މާލޭގެ ގާކޮއްޓާއި އަރަބިއްޔާ ސްކޫލް ކުރިން ހިންގި ބިމުގައި އިންޑިއާގެ ޓާޓާ ކުންފުނިން އިމާރާތްކޮށްފައިވާ ފްލެޓްތައް ލިބުނު މީހުން އެ ފްލެޓްގެ އަގުގެ ގޮތުގައި ދައްކަން ޖެހޭ ދެ މިލިއަން ރުފިޔާގެ ލޯނަށް އެދުމުގެ މުއްދަތު އަނެއްކާ ވެސް އިތުރުކޮށްފި އެވެ.
07 ނޮވެމްބަރ 2017
މާލޭގެ ގާކޮއްޓާއި އަރަބިއްޔާ ސްކޫލް ކުރިން ހިންގި ބިމުގައި އިންޑިއާގެ ޓާޓާ ކުންފުނިން އިމާރާތްކޮށްފައިވާ ފްލެޓްތައް ލިބުނު މީހުން އެ ފްލެޓްގެ އަގުގެ ގޮތުގައި ދައްކަން ޖެހޭ ދެ މިލިއަން ރުފިޔާގެ ލޯނަށް އެދުމުގެ މުއްދަތު އަނެއްކާ ވެސް އިތުރުކޮށްފި އެވެ.
ފްލެޓް ހޯދުމަށް ލޯނަށް އެދުމަށް ބޭންކް އޮފް މޯލްޑިވްސް އާއި އިސްލާމިކް ބޭންކުން ދިން މުއްދަތު މިދިޔަ މަހު 15 ވަނަ ދުވަހު ވަނީ ހަމަވެފަ އެވެ. އެކަމަކު މި މަހުގެ 12އާ ހަމަ އަށް މުއްދަތު އިތުރުކޮށްފައިވާ ކަމަށް އެޗްޑީސީން ބުންޏެވެ.
ޓާޓާ ފްލެޓްތަކަށް ގުރުއަތުން ހޮވުނު 268 މީހުންގެ ތެރެއިން ފައިސާ ދައްކަން ދިން މުއްދަތު މިދިޔަ ޖެނުއަރީ 26 ވަނަ ދުވަހަށް ހަމަވިއިރު 47 މީހަކަށް ފައިސާ ދައްކައިދޭން އިސްލާމިކް ބޭންކު (އެމްއައިބީ) އިން ވަނީ ނިންމައިފަ އެވެ. އެއީ ލޯނަށް ކުރިމަތިލި 100 އަށް ވުރެ ގިނަ މީހުންގެ ތެރެއިން ޝަރުތު ހަމަވި މީހުންނެވެ.
ލޯނު ހަމަނުޖެހޭ މީހުންނަށް އިތުރު އެއް މަސް ދުވަހުގެ މުއްދަތެއް މިދިޔަ އޮގަސްޓް މަހުގެ ތެރޭގައި ވެސް ވަނީ ދީފަ އެވެ.
ފްލެޓަށް ހޮވުނު މީހަކު ބުނީ ފްލެޓަށް ދައްކަން ޖެހޭ ދެ މިލިޔަން ރުފިޔާ ހޯދުމަށް ބީއެމްއެލް އަށް އޭނާ ފޯމު ހުށަހެޅި ނަމަވެސް، ލިޔުންތައް ބަލާފައި ލޯނަށް ޝަރުތު ހަމަނުވާކަން މިދިޔަ ހަފުތާގައި ބޭންކުން އެންގި ކަމަށެވެ. އެކަމަކު ރޭގައި އަނެއްކާ ވެސް ބީއެމްއެލުން ގުޅައި، އާމްދަނީގެ ގޮތުގައި ލިބެން ޖެހޭ މިންވަރުން 9،000 ރުފިޔާ މަދުވާ ކަމަށާއި އެ ވަރަށް ކޮންމެ މަހަކު ވެސް ފައިސާ ލިބޭނެ ގޮތެއް އޮވެއްޖެ ނަމަ ލޯނު ލިބިދާނެ ކަމަށް އަންގާފައިވާ ކަމަށް އޭނާ ބުންޏެވެ.
"ކޮންމެ މަހަކު ވެސް އިތުރަށް 9،000 ރުފިޔާގެ ރަޖިސްޓާޑް އިންކަމެއް ލިބޭނެ ގޮތް ހެދުމަށް އެދުނީ. އަދި އެ ގޮތް ހޯދާފައި ޑޮކިއުމަންޓްތައް 12 ވަނަ ދުވަހާ ހަމައަށް ހުށަހެޅުމަށް އެދިފައިވޭ،" ގާކޮށިން ފްލެޓް ލިިބުނު މީހާ ބުންޏެވެ.
އޭނާ ބުނި ގޮތުގައި ލޯނު ލިބެނީ ދިރިއުޅުމުގެ ހުރިހާ ހަރަދެއް ކަނޑާފައި 12،000 ރުފިޔާ ރައްކާކުރެވޭ ނަމަ އެވެ. އެކަމަކު ސޯޝަލް ހައުސިން ޔުނިޓްގެ ފްލެޓަކަށް، އެދޭ މީހަކަށް އެވަރުގެ އާމްދަނީއެއް ނުލިބޭނެ ކަމަށް ބުންޏެވެ.
ދެ މިލިޔަން ރުފިޔާގެ ލޯނު، މި މަހުގެ 12 ވަނަ ދުވަހާ ހަމައަށް ހަމަ ނުޖެހޭ މީހުންނަށް ފްލެޓް ގެއްލިދާނެ ކަމުގެ ބިރު އެބަ އޮތެވެ.
އަރަބިއްޔާ ހުރި ބިމުގައި ހަދާފައިވާ "މާލޭ ގްރޭންޑް" އަދި ގާކޮށީގައި ހަދާފައިވާ "މާލޭ ސްކެއާ"ގެ ފްލެޓްތައް 268 މީހަކަށް ގުރުއަތުން ލިބިފައިވާއިރު ފްލެޓްތައް ލިބެނީ ކަނޑައަޅާފައިވާ މުއްދަތުގެ ތެރޭގައި ފައިސާ ދައްކާ މީހުންނަށެވެ.
ޓާޓާގެ 47 ފްލެޓް ވިއްކައި ނިމިއްޖެ
ޓާޓާ ފްލެޓްތައް އޮންލައިންކޮށް ވިއްކަން ހުޅުވާލައިފި
މަހެއްވިއިރު ވެސް ފްލެޓް ވިއްކާނެ އިންތިޒާމް ހަމަނުޖެހޭ
ފްލެޓް ވިއްކުން މަޑުޖައްސާލި ކަމަށް އެޗްޑީސީން ބުނެފި
ޓާޓާ ފްލެޓްތަކަށް ފައިސާ ދައްކަން މުހުލަތެއް ދީފި
ބިން ދޫކޮށްލާ މީހުން ޖޫންގެ ކުރިން ފައިސާ ދައްކަންޖެހޭ
ފްލެޓަށް ފައިސާ ނުދެއްކި މީހުންނާ މެދު ގޮތެއް ނުނިމޭ
ފްލެޓަށް ކުރި އިންތިޒާރު ހިތްދަތި ގޮތަކަށް ނިމިއްޖެ!
ޓާޓާ ފްލެޓަށް ލޯނު ލިބުނީ އެންމެ 26 މީހުންނަށް
ސަރުކާރަށް ބިންކޮޅު ދޫކޮށްލުން ބިރަކަށް ވެއްޖެ