އއ. އުކުޅަހުގެ އިންޖީނުގޭގައި އަލިފާން ރޯވެ، ޖަނަރޭޓަރު ހަލާކުވެފައިވާތީ އެ ރަށަށް ބޮޑު ޖަނަރޭޓަރެއް ސްޓެލްކޯއިން ގެންގޮސްފި އެވެ.
21 ނޮވެމްބަރ 2017
އއ. އުކުޅަހުގެ އިންޖީނުގޭގައި އަލިފާން ރޯވެ، ޖަނަރޭޓަރު ހަލާކުވެފައިވާތީ އެ ރަށަށް ބޮޑު ޖަނަރޭޓަރެއް ސްޓެލްކޯއިން ގެންގޮސްފި އެވެ.
މީގެ ދެ ހަފުތާ ކުރިން އުކުޅަހު އިންޖީނު ގޭގައި ރޯވެ، ހަލާކުވެފައިވަނީ 200 ކިލޯވޯޓުގެ ޖަނަރޭޓަރެކެވެ. އޭގެ ބަދަލުގައި ސްޓެލްކޯއިން ރޭ އެ ރަށަށް ގެންދިޔަ 300 ކިލޯ ވޯޓުގެ ޖަނަރޭޓު އިންސްޓޯލް ކުރުމުގެ މަސައްކަތް މިހާރު އަންނަނީ ކުރަމުންނެވެ. އަދި މި ހަފުތާ ތެރޭގައި އެ މަސައްކަތް ނިންމައި، ކަރަންޓު ދޭން ފެށޭވަރު ވާނެ ކަމަށް ސްޓެލްކޯ އިން ބުންޏެވެ.
އުކުޅަހު ކައުންސިލް މެމްބަރު މުހައްމަދު ހުސްނީ ވިދާޅުވީ އެ ރަށު އިންޖީނުގޭގައި ކުރިން ހުންނަ ތިން ޖަނަރޭޓަރުގެ ތެރެއިން ބޮޑު ޖަނަރޭޓަރު ހަލާކުވި ނަމަވެސް ދެން ހުރި ދެ ޖަނަރޭޓަރުން ކަރަންޓުގެ ހިދުމަތް ދެމުން އަންނަ ކަމަށެވެ. އެކަމަކު ޖަނަރޭޓަރުތަކުގެ އަޑީތެޔޮ ބަދަލު ކުރާ ކޮންމެ ފަހަރަކު ގަޑިއިރެއްހާއިރަށް މުޅި ރަށުން ކަރަންޓު ޖަހާލަން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.
"ސްޓެލްކޯއިން ރޭ ގެނައި ޖަނަރޭޓަރު ބެހެއްޓީމަ، ދެން އެ މައްސަލަ ވެސް ހައްލުވާނެ،" އޭނާ ވިދާޅުވި އެވެ.
އުކުޅަހު އިންޖީނުގޭގައި ރޯވެ ކަރަންޓު ކެނޑިއްޖެ
ދެ ބިލް ފޮނުވީ ރޯދައިގެ ކަރަންޓަށް ޑިސްކައުންޓު ދޭން
ފުރަތަމަ ދުވަހު ކަރަންޓު ބޭނުންކުރި އަދަދު ދަށަށް!
ރީޑިން ނަގަން 350 މުވައްޒަފުން މާދަމާ ނިކުންނަނީ
ރޯދަމަހަށް ކަރަންޓު ވަކި ބިލެއް ހަދައި ޑިސްކައުންޓުދެނީ
މައްސަލައެއް ދިމާވެ މާލޭން ކަރަންޓު ކެނޑިއްޖެ
ޓްރާންސްފޯމަރު "ވަގަކު" އަނެއްކާވެސް ހުއްޓުވައިފި
ހުޅުމާލެ 2 ގެ ބޮޑު ބަޔަކަށް އަލުން ކަރަންޓު ދީފި
ޓްރާންސްފޯމަރުތައް މޮނިޓާކުރަން ސީސީޓީވީ ހަރުކުރަނީ
މުވައްޒަފުންނަށް ދިމާވާ ނުރައްކާތައް ބަލާނަން: ފަހުމީ