29 އޮކްޓޯބަރ 2017
ހދ. ކުޅުދުއްފުށީ ކުޅި ހިއްކުން ހުއްޓުވުމުގެ އަމުރެއް ނެރެދިނުމަށް އެދި އަމިއްލަ މީހަކު އެ ރަށު މެޖިސްޓްރޭޓް ކޯޓަށް މިއަދު ހުށަހަޅައިފި އެވެ.
ހދ. ކުޅުދުއްފުށީ ކުޅި ހިއްކުން ހުއްޓުވުމުގެ އަމުރެއް ނެރެދިނުމަށް އެދި އަމިއްލަ މީހަކު އެ ރަށު މެޖިސްޓްރޭޓް ކޯޓަށް މިއަދު ހުށަހަޅައިފި އެވެ.
މުހައްމަދު އާދަމް ނަމަކަށް ކިޔާ މީހަކު ކޯޓަށް ހުށަހެޅި މައްސަލާގައި އެދިފައިވަނީ ހިމާޔަތްކޮށްފައިވާ ކުޅުދުއްފުށީ ކުޅި ހިއްކުން ހުއްޓުވުމުގެ އަމުރަކަށެވެ. ނަމަވެސް އެ މައްސަލަ ބަލައިގެން ކަމެއް ނުވަތަ ނޫންކަމެއް އަދި ސާފެއް ނުވެ އެވެ.
ކުޅުދުއްފުށީ މަށިކުޅި އަކީ ރާއްޖޭގެ އުތުރުގައި އޮންނަ މިފަދަ އެންމެ ބޮޑު އަދި ދިރުންތައް އެންމެ ގިނަ ކުޅި އެވެ. އެތަނުގައި ތަފާތު އަށް ބާވަތެއްގެ ޓްރޫ މެންގްރޫވް (ކަނޑޫފަލުގައި ހެދޭ ގަސް) ހުންނައިރު، މިއީ ރާއްޖޭން ވަަރަށް ނުފެންނަ ބާވަތްތަކެވެ. އޭގެ އިތުރުން އަހަރުގެ އެކި ދުވަސްވަރު އެ ކުޅިއަށް އެކި ވައްތަރުގެ ދޫނި ވެސް ހިޖުރަކުރެ އެވެ.
ކުޅި ހިއްކައިގެން އެ ރަށުގައި އެއާޕޯޓު އަޅާތީ އެކަމާ ދެކޮޅަށް އަމިއްލަ ޖަމިއްޔާތަކާއި ތިމާވެއްޓަށް ލޯބިކުރާ މީހުން އަންނަނީ ކެމްޕެއިން ކުރަމުންނެވެ. ނަމަވެސް އަންނަ މަހުގެ ތެރޭގައި ކުޅި ހިއްކުމުގެ މަސައްކަތް ފަށަން އެމްޓީސީސީން ވަނީ ތައްޔާރުވެފަ އެވެ. އެގޮތުން އެ ކުންފުނިން 35 މިލިއަން ޑޮލަރު ހޭދަކޮށްގެން ބަން ބޮޑު ކޮންނަބޯޓު "މަހާ ޖައްރާފު" މިހާރު އޮތީ ކުޅުދުއްފުށީގަ އެވެ. މިއީ އެ ބޯޓުގެ ފުރަތަމަ މަސައްކަތެވެ.
އެމްޓީސީސީގެ ސީއީއޯ އިބްރާހިމް ޒިޔަތު ވިދާޅުވެފައި ވަނީ 12 ހެކްޓަރު ހުންނަ ކުޅިން ހިއްކަން ހަމަޖައްސާފައިވަނީ ނުވަ ހެކްޓަރު ކަމަށެވެ.
ކުޅުދުއްފުށީ ކުޅިއަކީ ޔޫއެންޑީޕީންނާއި އީޕީއޭއިން "ސެންސިޓިވް އޭރިއާ"އެއްގެ ގޮތުގައި ކަނޑައަޅާފައިވާ ތަނެކެވެ.
ކުޅުދުއްފުށީ ކުޅި އަށް ފަސް އަޅަން ފަށައިފި
ކުޅުދުއްފުށީ ކުޅިން ހިއްކާނީ އެއް ބައި: އެމްޓީސީސީ
ގޮނޑުދޮށް ހިމާޔަތްކުރުމުގެ 2ޕްރޮޖެކްޓެއް އެމްޓީސީސީއަށް
ބޭރު ޓީމުގެ ބަސް: ކުޅުދުއްފުށީ ކުޅި ހިމާޔަތްކުރެވޭނެ
ކުޅުދުއްފުށީ އެއާޕޯޓަށް ޓެސްޓު ފްލައިޓް ޖައްސަނީ
އެއާޕޯޓު އަޅާ ސަރަހައްދުގެ ގެތައް ހުސްކުރަން އަންގައިފި
އެއާޕޯޓް އަޅަން 12 ގެއެއް ހުސްކުރަން އެއްބަސްވެއްޖެ
ކުޅުދުއްފުށީ ކުޅިން ހިއްކި ބިމަށް އިތުރަށް ފަސް އަޅަނީ
ކުޅުދުއްފުށީ އެއާޕޯޓަށް ހިއްކި ބިމުގެ ތޮށި ހަލާކުވެއްޖެ
ކުޅުދުއްފުށީ އެއާޕޯޓަށް ބޭނުންވާ ބިން ހިއްކައި ނިމިއްޖެ