Roadha Mihaaru
ޓީޗާސް ކޮންފަރެންސް ކާމިޔާބު: ޝަފީއު

ޓީޗާސް ކޮންފަރެންސް ކާމިޔާބު، މުހިއްމު މަޝްވަރާތަކެއް ކުރެވުނު: ޝަފީއު

13 ނޮވެމްބަރ 2017

ޓީޗަރުންނަށް ހާއްސަކޮށްގެން ބޭއްވި ބައިނަލްއަގުވާމީ ކޮންފަރެންސް ކާމިޔާބު ކަމަށް އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު ޝަފީއު މިއަދު ވިދާޅުވެއްޖެ އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ޓީޗަރުންނަށް ހާއްސަކޮށްގެން ބޭއްވި ބައިނަލްއަގުވާމީ ކޮންފަރެންސް ކާމިޔާބު ކަމަށް އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު ޝަފީއު މިއަދު ވިދާޅުވެއްޖެ އެވެ.

ކިޔަވައިދިނުމުގެ ފެންވަރު މަތިކޮށް، ދިމާވާ މައްސަލަތައް ދެނެގަނެ އެ ކަންކަމާ މެދު ފުޅާ ދާއިރާއެއްގައި މަޝްވަރާކުރަން ނެޝަނަލް އިންސްޓިޓިއުޓް އޮފް އެޑިއުކޭޝަން (އެންއައިއީ) އިން އިއްޔެ ފެށި ކޮންފަރެންސް ނިންމުމުގެ ރަސްމިއްޔާތުގައި ޝަފީއު ވިދާޅުވީ ތައުލީމާ ގުޅޭ މުހިއްމު ކަންތަކާގުޅޭ ގޮތުން ޕޭޕަރުތައް ހުށަހަޅައި އެކަންކަމަށް މަޝްވަރާކޮށްފައިވާ ކަމަށެވެ.

އޭނާ ވިދާޅުވީ ދެ ދުވަހުގެ މި ކޮންފަރެންސުން ވެސް ޓީޗަރުންނަށް ވަރަށް ބޭނުންތެރި ކަންތައްތަކެއް ދަސްވެގެން ދާނެ ކަމަށެވެ.

ޝަފީއު ވިދާޅުވީ ދަރިވަރުންނަށް ކިޔަވައިދިނުމަކީ ހަމައެކަނި ޓީޗަރުންގެ ޒިންމާއެއް ނޫން ކަމަށާއި މުޅި މުޖުތަމައު ވެސް އެކަމުގައި ޝާމިލްވާ ކަމަށެވެ.

ޓީޗާސް ކޮންފަރެންސް ނިންމުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވި ބައެއް ބޭފުޅުން.-- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

ޓީޗާސް ކޮންފަރެންސް ނިންމުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވި ބައެއް ބޭފުޅުން.-- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

މި ކޮންފަރެންސްގައި އިންޑިއާ، ޕާކިސްތާން، މެލޭޝިއާ އަދި އިނގިރޭސި ވިލާތުގެ ތައުލީމީ ދާއިރާގައި މަސައްކަތް ކުރައްވާ ބައެއް ބޭފުޅުން ވެސް ބައިވެރިވެ ވަޑައިގަތެވެ. އެ ބޭފުޅުންނާ އެކު ކޮންފަރެންސްގެ ބައިވެރިންގެ އަދަދު 220 އަށް އަރަ އެވެ.

މިއަދުގެ ރަސްމިއްޔާތުގައި ވަނީ ކޮންފަރެންސް ކުރިއަށްގެންދިއުމުގައި އެހީތެރިވެދެއްވި ބޭފުޅުންނަށް ސެޓްފިކެޓް ހަވާލުކޮށްފަ އެވެ.

ޓީޗާސް ކޮންފަރެންސަކީ ކޮންމެ ދެ އަހަރަކުން އެއް އަހަރު ބާއްވަމުން އަންނަ ކޮންފަރެންސެެކެވެ. މީގެ ފަސް ވަނަ ކޮންފަރެންސް 2019 ވަނަ އަހަރު ބާއްވާނެ ކަން އެޑިއުކޭޝަން މިިނިސްޓްރީން މިއަދު ވަނީ އިއުލާނުކޮށްފަ އެވެ.