Roadha Mihaaru
އައިލެންޑާސް އިން ނައިފަރުގަ އެޑިއުކޭޝަން އެކްސްޕޯއެއް

އައިލެންޑާސް އިން ނައިފަރުގައި އެޑިއުކޭޝަން އެކްސްޕޯއެއް ބާއްވަނީ

09 ނޮވެމްބަރ 2017

މަޝްހޫރު ބިލަބޮންގް އިންޓަނޭޝަނަލް ސްކޫލާއި، ކިޔަވާ ކުދިންނަށް ބޭނުންވާ ތަފާތު މައުލޫމާތުތައް އޮންލައިންކޮށް ފޯރުކޮށްދޭ ޓީޗިން ޓިއުބް ހިންގަމުން އަންނަ އައިލެންޑާސް އެޑިއުކޭޝަން ގްރޫޕޫން ޅ. ނައިފަރުގައި އެޑިއުކޭޝަން އެކްސްޕޯއެއް ބާއްވަން ތައްޔާރުވެއްޖެ އެވެ.

އަލީ ޝިނާން އަލީ ޝިނާން

މަޝްހޫރު ބިލަބޮންގް އިންޓަނޭޝަނަލް ސްކޫލާއި، ކިޔަވާ ކުދިންނަށް ބޭނުންވާ ތަފާތު މައުލޫމާތުތައް އޮންލައިންކޮށް ފޯރުކޮށްދޭ ޓީޗިން ޓިއުބް ހިންގަމުން އަންނަ އައިލެންޑާސް އެޑިއުކޭޝަން ގްރޫޕޫން ޅ. ނައިފަރުގައި އެޑިއުކޭޝަން އެކްސްޕޯއެއް ބާއްވަން ތައްޔާރުވެއްޖެ އެވެ.

އައިލެންޑާސް އިން ބުނީ މި އެކްސްޕޯ ބާއްވާނީ ނައިފަރު އެޑިއުކޭޝަން ސެންޓަރާ ގުޅިގެން އެ ރަށު އިގްރާ އިންޓަނޭޝަނަލް ޕްރީ ސްކޫލް ހޯލުގައި ކަމަށެވެ. އަދި މިރޭ ފެށޭ އެކްސްޕޯ، މާދަމާ ވެސް ކުރިއަށް ގެންދާނެ ކަމަށް އެތަނުން ބުންޏެވެ.

އިގްރާ އިންޓަނޭޝަނަލް ޕްރީ ސްކޫލަކީ، ބައިނަލްއަގުވާާމީ ފެންވަރަށް، އެއް އަހަރާއި 10 މަހުން ފެށިގެން ހަ އަހަރާއި ދެމެދުގެ ކުދިންނަށް ކިޔަވައިދޭ ސްކޫލެކެވެ. އިގްރާ އިންޓަނޭޝަނަލް ޕްރީ ސްކޫލަކީ ވެސް އައިލެންޑާސް އިން ހިންގަމުން އަންނަ ތަނެކެވެ.

އެކްސްޕޯގައި ކުރިއަށް ދާނީ އައިލެންޑާސް ޓޫރިޒަމް އެންޑް ހޮސްޕިޓަލިޓީގެ ސީއެސްއާރު ޕްރޮގްރާމް ކަމަށްވާ "ދިނރުބާ"ގެ ދަށުން ހިންގާ ޓްރެއިނިންތަކާއި، 10 މަހާއި ދެ އަހަރާ ދެމެދުގެ ކުދިންގެ ތައުލީމީ ހަޔާތް ކުރިއެރުވުމަށް ހިންގާ ބޭބީ ޖީނިއަސް ޕްރޮގްރާމެވެ. އަދި އިގްރާ އިންޓަނޭޝަނަލް ޕްރީ ސްކޫލުން ވެސް ކުޑަކުދިންނަށް ހާއްސަ ޕްރޮގްރާމްތަކެއް ހިންގާނެ އެވެ. މީގެ އިތުރުން، ދަރިވަރުންނަށް އޮންލައިންކޮށް ތައުލީމީ މައުލޫމާތުތައް ހޯދޭނެ ގޮތްތަކާ ގުޅޭގޮތުން ޓީޗިން ޓިއުބުން މައުލޫމާތު ދޭނެ އެވެ.

އައިލެންޑާސް އިން ބުނީ އެކްސްޕޯގައި، އެމެރިކަން ހޮޓެލް އެންޑް ލޮޖިން އެޑިއުކޭޝަން އިންސްޓިޓިއުޓްގެ ޓްރެއިނިންތައް ހިލޭ ބައިވެރިވެވޭ ގޮތަށް ހިންގާނެ ކަމަށެވެ. އަދި މިއީ، ޓޫރިޒަމް އިންޑަސްޓްރީން ކުރިއަށްދާން ބޭނުންވާ ޒުވާނުންނަށް ހުޅުވާލެވޭ ވަރަށް ރަނގަޅު ފުރުސަތެއް ކަމަށް ވެސް އެތަނުން ބުންޏެވެ.

އައިލެންޑާސް އިން ބުނީ އެ ގްރޫޕުން އެމެރިކަން ހޮޓެލް އެންޑް ލޮޖިން އެޑިއުކޭޝަން އިންސްޓިޓިއުޓާ ގުޅިގެން ހިންގާ ކޯސްތަކަކީ، ދުނިޔޭގެ އެންމެ ބޮޑެތި ހޮޓާތަކުން ބަލައިގަންނަ ކޯސްތަކަކަށް ވާނެ ކަމަށެވެ. އެމެރިކަން ހޮޓެލް އެންޑް ލޮޖިން އެޑިއުކޭޝަން އިންސްޓިޓިއުޓްގެ ކޯސްތައް މިހާރު ވެސް 45 ގައުމެއްގައި ހިންގަ އެވެ.

"ދިރުނބާ"ގެ ދަށުން ކުރިއަށް އޮތް ދެ އަހަރު ރާއްޖޭގެ ހުރިހާ ރަށަކަށް ޒިޔާރަތްކޮށް، ޓޫރިޒަމް އިންޑަސްޓްރީއާ ގުޅޭ ތަމްރީނު ޕްރޮގްރާމް ތަަކެއް ހިންގަން ހަމަޖެހިފައިވާ ކަމަށް ވެސް އައިލެންޑާސް އިން ބުނެ އެވެ.