Roadha Mihaaru
މާޒިޔާގެ ނަތީޖާތައް ރަނގަޅުކުރަން އިންމަ އަމާޒުހިފާފައި

މާޒިޔާގެ ނަތީޖާތައް ރަނގަޅުކުރަން އިންމަ އަމާޒުހިފާފައި

19 ނޮވެމްބަރ 2017

ތިން އަހަރު ފަހުން އެނބުރި އައިސް އިސްމާއިލް މަހަފޫޒް (އިންމަ)ގެ އިރުޝާދު ދަށުން މާޒިޔާ ކުޅުނު ފުރަތަމަ މެޗުގައި ތިން ލަނޑުގެ ލީޑެއް ނެގި ނަމަވެސް ށ. މިލަންދޫ އިން ވަނީ ފަހަތުން އަރައި އެއްވަރުކޮށްފަ އެވެ. އެ މެޗުގެ ނަތީޖާ އެހެން ނުކުތް ކަމުގައި ވިޔަސް އިންމަ ހުރީ އިތުބާރާ އެކު އެވެ.

އައްޒާމް އަލިފުޅު އައްޒާމް އަލިފުޅު

ތިން އަހަރު ފަހުން އެނބުރި އައިސް އިސްމާއިލް މަހަފޫޒް (އިންމަ)ގެ އިރުޝާދު ދަށުން މާޒިޔާ ކުޅުނު ފުރަތަމަ މެޗުގައި ތިން ލަނޑުގެ ލީޑެއް ނެގި ނަމަވެސް ށ. މިލަންދޫ އިން ވަނީ ފަހަތުން އަރައި އެއްވަރުކޮށްފަ އެވެ. އެ މެޗުގެ ނަތީޖާ އެހެން ނުކުތް ކަމުގައި ވިޔަސް އިންމަ ހުރީ އިތުބާރާ އެކު އެވެ.

މި މަހު ހަތަރު ވަނަ ދުވަހު މިލަންދޫއާ ދެކޮޅަށް ކުޅުނު މެޗުގައި މާޒިޔާ އިން ފުރަތަމަ ތިން ގޯލުގެ ލީޑެއް ނެގުމުން ފަސޭހައިން އެ ޓީމު މޮޅުވާނެ ކަމަށް ބެލެވުނެވެ. އެހެން ނަމަވެސް ފަސޭހަކޮށްލައިގެން ތިއްބާ ފެނުނީ މިލަންދޫ އިން ފަހަތުން އަރައި ޕޮއިންޓެއް ހޯދިތަނެވެ. އިންމަ އެ މެޗަށް ފަހު ބުނީ ދިމާވި މައްސަލަ އަކީ ފަސޭހައިން ލަނޑުތަކެއް ޖެހުމުން އޯވަ ކޮންފިޑެންސްވުން ކަމަށެވެ.

"ފަސޭހަކޮށްލައިގެން އޯވަކޮންފިޑެންސް ވެފައި ތިބުމުން މި މެޗު މިހެން މިވީ. ވަރަށް ބޮޑު ޗެލެންޖެއް މިއީ. މީގެ އިރާދަކުރެއްވިއްޔާ ކުރިއަށް އޮތްތާގައި ނަތީޖާ ނެރެވޭނެ. އަޅުގަނޑު ބުނާނީ މާޒިޔާ ރަނގަޅަށް ޕާފޯމް ކުރާނެޔޭ،" ގައުމީ ޓީމުގެ އެސިސްޓަންޓް ކޯޗުކަން ދޫކޮށްފައި މާޒިޔާ އަށް ބަދަލުވި އިންމަ ބުންޏެވެ.

މާޒިޔާ ގޮވައިގެން އިންމަ މިލަންދޫ މެޗަށް ނުކުތީ އެ ޓީމާ ހަވާލުވިތާ ތިން ދުވަސް ފަހުންނެވެ. އޭގެ މާނަ އަކީ އެކަށީގެންވާ ފުރުސަތު އޭނާ އަށް ޓީމު ގޮވައިގެން ނުލިބޭ ކަމެވެ. މިލަންދޫ މެޗަށް ފަހު އިންމަ ވެސް އެކަން ފާހަގަކުރި އެވެ. މާޒިޔާ ގޮވައިގެން އިންމަ ކުޅޭ ދެ ވަނަ މެޗަށް ވެގެންދާނީ މިރޭ ގްރީން ސްޓްރީޓްސްއާ ދެކޮޅަށް ކުޅޭ މެޗެވެ.

މާޒިޔާ ފަރިތަކުރުންތަކުގެ ތެރެއިން އުމެއިރު (ކ) އާއި އިންމަ ވާހަކަ ދައްކަނީ.-- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

މާޒިޔާ ފަރިތަކުރުންތަކުގެ ތެރެއިން އުމެއިރު (ކ) އާއި އިންމަ ވާހަކަ ދައްކަނީ.-- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

"ޓީމު އޮތް ހާލަތާއި އަހަރެން އައި ފަހުންވީ ދުވަހަށް ބަލާއިރު އަޅުގަނޑު ބުނާނީ ގޯހެއް ނޫނޭ. ކުރިއަށް އޮތް މެޗުތަކުގައި އަޅުގަނޑުމެންގެ ކުޅުންތެރިން ރަނގަޅު ގޮތުގައި ތިބޭނީ،" މިލަންދޫ މެޗަށް ފަހު ކުރިއަށް ހުރި މެޗުތަކާ ގުޅޭގޮތުން އިންމައާ ސުވާލުކުރުމުން ބުންޏެވެ.

އުރީދޫ ދިވެހި ޕްްރިމިއާ ލީގުގެ އެންމެ ފަހުގެ ޗެމްޕިއަން މާޒިޔާ މި ވަގުތު ލީގުގެ ތިން ވަނައިގައި އޮތީ 12 މެޗުން 24 ޕޮއިންޓާ އެކު އެވެ. ލީގުގެ އެއް ވަނައިގައި އޮތް ނިއު ރޭޑިއަންޓާއި މާޒިޔާއާ ދެމެދު ނުވަ ޕޮއިންޓްގެ ފަރަގެއް އެބައޮތެވެ.

މާޒިޔާ އިން ވަނީ ސީޒަނުގެ މިހާތަނަށް ތިން ފަހަރެއްގެ މަތިން ގްރީން ސްޓްރީޓްސްއާ ވާދަކޮށްފަ އެވެ. އެއީ އެސްޓީއޯ މާލޭ ލީގުގެ ދެ މެޗާއި ދިވެހި ޕްރިމިއާ ލީގުގެ އެއް މެޗެވެ. މާލޭ ލީގުގެ ފުރަތަމަ ބުރުގައި މާޒިޔާ 3-0 އިން މޮޅުވިއިރު، ދެ ވަނަ ބުރުގައި ވަނީ 1-0 އިން ބަލިވެފަ އެވެ. ޕްރިމިއާ ލީގުގައި ކުޅުނު މެޗުގެ ދެ ވަނަ ހާފުގައި ކާޑެއްގެ މައްސަލަ ޖެހިގެން މެޗު ހުއްޓާލިއިރު، މުބާރާތުގެ ކޮމިޓީން ނިންމީ މާޒިޔާ 2-0 އިން މޮޅުވީ ކަމަށެވެ.

މާޒިޔާ އާއި ގްރީން ސްޓްރީޓްސް ކުޅޭ މެޗު ފަށާނީ މިރޭ 9 ޖަހާއިރު އެވެ.