Roadha Mihaaru
އޭސް ހާޑްވެއާގެ ޕްރޮޑަކްޓުތަކުން ޑިސްކައުންޓު ދެނީ

އޭސް ހާޑްވެއާ އިން ކްލީނިން ޕްރޮޑަކްޓްސްތަކުން ޑިސްކައުންޓު ދެނީ

04 ޖޫން 2023

އޭސް ހާޑްވެއާ އިން ވިއްކާ ކްލީނިން ޕްރޮޑަކްޓްތަކުން ޖުލައި މަހުގެ ނިޔަލަށް ޑިސްކައުންޓު ލިބޭ ޕްރޮމޯޝަނެއް ފަށައިފި އެވެ.

އައިޝަތު ޖަޒްލީ އައިޝަތު ޖަޒްލީ

އޭސް ހާޑްވެއާ އިން ވިއްކާ ކްލީނިން ޕްރޮޑަކްޓްތަކުން ޖުލައި މަހުގެ ނިޔަލަށް ޑިސްކައުންޓު ލިބޭ ޕްރޮމޯޝަނެއް ފަށައިފި އެވެ.

އޭސް ހަޑްވެއާއިން ބުނި ގޮތުގައި އެ ތަނުން ކޮންމެ މަހަކު ވެސް ކޮންމެވެސް އެއް ޕްރޮޑަކްޓަކުން ޑިސްކައުންޓު ލިބޭ ޕްރޮމޯޝަނެއް ކުރިއަށް ގެންދެ އެވެ. ޖޫން އަދި ޖުލައި މަހަށް ހާއްސަކޮށްފައިވާ ކްލީނިން ޕްރޮޑަކްޓުތަކާއި، "ޔެންކީ" ކެންޑްލްސްއިން ޑިސްކައުންޓު ލިބޭނެ ކަމަށް އެތަނުން ބުންޏެވެ.

ޕްރޮމޯޝަނުގައި ހިމަނާފައިވާ އެކި ޕްރޮޑަކްޓުތަކުން އެކި ޕަސެންޓުތަކުގެ ޑިސްކައުންޓުތައް ވަނީ ހިމަނައިފަ އެވެ. އޭސް ހާޑްވެއާ އިން ބުނި ގޮތުގައި ޑިސްކައުންޓުދޭ ކްލީނިން ޕްރޮޑަކްޓުތަކަކީ އެމެރިކާގެ ނަން މަޝްހޫރު ބްރޭންޑުތަކުގެ ޕްރޮޑަކްޓުތަކެކެވެ. އަދި އެއީ ކަސްޓަމަރުންގެ ޑިމާންޑު ބޮޑު ޕްރޮޑަކްޓުތަކެއްގެ ގޮތުގައި ފާހަގަކުރި އެވެ.

ޑިސްކައުންޓު ދޭ ކްލީނިން ޕްރޮޑަކްޓުތަކުގެ ތެރޭގައި ފާހަނާ، ތަށި، ގްރިލް ފަދަ އެޕްލަޔަންސް އަދި ފިލާ ބޭނުން ކޮށްފައިވާ ތަންތަން ސާފު ކުރެވޭ ޕްރޮޑަކްޓުތައް ވަނީ ހިމަނާފަ އެވެ. އަދި ކާޕެޓް ކްލީނާ އާއި ފްލޯ ކްލީނާގެ އިތުރުން އޯލް ޕާޕަސް ލިކުއިޑް، ފޯމް އަދި ސްޕްރޭ ކްލީނާތަކުން ވެސް ޑިސްކައުންޓު ލިބޭނެ ކަމަށް އޭސް ހާޑްވެއާ އިން ބުނެ އެވެ.