Roadha Mihaaru
މެމްބަރު އައްސަދާ މެދު ފިޔަވަޅު އަޅައިދޭން އެދެފި

މެމްބަރު އައްސަދާ މެދު ފިޔަވަޅު އަޅައިދޭން އެދެފި

04 ޖުލައި 2016

ރައްޔިތުންގެ މަޖިލީހުގެ ދާންދޫ ދާއިރާގެ މެމްބަރު އަހްމަދު އައްސަދު ވެސް ތްރީ ލައިން ވިޕަކާ ހިލާފުވެވަޑައިގަނެފައިވާ ކަމަށް ބުނެ އޭނާގެ މައްސަލަ ސުލޫކީ ކޮމެޓީ އަށް މިއަދު ހުށަހަޅައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ދާންދޫ ދާއިރާގެ މެމްބަރު އަހްމަދު އައްސަދު ވެސް ތްރީ ލައިން ވިޕަކާ ހިލާފުވެވަޑައިގަނެފައިވާ ކަމަށް ބުނެ އޭނާގެ މައްސަލަ ސުލޫކީ ކޮމެޓީ އަށް މިއަދު ހުށަހަޅައިފި އެވެ.

އައްސަދުގެ މައްސަލަ ބަލައިދޭން އެދި އާއްމު މެމްބަރަކު ހުށަހެޅި ސިޓީގައި ބުނެފައި ވަނީ އައްސަދު ހިލާފުވީ، ކުރީގެ ޕްރޮސިކިއުޓަ ޖެނެރަލް މުހްތާޒް މުހްސިންގެ އިތުބާރު ނެތް ކަމަށް ކަނޑައަޅައި ނެގި ވޯޓުގައި ކަމަށެވެ. އެ ވޯޓުގައި ވިޕްލައިނާ ހިލާފުވެވަޑައިގަތް ކަން އޭނާ އަމިއްލަ އަށް ވެސް މީޑިއާތަކުގައި އިއުތިރާފްވެވަޑައިގެންފައިވާ ކަމަށް ސިޓީގައިވެ އެވެ.

ސިޓީގައި އެދިފައި ވަނީ ޕީޖީ ގްރޫޕުގެ ނިންމުމަކާ އައްސަދު ހިލާފުވެވަޑައިގެންފައިވާތީ އެހެން މެމްބަރުންނާ މެދު އަމަލުކުރާ އުސޫލުން އޭނާއާ މެދު ފިޔަވަޅު އަޅައިދިނުމަށެވެ.

އައްސަދާ މެދު ފިޔަވަޅު އަޅަން ސުލޫކީ ކޮމެޓީ އަށް ހުށަހަޅާފައި މިވަނީ، އިއުލާން ނުކޮށް ރަށްތައް ދޫކުރެވޭ ގޮތަށް މަޖިލީހުން ފާސްކުރި އިސްލާހަށް ވޯޓު ދޭން ތްރީ ލައިން ވިޕް ނެރެފައި ވަނިކޮށް، ވިޕާ ހިލާފުވި މައްސަލާގައި ދިއްގަރު ދާއިރާގެ މެމްބަރު އަދި ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ދަރިކަލުން ފާރިސް މައުމޫންގެ މައްޗަށް ފިޔަވަޅު އަޅައިދޭން ސުލޫކީ ކޮމެޓީ އަށް ހުށަހަޅާފައި ވަނިކޮށެވެ.

ފާރިސްއާ މެދު ފިޔަވަޅު އަޅަން ނުޖެހޭ ކަމަށް މައުމޫން ވަނީ ވިދާޅުވެފަ އެވެ. ސަބަބެއްގެ ގޮތުގައި އެމަނިކުފާނު ދެއްކެވީ، ޕާލަމެންޓްރީ ގްރޫޕްގެ ވިޕްލައިނާ ހލާފުވެވަޑައިގަތް އެހެން މެމްބަރުންނާ މެދު ފިޔަވަޅު އެޅުމެވެ. އެއީ އިންސާފެއް ނޫން ކަމަށް މައުމޫން ވަނީ ވިދާޅުވެފަ އެވެ.