Roadha Mihaaru

ސައުދީގެ "ބަންދުގައި" ހުރި ހަރީރީ ފްރާންސަށް

ޕެރިސް (ނޮވެމްބަރު 18) - ސައުދީ އަރަބިއާ އިން "ބަންދުކޮށްފައި" ބެހެއްޓި ކަމަށްވާ ބުނާ ލުބުނާނުގެ ބޮޑު ވަޒީރު ސައުދުލް ހަރީރީ ފްރާންސަށް ވަޑައިގެންފި އެވެ.

ސައުދީގެ ބަންދުގައި ހުރި ހަރީރީ ފްރާންސަށް
ހަސަން އާމިރު
ހަސަން އާމިރު

18 ނޮވެމްބަރ 2017

ޕެރިސް (ނޮވެމްބަރު 18) - ސައުދީ އަރަބިއާ އިން "ބަންދުކޮށްފައި" ބެހެއްޓި ކަމަށްވާ ބުނާ ލުބުނާނުގެ ބޮޑު ވަޒީރު ސައުދުލް ހަރީރީ ފްރާންސަށް ވަޑައިގެންފި އެވެ.

ސައުދީގައި ހުންނަވާ މި މަހު 4 ވަނަ ދުވަހު ބޮޑު ވަޒީރުކަމުގެ މަގާމުން އިސްތިއުފާ ދެއްވި ހަރީރީ ފްރާނަސަށް ވަޑައިގެންނެވީ އެ ގައުމުގެ ރައީސް އެމަނުއެލް މޭކަންގެ ދައުވަތަކަށެވެ. ހަރީރީގެ ޕްރައިވެޓް ޖެޓުގައި ރިޔާޒުން ފުރާވަޑައިގެންނެވީ އަނބިކަނބަލުންނާ އެކު އެވެ.

ލުބުނާނުގެ ރައީސް މިޝޭލް އަޔޫން ވިދާޅުވެފައި ވަނީ ހަރީރީ ވަނީ ސައުދީން ބަންދުކޮށްފައި ކަމަށެވެ. އަދި ބޭރު ގައުމެއްގައި ހުންނަވާ އިސްތިއުފާ ދެއްވި ނަމަވެސް ގަބޫލް ނުކުރާނެ ކަމަށް އަޔޫން ވަނީ ވިދާޅުވެފަ އެވެ. އެކަމަކު ހަރީރީ ވިދާޅުވެފައި ވަނީ އޭނާ ސައުދީގައި ހުންނެވީ މިނިވަންކޮށް ކަމަށާއި އިސްތިއުފާ ދެއްވީ އަމިއްލަ އިޚްތިޔާރުގައި ކަމަށެވެ. ސައުދީން ވެސް ވަނީ ހަރީރީ އަށް މަޖްބޫރު ނުކުރާ ކަމަށް ބުނެފަ އެވެ.

ހަރީރީ ވަނީ ސައުދީއާ އެތައް ގޮތަކުން ގުޅިފަ އެވެ. ލުބުނާނުގެ އިތުރުން ސައުދީގައި ހަރީރީގެ ވިޔަފާރި އާއި ގެދޮރު ހުރެ އެވެ. ހަރީރީގެ ސިޔާސީ ޕާޓީ، ފިއުޗާ މޫވްމަންޓަށް ސައުދީން އެތައް ގޮތަކުން ވާގިވެރިވެ އެވެ.