07 ނޮވެމްބަރ 2017
އއ. އުކުޅަހު އިންޖީނު ގޭގައި މިއަދު އަލިފާން ރޯވެ، ރަށުން ކަރަންޓު ކެނޑިއްޖެ އެވެ.
އއ. އުކުޅަހު އިންޖީނު ގޭގައި މިއަދު އަލިފާން ރޯވެ، ރަށުން ކަރަންޓު ކެނޑިއްޖެ އެވެ.
ފުލުހުން ބުނީ އެ އިންޖީނުގޭގައި އަލިފާން ރޯވި ކަމުގެ މައުލޫމާތު ލިބުނީ މިއަދު ހެނދުނު 11 ޖަހާކަންހާއިރު ކަމަށެވެ. މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައެއް ނުވެ އެވެ.
އުކުޅަހު ކައުންސިލްގެ ރައީސް ޝައުކަތު އިބްރާހިމް ވިދާޅުވި ގޮތުގައި އެ ރަށު އިންޖީނު ގޭގައި ބަހައްޓާފައި ހުރި ތިން ޖަނަރޭޓަރުގެ ތެރެއިން އެއްކޮށް އަނދައިގެން ދިޔައީ ބޭނުން ކުރަމުން އަންނަ އެންމެ ބޮޑު ޖަނަރޭޓަރެވެ. އަދި ބާކީ ހުރި ދެ އިންޖީނަށް މާ ބޮޑު ގެއްލުމެއް ނުވާ ކަމަށް ވިދާޅުވި އެވެ.
"އެއް ޖަނަރޭޓަރަށް އަލިފާނުގެ އަސަރުކޮށްފައި ހުރީ. އެކަމަކު އިންޖީނިއަރުންގެ ޓީމުން ބުނީ އެ ޖަނަރޭޓަރުގެ ބޭނުން ކުރިއަށް އޮތް ތަނުގައި ކުރެވިދާނެ ކަމަށް. އަލިފާން ނުހިފާ އެއް ޖަނަރޭޓަރު ވެސް ހުރި،" އިންޖީނުގޭ ސަރަހައްދުގައި ހުންނަވައި "މިހާރު" އަށް ޝައުކަތު ވިދާޅުވި އެވެ.
"ބޮޑަށް ރޯވީ އިންޖީނު ގޭގައި ހުރި ތެޔޮ ބަހައްޓާ ސަރަހައްދުގައި. މި ހާދިސާގައި ކޭބަލްތައް އަނދައި ޕެނަލް ބޯޑަށް ވެސް ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފައި. އިންޖީނުގޭގެ ދެބައިކުޅަ އެއްބައި އެނދީ."
އުކުޅަހުން ވާހަކަ ދެއްކި މީހަކު ބުނީ އަލިފާން އެއްކޮށް ނިއްވާލެވުނީ ރޯވިތާ ގާތްގަނޑަކަށް ގަޑިއިރެއް ހާއިރު ފަހުން ކަމަށެވެ. އޭރު އިންޖީނުގޭގެ ބޮޑު ބައެއްގައި އަލިފާން ރޯވެ އަނދާފައިވާ ކަމަށާއި އަލިފާން ނިއްވުމުގައި އެ ރަށު މީހުންގެ ބޮޑު އެހީތެރިކަމެއް ލިބުނު ކަމަށް ވެސް އޭނާ ބުންޏެވެ.
"ފިރިހެނުންނާއި އަންހެނުން ނުކުމެ، ފެނާއި ވެލި ޖަހައިގެން އަލިފާންގަނޑު ކޮންޓްރޯލް ކުރީ. މުޅި އިމާރާތުގައި ރޯވެ އެނދުމުގެ ކުރިން އަލިފާން ނިއްވާލި،" އެ ރަށުން ވާހަކަ ދެއްކި މީހާ ބުންޏެވެ.
ޝައުކަތު ވެސް ވިދާޅުވީ އުކުޅަހު އިންޖީނުގޭގައި ރޯވި އަލިފާންގަނޑު އިތުރަށް ފެތުރުނަ ނުދީ ހުއްޓުވީ ރައްޔިތުންގެ އެއްބާރުލުމާއި ކުރި ބުރަ މަސައްކަތުން ކަމަށެވެ.
އުކުޅަހު އިންޖީނުގޭގައި އަލިފާން ރޯވުމާ ގުޅިގެން އެ ރަށަށް އަލުން ކަރަންޓު ދިނުމަށް ގިނަ ވަގުތުތަކެއް ހޭދަ ކުރަން ޖެހިދާނެ ކަމަށް ޝައުކަތު ވިދާޅުވި އެވެ. އެގޮތުން މިރޭ އެ ރަށަށް ކަރަންޓު ނުލިބުމަކީ އެކަށީގެންވާ ކަމެއް ކަމަށް ވެސް ޝައުކަތު ވިދާޅުވި އެވެ.
ޓްރާންސްފޯމަރެއްގައި ރޯވެ، ހިޔާއިން ކަރަންޓު ކެނޑިއްޖެ
ކަރަންޓު ޑިސްޓްރިބިއުޝަން ފޮއްޓެއްގައި ރޯކޮށްލައިފި
އުކުޅަހަށް ބޮޑު ޖަނަރޭޓަރެއް ސްޓެލްކޯއިން ގެންގޮސްފި
ބަދަލު ހޯދަން ސްޓެލްކޯ ގޮވައިގެން ފަރިވާ އިން ކޯޓަށް
ސްޓެލްކޯގެ ސްޓްރެޓީޖިކް އެކްޝަން ޕްލޭން އިފްތިތާހުކޮށްފި
ސްޓެލްކޯ އިން އަންހެން އިލެކްޓްރީޝަނުން ތަމްރީނު ކުރަނީ
މާލެ އާއި ގުޅިފަޅު އެއް ކަރަންޓު ވިއުގައަކުން ގުޅާލަނީ
އީވީ ސްޓޭޝަނުން އެއްފަހަރާ 8 އުޅަނދު ޗާޖު ކުރެވޭނެ
ސްޓެލްކޯގެ "ސްކާޑާ" އިން އަވަސް ހައްލާއި ފަސޭހަކަން
މާލެ/ހުޅުމާލެއިން އެކި ގަޑިތަކުގައި ކަރަންޓު ކެނޑޭނެ