Roadha Mihaaru
ކުޅުދުއްފުށީ ކުޅިން ހިއްކާނީ އެއް ބައި: އެމްޓީސީސީ

ކުޅުދުއްފުށީ ކުޅިން ހިއްކާނީ އެއް ބައި: އެމްޓީސީސީ

26 އޮކްޓޯބަރ 2017

ހދ. ކުޅުދުއްފުށީގެ ކުޅި ހިއްކައި އެ ތަނުގައި އެއާޕޯޓު އަޅަން ސަރުކާރުން ނިންމާފައިވާ އިރު، ހިއްކަނީ މުޅި ކުޅި އެއްކޮށް ނޫން ކަމަށާއ އެ ކުޅީގެ އެއް ބައި ކަމަށް އެމްޓީސީސީއިން މިއަދު ބުނެފި އެވެ.

ހދ. ކުޅުދުއްފުށީގެ ކުޅި ހިއްކައި އެ ތަނުގައި އެއާޕޯޓު އަޅަން ސަރުކާރުން ނިންމާފައިވާ އިރު، ހިއްކަނީ މުޅި ކުޅި އެއްކޮށް ނޫން ކަމަށާއ އެ ކުޅީގެ އެއް ބައި ކަމަށް އެމްޓީސީސީއިން މިއަދު ބުނެފި އެވެ.

ކުޅުދުއްފުށީ ކުޅި ހިއްކައިގެން އެއާޕޯޓު ހެދުމަށް އެ ރަށުގެ ބައެއް މީހުންނާއި ބައެއް ޖަމިއްޔާތަކުން ދަނީ ދެކޮޅު ހަދަމުންނެވެ.

އެމްޓީސީސީގެ މެނޭޖިން ޑީރެކްޓަރު އިބްރާހިމް ޒިޔަތު "މިހާރު" އަށް ވިދާޅުވީ ކުޅިން ހިއްކާނީ ނުވަ ހެކްޓަރު ކަމަށެވެ. އެ ކުޅީގެ ބޮޑުމިނުގައި 12 ވަރަކަށް ހެކްޓަރު ހުރެ އެވެ.

ޒިޔަތު ވިދާޅުވީ އެއާޕޯޓް ހެދުމަށްޓަކައި ޖުމުލަ 15 ހެކްޓަރުގެ ބިން ހިއްކުމަށް ނިންމާފައިވާ ކަމަށާއި އޭގެ ތެރެއިން ހަ ހެކްޓަރުގެ ބިން ހިއްކާނީ މޫދުން ކަމަށެވެ. އެކަމަށް ވާން ޖެހޭ ތައްޔާރީތައްވެ ނިމިފައިވާ ކަމަށް ޒިޔަތު ވިދާޅުވި އެވެ.

"އީއައިއޭ ރިޕޯޓް ލިބުނީމަ މަސައްކަތް ފަށަންވީ. ހީވަނީ މިއަދު ރިޕޯޓް ލިބޭނެހެން. އަޅުގަނޑުމެންގެ ފަރާތުން މަސައްކަތަށް ބޭނުންވާ ތަކެތި ގެނެސް ތައްޔާރު،" ޒިޔަތު ވިދާޅުވި އެވެ.

ރާއްޖޭގެ އެންމެ ބޮޑު ކޮންނަ ބޯޓު، އެމްޓީސީސީން އަލަށް ގެނައި މަހާޖައްރާފު މިހާރު ވަނީ މިރަށަށް އައިސްފަ އެވެ.

ކުޅި ހިއްކައިގެން އެއާޕޯޓު ހެދުމުން ތިމާވެއްޓަށް ލިބޭ ގެއްލުމުގެ އަސަރު ދެނެގަތުމަށް އީޕީއޭ އިން ހެދި އެންވަޔަރްމެންޓަލް އިމްޕެކްޓް އެސެސްމެންޓް (އީއައިއޭ)ގެ ރިޕޯޓު މީގެ ދެ ދުވަސް ކުރިން އާއްމު ކޮށްފައިވާ އިރު އެ ރިޕޯޓުގައި ބުނެފައިވާ ގޮތުގައި މި މަޝްރޫއުގެ ސަބަބުން ތިމާވެއްޓަށް ބޮޑެތި ނޭދެވޭ އަސަރުތަކެއް ކުރާނެ ކަމަށް ބެލެވެ އެވެ.