ހދ. ކުޅުދުއްފުށީގައި އެއާޕޯޓް އެޅުމަށްޓަކައި، ހިއްކަން ޖެހޭ ސަރަހައްދުގައި އެކަމަށް ބޭނުންވާ ތައްޔާރީތައް ވާން ފަށައިފި އެވެ.
02 ނޮވެމްބަރ 2017
ހދ. ކުޅުދުއްފުށީގައި އެއާޕޯޓް އެޅުމަށްޓަކައި، ހިއްކަން ޖެހޭ ސަރަހައްދުގައި އެކަމަށް ބޭނުންވާ ތައްޔާރީތައް ވާން ފަށައިފި އެވެ.
އެއާޕޯޓް އަޅަން ކުޅުދުއްފުށީ ހުޅަނގު ފަރާތު މޫދުން ހަ ހެކްޓަރު އަދި އެރަށު ކުޅިން ނުވަ ހެކްޓަރު ހިއްކަން ވަނީ ނިންމާފަ އެވެ. އެ މަސައްކަތަށް ބޭނުންވާ ހުރިހާ ސާމާނެއް ޖަމާކޮށް، އެމްޓީސީސީގެ އާ ކޮންނަ ބޯޓު މަހާ ޖައްރާފު ވެސް މިހާރު ވަނީ ބަނދަރުކޮށްފަ އެވެ.
ކުޅުދުއްފުށީ ކައުންސިލްގެ ރައީސް އަބްދުލް ލަތީފް ވިދާޅުވީ މޫދުން ހިއްކާ ސަރަހައްދުގައި ބަންޑުވޯލް ޖަހައި ނިންމާފައިވާއިރު ކުޅިން ހިއްކާ ސަރަހައްދުގައި ވެސް ބަންޑުވޯލް ޖަހަން ފަށާފައިވާ ކަމަށެވެ.
ބަންޑު ވޯލަކީ ހިއްކާ ސަރަހައްދު ވަށައިގެން ލާ ވަގުތީ ތޮއްޓެކެވެ.
ކުޅުދުއްފުށީ ކުޅީގެ ބައެއް ހިއްކަން ބަންޑު ވޯލް ޖަހާފައި-- ފޮޓޯ: ސޯޝަލް މީޑިއާ
ކައުންސިލް ރައީސް ވިދާޅުވީ އެއާޕޯޓް އަޅަން ބޭނުންވާ ސަރަހައްދު ހިއްކަން ފަށާނީ މި މަހުގެ 12 ވަނަ ދުވަހު ކަމަށެވެ. ރަސްމީކޮށް އެ މަސައްކަތް ފައްޓަވައިދެއްވާނީ، އެނގިފައިވާ ގޮތުގައި، ރައީސް އަބްދުﷲ ޔާމީނެވެ.
ކުޅުދުއްފުށީ ކުޅި ހިއްކައިގެން އެއާޕޯޓް އަޅާތީ އެތައް ބަޔަކު ދަނީ ކަންބޮޑުވުން ވެސް ފާޅުކުރަމުންނެވެ. އެކަަމަކު އެ ރަށުގެ ގާތްގަނޑަކަށް ހުރިހާ އެންމެން ވެސް އެ މަޝްރޫއުއަށް ތާއީދުކުރެ އެވެ.
ރީޖަނަލް އެއާޕޯޓްސް އިން އަމިއްލަ މީހަކާ ހަވާލުކޮށްގެން ހެދި އީއައިއޭ އިން ދައްކާ ގޮތުން ކުޅި ހިއްކައިފި ނަމަ އެ ރަށުގައި ފެންބޮޑުވުން ފަދަ ތިމާވެށީގެ މައްސަލަތައް ދިމާވާނެ އެވެ. އަދި ކުރިއަށް އޮތް ދުވަސްތަކުގައި އެފަދަ މައްސަލަތައް ބޮޑުވާނެ ކަމަށް ވެސް ލަފާކޮށްފައިވެ އެވެ. ކުޅުދުއްފުށީ މަށިކުޅި އަކީ ރާއްޖޭގެ އުތުރުގައި އޮންނަ މިފަދަ އެންމެ ބޮޑު އަދި ދިރުންތައް އެންމެ ގިނަ ކުޅި އެވެ. އެ ތަނުގައި ތަފާތު އަށް ބާވަތެއްގެ ޓްރޫ މެންގްރޫވް (ކަނޑޫފަލުގައި ހެދޭ ގަސް) ހުންނައިރު، މިއީ ރާއްޖޭން ވަރަށް ނުފެންނަ ބާވަތްތަކެވެ. އޭގެ އިތުރުން އަހަރުގެ އެކި ދުވަސްވަރު އެ ކުޅިއަށް އެކި ވައްތަރުގެ ދޫނި ވެސް ހިޖުރަކުރެ އެވެ.
ކުޅުދުއްފުށީ ކުޅިއަކީ އީޕީއޭއިން "ސެންސިޓިވް އޭރިއާ"އެއްގެ ގޮތުގައި ކަނޑައަޅާފައިވާ ތަނެކެވެ.
އެއާޕޯޓް އަޅަން 16 ގެއަކަށް ބަދަލުދީ ނިންމައިފި
އެއާޕޯޓް އަޅަން 12 ގެއެއް ހުސްކުރަން އެއްބަސްވެއްޖެ
18 ގެއެއްގެ ބަދަލުގެ މައްސަލަ: އެއާޕޯޓަށް ހުރަހެއް!
ކުޅުދުއްފުށީ ކުޅިން ހިއްކި ބިމަށް އިތުރަށް ފަސް އަޅަނީ
އެއާޕޯޓު އަޅަން މޫދުން ހަ ހެކްޓަރު ހިއްކައިފި
ކުޅި "ގުރުބާން" ކުރުމުން ފާޑުކިޔުންތައް ކައުންސިލަށް
ކުޅުއްދުއްފުޓަށް ކުޅިއެއް ބޭނުމެއް ނޫން!
ކުޅުދުއްފުށީ ކުޅިން ގަސްކަނޑަން ހުއްދަނުދޭން އަންގައިފި
ރައީސް ހެއްދެވީ އިތުރުފުޅެއް: ކުޅުދުއްފުށީ ކައުންސިލް
ކުޅުދުއްފުށި ކައުންސިލް ގޮނޑި ވެސް ޕީއެންސީ އަށް