފެސްޓިވަލަކީ އެ މީހުން ބުނި ގޮތުގައި ހަމައެކަނި މުސްލިމުންނަށް ހާއްސަކޮށް ބޭއްވި އިވެންޓެއް ނޫނެވެ.

މިއީ ބުރުގާގެ އެކި ސްޓައިލްތައް ދައްކާލަން ބޭއްވި ފެސްޓިވަލެއް ނޫން ކަމަށާއި، ނިވާކަން ބޮޑުކޮށް ލަގްޒަރީ އަދި ކޮންޓެމްޕޮރަރީ ފެޝަން ވެސް ހުށަހަޅައިދެވޭނެކަން އަންގައިދޭން ބޭއްވި އިވެންޓެއް ކަމަށް، އިންތިޒާމްކުރި މީހުން ބުންޏެވެ.

އަދި ނިވާކަން ބޮޑު ހެދުމަކީ ވަކި ދީނެއްގެ ބަޔަކަށް ހާއްސަ އެއްޗެއް ނޫން ކަމަށާއި ކޮންމެ ދީނެއްގެ ކޮންމެ ސަގާފަތެއްގެ ބަޔަކަށް ވެސް އެ ބަޔަކާ ގުޅޭ ގޮތަށް، ނިވާކަން ބޮޑުކޮށް ޒަމާނީ ފެޝަނުގެ ތެރެއިން ހެދުން އެޅޭނެކަން މި ފެސްޓިވަލުން އަންގައިދިން ކަމަށް ވެސް ބުންޏެވެ.

"އަހަރެމެންނަށް މިހާރު އެބަ ފެނޭ އެންމެ މަތީ ފެންވަރުގެ ލަގްޒަރީ ބްރޭންޑްތަކުން ވެސް ނިވާކަން ބޮޑުކޮށް ހެދުން ޑިޒައިންކުރުމަށް މިހާރު އިސްކަން ދެމުން އަންނަތަން،" އެމްވީސްލިމް އަށް ދިން އިންޓަވިއުއެއްގައި ތަފަދާރް ބުނެފައިވެ އެވެ.

އޭނާ ބުނީ ފެޝަންގެ މާނަ އަކީ ހަށިގަނޑު ހާމަކޮށްގެން އުޅުން ނޫންކަން ގަބޫލުކޮށް، ނިވާކަން ބޮޑުކޮށް ޑިޒައިންތައް ހެދުމަކީ މިހާރު މުޅި ފެޝަން އިންޑަސްޓްރީން ވެސް ބަލައިގެންފައިވާ ހަމައެއް ކަމަށެވެ. އަދި މިކަމަށް ދޭ ސަމާލުކަން ބޮޑުވަމުން އަންނަ ކަމަށް ވެސް ބުންޏެވެ.

"ބޭނުންވަނީ ނިވާކަން ބޮޑު ހެދުންތައް ޕްރޮމޯޓްކޮށް މިފަދަ ހެދުންތައް ދައްކާލެވޭނެ ޕްލެޓްފޯމެއް ގާއިމުކުރަން،"

މި ފެޝަން ޝޯގައި އެކި ނަސްލުތަކުގެ ގިނަ އަދަދެއްގެ މޮޑެލްސް ބައިވެރިވެ އެކި ހެދުންތައް ވަނީ ދައްކާލައިިފަ އެވެ.