19 ނޮވެމްބަރ 2017
ހުޅުމާލޭ ދެ ވަނަ ފިޔަވަހީގައި 80،000 މީހުންނަށް ބޯހިޔާވަހިކަން ފޯރިކޮށްދިނުމަށް ޓަކައި ހިންގާ ބޮޑު މަޝްރޫއު 2019 ވަނަ އަހަރު މުޅިން ނިންމާލެވޭނެ ކަމަށް ރައީސް އަބްދުﷲ ޔާމީން މިރޭ ވިދާޅުވެއްޖެ އެވެ.
ހުޅުމާލޭ ދެ ވަނަ ފިޔަވަހީގައި 80،000 މީހުންނަށް ބޯހިޔާވަހިކަން ފޯރިކޮށްދިނުމަށް ޓަކައި ހިންގާ ބޮޑު މަޝްރޫއު 2019 ވަނަ އަހަރު މުޅިން ނިންމާލެވޭނެ ކަމަށް ރައީސް އަބްދުﷲ ޔާމީން މިރޭ ވިދާޅުވެއްޖެ އެވެ.
ރާއްޖޭގައި އެއްފަހަރާ އެންމެ ގިނަ ބަޔަކަށް ބޯހިޔާވަހިކަން ހޯދައިދިނުމަށް ޓަކައި ހިންގާ އެންމެ ބޮޑު މަޝްރޫއު ހުޅުމާލޭގައި ފައްޓަވައިދެއްވަމުން ރައީސް މިރޭ ވިދާޅުވީ މި މަޝްރޫއުގެ ދަށުން 14 ބުރީގެ 62 ޓަވަރު އަޅާއިރު، އެ ހުރިހާ ޓަވަރެއްގެ މަސައްކަތް ވެސް 2019 ގައި ނިންމާލެވޭނެ ކަމަށެވެ. އަދި އޭގެ ތެރެއިން މިރޭ ބިންގާ އެޅި ބައެއް ތަންތަނުގައި އަންނަ އަހަރު ވެސް މީހުންނަށް ދިރިއުޅެވޭނެ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.
މި ޓަވަރުތައް އަޅަނީ ސަރުކާރުގެ އެކި ކުންފުނިތަކުން ނަމަވެސް، އެ ތަންތަނުގެ މުވައްޒަފުންނެކޭ އެއްގޮތަށް އާއްމުންގެ ގިނަ ބަޔަކަށް ވެސް އެ އިމާރާތްތަކުގައި ދިރިއުޅުމުގެ ފުރުސަތު ލިބޭނެ ކަމަށް ރައީސް ވިދާޅުވި އެވެ.
އެގޮތުން ކޮންމެ ޓަވަރެއްގެ އެއްބައިން އާއްމުންނަށް ޖާގަ ލިބޭ އިރު އަނެއް ބައި ހާއްސަކުރަނީ އެ ޓަވަރެއް އަޅާ ކުންފުނީގެ މުވައްޒަފުންނަށް ކަމަށް ރައީސް ވިދާޅުވި އެވެ.
"ކުންފުނިތަކުން ޓަވަރު އެޅި ނަމަވެސް އަޅުގަނޑު އެ މީހުންނަށް ޝަރުތު ކުރިން ފުރަތަމަ ޓަވަރުން ނުވަތަ ޓަވަރުގެ އެއްބައި ލިބެން ޖެހޭނީ ދިވެހި ރައްޔިތުންނަށް ކަމަށް. އެ މީހުންގެ ހިދުމަތުގައި ނޫޅޭ މީހުންނަށް،... 2018 ވަނަ އަހަރު މި ޓަވަރުތައް ނިންމައި މީހުން ވަންނައިރު އެތަނުގައި ހުރެ މީހުންނާ ސަލާމް ކުރުމަކީ އަޅުގަނޑަށް ލިބޭނެ ވަރަށް ބޮޑު އުފަލެއް،" ރައީސް ޔާމީން ވިދާޅުވި އެވެ.
