29 އޮކްޓޯބަރ 2019
ބެއިރޫތު (އޮކްޓޯބަރު 29) - އިސްތިއުފާ ހުށަހެޅީ މުޒާހަރާތަކުން ގައުމު ހުއްޓިފައި އޮތް އޮތުން ނިމުމަކަށް ގެނެސް ގައުމުގައި މި ވަގުތު އެޅިފައިވާ "ތަޅު" ނައްޓާލަން ކަމަށް ބޮޑު ވަޒީރު ސައީދު ހަރީރީ މިރޭ ވިދާޅުވެއްޖެ އެވެ.
ބެއިރޫތު (އޮކްޓޯބަރު 29) - އިސްތިއުފާ ހުށަހެޅީ މުޒާހަރާތަކުން ގައުމު ހުއްޓިފައި އޮތް އޮތުން ނިމުމަކަށް ގެނެސް ގައުމުގައި މި ވަގުތު އެޅިފައިވާ "ތަޅު" ނައްޓާލަން ކަމަށް ބޮޑު ވަޒީރު ސައީދު ހަރީރީ މިރޭ ވިދާޅުވެއްޖެ އެވެ.
ގައުމާ މުޚާތަބް ކުރައްވައި ހަރީރީ ވިދާޅުވީ މިހާރު އޮތް ހާލަތުން އަރައިގަންނަން ބަދަލެއް ގެންނަން ޖެހޭ ކަމަށެވެ. ހަރީރީ އިސްތިއުފާ ހުށަހެޅުމާ އެކު ވެރިރަށް ބެއިރޫތުގައި ވަނީ އުފާ ފާޅުކުރަން ފަށައިފަ އެވެ.
ލުބުނާނުގައި މުޒާހަރާތައް އެންމެ ފުރަތަމަ ފެށީ ވަޓްސްއަޕް ކޯލްތަކުން ޓެކްސް ނަގަން އުޅޭތީ އެކަމާ ދެކޮޅަށެވެ. ސަރުކާރުގެ އެ ނިންމުން ބަދަލުކުރި ނަމަވެސް ފަހުން ވަނީ މުޒާހަރާތައް ވަރުގަދަވެ ގައުމުގެ އިގްތިސާދީ އަދި ސިޔާސީ މީހުންގެ ކޮރަޕްޝަނުގެ މައްސަލަތަކަށް ފޯކަސް ކުރަން ފަށައިފަ އެވެ.
މުޒާހަރާތަކުގެ ސަބަބުން ލުބުނާނުގެ ބޭންކުތައް ބަންދުކޮށްފައިވާތާ 10 ދުވަސް ވެއްޖެ އެވެ. ސަރުކާރުގެ އޮފީސްތަކާއި ސްކޫލްތައް ވަނީ ބަންދުކޮށްފަ އެވެ.
ހަރީރީ ވިދާޅުވީ ރައީސް މިޝޭލް އަޔޫން އަށް އިސްތިއުފާ ހުށަހެޅުއްވީ "މަގު ބަންދުވުމުން" ކަމަށެވެ.
"ސިޔާސީ ހައްލަކަށް ލުބުނާނުގެ ރައްޔިތުން އިންތިޒާރު ކުރާތާ 13 ދުވަސްވެއްޖެ. އެ މުއްދަތުގައި ރައްޔިތުންގެ އަޑު އަހައިގެން ގޮތެއް ހޯދަން އަޅުގަނޑަށް މަސައްކަތް ކުރެވިއްޖެ،" ހަރީރީ ވިދާޅުވި އެވެ. "މަގާމަކީ ލިބިފައި ގެއްލޭ އެއްޗެއް. އެކަމަކު މުހިންމު ކަމަކީ ރައްޔިތުންގެ ރައްކާތެރި ކަމާއި ކަރާމާތް."
ހަރީރީގެ އިސްތިއުފާއާ ގުޅޭ ގޮތުން ރައީސ އަޔޫން އަަދި ވަކި ގޮތެއް ނުނިންމަވަ އެވެ. ލުބުނާނުގެ ގާނޫނު އަސާސީ ބުނާ ގޮތުން އިސްތިއުފާ ހުށަހެޅުއްވިއަސް އާ ސަރުކާރެއް އެކުލަވާލެވެންދެން މަގާމުގައި ހަރީރީ ހުންނަވަން ޖެހޭނެ އެވެ.
ހަރީރީގެ އާ ސަރުކާރުގެ ހުށަހެޅުން ލެބަނަންގެ ރައީސަށް
ހަރީރީއާ ގުޅޭ ގޮތުން މުހައްމަދު ޖޯކް ޖައްސަވައިފި
ނޫސްވެރިޔާގެ މައްސަލާގައި ހަރީރީގެ ތާއީދު ސައުދީ އަށް
ލުބުނާނުގެ ބޮޑު ވަޒީރު ކަމަށް އަނެއްކާ ވެސް ހަރީރީ
ހަރީރީގެ އިސްތިއުފާ ރަސްމީކޮށް އަނބުރާ ގެންދަވައިފި
އިސްތިއުފާއާ ގުޅޭ ތަފްސީލް ދެއްވަން ހަރީރީ ދެކޮޅު
ހަރީރީ ގައުމަށް ވަޑައިގެން އިސްތިއުފާ މަޑުޖައްސާލައިފި
އިސްތިއުފާ ދެއްވި ހަރީރީ ގައުމަށް ވަޑައިގެންފި
ލުބުނާނުގެ ބޮޑު ވަޒީރު ބުދަ ދުވަހު ގައުމަށް ވަޑައިގަންނަވަނީ
ސައުދީގެ ބަންދުގައި ހުރި ހަރީރީ ފްރާންސަށް