Roadha Mihaaru
ޕީކޭ މައްސަލައިގައި މިލަންދޫގެ ގޯހެއް ނެތް!

ޕީކޭ މައްސަލައިގައި މިލަންދޫގެ ގޯހެއް ނެތް!

07 ނޮވެމްބަރ 2017

ސީޒަނުގެ ކުރީކޮޅު ކްލަބް ވެލެންސިއާ އަށް ކުޅުނު ޑިފެންޑަރު މުހައްމަދު ނިޒާމް (ޕީކޭ) އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި ށ. މިލަންދޫ ޓީމަށް ކުޅެމުން އަންނަނީ ރިލީޒް ނުހޯދާ ކަމަށް ބުނެ ޓީސީ ސްޕޯޓްސް ކްލަބުން ހުށަހެޅި މައްސަލައިގައި މިލަންދޫގެ ގޯހެއް ނެތް ކަމަށް އެފްއޭއެމުން ނިންމައިފި ކަމަށް އިތުބާރު ހުރި ގޮތަކަށް "މިހާރަ"ށް ކަށަވަރުވެއްޖެ އެވެ.

މުހައްމަދު ހަމްދޫން މުހައްމަދު ހަމްދޫން

ސީޒަނުގެ ކުރީކޮޅު ކްލަބް ވެލެންސިއާ އަށް ކުޅުނު ޑިފެންޑަރު މުހައްމަދު ނިޒާމް (ޕީކޭ) އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި ށ. މިލަންދޫ ޓީމަށް ކުޅެމުން އަންނަނީ ރިލީޒް ނުހޯދާ ކަމަށް ބުނެ ޓީސީ ސްޕޯޓްސް ކްލަބުން ހުށަހެޅި މައްސަލައިގައި މިލަންދޫގެ ގޯހެއް ނެތް ކަމަށް އެފްއޭއެމުން ނިންމައިފި ކަމަށް އިތުބާރު ހުރި ގޮތަކަށް "މިހާރަ"ށް ކަށަވަރުވެއްޖެ އެވެ.

މި މައްސަލައިގައި މިލަންދޫ އިން ގޯސް ހަދާފައިވާ ކަމަށް ނިންމި ނަމަ، އޭނާ އަރުވައިގެން އެ ޓީމުން ކުޅުނު މެޗުތަކުގެ ޕޮއިންޓް ގެއްލި އިދިކޮޅު ޓީމަށް ޕޮއިންޓް ލިބޭނެ އެވެ. އޭރުން މިލަންދޫއާ ދެ ބުރުގައި ވެސް އެއްވަރުވި ޓީސީ އަށް އިތުރަށް ހަތަރު ޕޮއިންޓް ލިބި އެއް ވަނައިގައި 33 ޕޮއިންޓާ އެކު އޮތް ނިއު ރޭޑިއަންޓާ ޕޮއިންޓުގެ ގޮތުން އެއްވަރުވީހެވެ. މިހާރު ޓީސީ އޮތީ 29 ޕޮއިންޓާ އެކު ދެ ވަނައިގަ އެވެ.

ވެލެންސިއާ އިން އޭއެފްސީ ކަޕަށް ރަޖިސްޓްރީ ކުރި ޓީމުގައި ހިމެނުމަށް ފަހު ޕީކޭ އޭނާ ވަނީ ޗެރިޓީ ޝީލްޑް މެޗާއި އެސްޓީއޯ މާލޭ ލީގުގެ ފުރަތަމަ ކޮޅުގައި ވެސް ވެލެންސިއާ ސްކޮޑުގައި ހިމެނިފަ އެވެ. އެކަމަކު ފަހުން އޭނާ ވަނީ ދެ ވަނަ ޑިވިޝަނުގައި ބީޖީ ސްޕޯޓްސް ކްލަބަށް ކުޅެފަ އެވެ. މިލަންދޫ އަށް ޕީކޭގެ ރިލީޒް ދީފައިވަނީ ބީޖީންނެވެ. އޭނާ އެންމެ ފަހުން ކުޅުނު ކްލަބުގެ ރިލީޒް މިލަންދޫ އަތުގައި އޮތުމުން މިކަމުގައި އެ ޓީމުގެ މައްސަލައެއް ނެތް ކަމަށް ގިނަ ބަޔަކު ދެކެ އެވެ.

އެފްއޭއެމުގެ ގަވާއިދު ބުނާ ގޮތުން އެއް ކުޅުންތެރިއަކަށް އެއް ސީޒަނެއްގައި ތިން ޓީމަށް ނުކުޅެވޭނެ އެވެ. އެކަމަކު ފުޓްބޯޅައިގެ އިދާރީ ހުރިހާ ކަމެއް ބަލަހައްޓާ އެފްއޭއެމްގެ އަތްދަށުން މިފަދަ ކަމެއް ގޮސްފައިވާތީ ފާޑުކިއުން ވަނީ އަމާޒުވެފަ އެވެ.

މިލަންދޫގެ ކޯޗު މުހައްމަދު ނާސިރު ބުނީ ދާދި ފަހުން ބުނީ މައްސަލަ އުޅޭ ކުޅުންތެރިއަކު ޓީމުގައި އިންނާނެ ކަމަށް އޭނާ ގަބޫލުނުކުރާ ކަމަށެވެ.

"ޕްލޭޔަރެއްގެ މައްސަލަ އުޅެންޏާ އެ ކުޅުންތެރިއެއް ޓީމު ލިސްޓުގައެއް ނީންނާނެ ކަންނޭނގޭ އެޑްކުރެވިފައެއް. ނުކުޅެވޭ ކުޅުންތެރިއަކު ވެއްޖިއްޔާ އެބައިނދޭ ކަޅުކުލައިގެ މާކެއް ޖެހިފައި. ލީގު ފެށިގެން މިހާތަނަށް އައިއިރަކު ވެސް ނެތް އެ ކުޅުންތެރިއަކު ގައިގައި މާކެއް ޖެހިފައި. އެފްއޭއެމުން ރަޖިސްޓްރީ ކޮށްދީ ކާޑުވެސް ދީފައި އޮތީ. ނުކުޅެވޭ ކުޅުންތެރިއަކު ހުންނާނީ ދަނޑުން ބޭރުގައި ކަންނޭނގެ،" ނާސިރު ބުންޏެވެ.