އޭސް ހާޑްވެއާ އިން މާދަމާ އިން ފެށިގެން ކުޑަކުދިންގެ ސާމާނަށް ޚާއްސަ ޕްރޮމޯޝަނެއް ފަށަން ނިންމައިފި އެވެ.
އޭސް ހާޑްވެއާ އިން މާދަމާ އިން ފެށިގެން ކުޑަކުދިންގެ ސާމާނަށް ޚާއްސަ ޕްރޮމޯޝަނެއް ފަށަން ނިންމައިފި އެވެ.
ކޮންމެ މަހަކު އެކި ޕްރޮމޯޝަންތައް ބާއްވާ އޭސް ހާޑްވެއާ އިން ބުނީ މާދަމާ އިން ފެށިގެން ނޮވެމްބަރުގެ ނިޔަލަށް ބާއްވާ އެ ޕްރޮމޯޝަންގައި ކުޑަކުދިންގެ ކުޅޭ ސާމާނާއި ދަތުރު ގެންދިއުމަށް ބޭނުންވާ ތަކެތިން 50 ޕަސެންޓާ ހަމަ އަށް ޑިސްކައުންޓް ލިބޭނެ ކަމަށެވެ. މި ފަހަރުގެ ޕްރޮމޯޝަން ކުޑަކުދިންނަށް ޚާއްސަކުރީ ނޮވެމްބަރު މަހަކީ ދިރާސީ އަހަރު ނިމި އަހަރީ ޗުއްޓީ ފެށޭ މަހަށް ވާތީ ކަމަށް އޭސް ހާޑްވެއާ އިން ބުންޏެވެ.
"މި ޕްރޮމޯޝަނަކީ ކުއްޖާ އުފާވާނެ ކަހަލަ ހަދިޔާއެއް ރަނގަޅު އަގުގައި ލިބިގެންދާނެ ޕްރޮމޯޝަނެކެވެ،" އޭސް ހާޑްވެއާ އިން ބުންޏެވެ.
އޭސް ހާޑްވެއާއިން ދަނީ ދުނިޔޭގެ މަޝްހޫރު ބްރޭންޑްތަކުގެ ކުޅޭ ތަކެތި ވިއްކަމުންނެވެ. އެގޮތުން މެލިސާ އެންޑް ޑޯ އާއި މެޓަލް ޓޯއިސް އާއި ފިޝާ ޕްރައިސާއި ޑިޒްނީ އާއި ބާކީ އަދި ޕިކްސާ ފަދަ ބްރޭންޑްތަކުގެ ކުޅޭ ތަކެތި އޭސް ހާޑްވެއާ އިން ވިއްކަ އެވެ. އަދި އެ ޕްރޮމޯޝަންގައި ފިޝާ ޕްރައިސްގެ ތުއްތު ކުދިންނަށް ބޭނުންކުރާ ރޮކާ އަދި އުނދޯލި ފަދަ ތަކެތިން ވެސް ޑިސްކައުންޓް ލިބޭނެ ކަމަށް އޭސް ހާޑްވެއާ އިން ބުނެ އެވެ.
އޭސް ހާޑްވެއާގެ އަހަރީ ޕްރޮމޯޝަން ފަށައިފި
އޭސް ހާޑްވެއާގެ ޕަވާ ޓޫލްތަކުން ބޮޑު ޑިސްކައުންޓެއް
އޭސްހާޑްވެއާއިން 90 ޕަސެންޓާ ހަމައަށް ޑިސްކައުންޓް
އޭސްއަށް ފިލިޕްސް ބްރޭންޑު ތައާރަފްކޮށް އުމްރާ ދަތުރެއް
ބީއެމްއެލް އިސްލާމިކްއިން 10 ހައްޖު ދަތުރު ދެނީ
އެންމެ ގިނަ ދުވަސްވީ ބައެއް ކުޅޭ ސާމާނު
އޭސް ހާޑްވެއާގެ ޕްރޮޑަކްޓުތަކުން ޑިސްކައުންޓު ދެނީ
އޭސް ހާޑްވެއާގެ ރޯދަ ސޭލްގެ މުއްދަތު އިތުރުކޮށްފި
ޗުއްޓީއަށް އުރީދޫގެ ބޮޑެތި ޑޭޓާ ޕެކްތައް
އިލާލާގެ "ކައުރީ" ފުޅިތަކުން ޑިސްކައުންޓެއް