ރައީސް ވިދާޅުވި ގޮތުގައި މި ފްލެޓްތައް އަޅަނީ އެ ކުންފުންޏެއްގެ ގާބިލިއްޔަތުކަން ހުރި ވަރަކުންނެވެ. އަދި މިފަދަ ތަނެއް އިމާރާތް ކުރުމަށް މާ ބޮޑު ހަރަދެއް ނުދާނެ ކަމަށާއި ކަނޑައެޅިފައިވާ ތާރީހުގައި އެ ތަންތަނުގެ މަސައްކަތް ނިމި، މީހުންނަށް ދިރިއުޅެވޭވަރު ވާނެ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.
މިފަދަ ހައުސިން ޔުނިޓްތައް އެޅުމުގެ ވިސްނުންފުޅު އަދިވެސް ހުރި ކަމަށް ވިދާޅުވަމުން، ރައީސް ވިދާޅުވީ މި މަޝްރޫއުގައި ހުރިހާ ކުންފުނިތަކަށް ބައިވެރި ނުވެވުނު ނަމަވެސް މިއީ އަދި ނިމުން ނޫން ކަމަށެވެ. އަދި މިއީ އުއްމީދުގެ ދަންމަރެއް ކަމަށާއި ކުރިއަށް އޮތްތަނުގައި އިތުރު ފަހެއް ނުވަތަ ދިހަ ޓަވަރު އަޅަން ބޭނުން ނަމަވެސް އެކަން ކޮށްދެއްވާނެ ކަމަށް ވިދާޅުވި އެވެ.
ރައީސް ވިދާޅުވި ގޮތުގައި މިރޭ ފައްޓަވައި ދެއްވި މި މަޝްރޫއަކީ ޒުވާނުންނާއި އެކަނިވެރި މައިންނަށް ލިބުނު އުއްމީދެކެވެ.
"ކީއްވެގެންތޯ އުއްމީދު ނުކުރަންވީ. ކީއްވެގެންތޯ ރައީސަކަށް ހުންނަ މީހެއް ކައިރީ ނުބުނަންވީ ތިމަންނަމެންގެ މިވެނި އުއްމީދެއް އެބައޮތޭ، މި ދަތި ފިލުވައިދޭށޭ. ބުނެވެން ވާނެ. އަދި ރައީސަކު އެކަން ކުރެވޭތޯ ވެސް ބަލަން ވާނެ. ރައީސަށް ހައްލެއް ނުދެވެންޏާ ބުނަންވާނީ ސޮރީއޭ ތިމަންނަ އެއްކައިރިއަށް ޖެހިލާނަމޭ،" ގިނަ އަދަދެއްގެ ބަޔަކު ބައިވެރިވި އެ ޖަލްސާގައި އެ މަނިކުފާނު ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ 19 ރަށެއްގައި މިހާރު ވެސް އެކިވަރުގެ އެޕާޓްމެންޓުތައް އިމާރާތް ކުރަމުން އަންނަ ކަމަށާއި އިތުރު ރަށްތަކެއްގައި ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް އަންނަ އަހަރުގެ ބަޖެޓުގައި ހިމަނާފައިވާ ކަމަށެވެ. އަދި ހުޅުމާލޭގައި މި ފެށި މަޝްރޫއާއި އަންނަ އަހަރުގެ ބަޖެޓުގައި ހިމެނި ހައުސިން މަޝްރޫއުތައް ނިމުމުން ދެ ލައްކައެއްހާ މީހުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދެވޭނެ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.
ސަރުކާރުން ހިންގާ ބޯހިޔާވަހިކަމުގެ މި މަޝްރޫއުގެ ދަށުން ކޮންމެ ދިހަ މީހަކުން ހަތް މީހަކަށް ފައިދާ ކުރާނެ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.
ފްލެޓްތަކާ ގުޅޭ އަޑުތައް: އެއީ ވެސް ދިވެހިންނަށްޓަކައި
މިހުރީ ޓަވަރެއްގައި: ރީތި މަންޒަރެއް އެކަމަކު ހާސްކަން
އެންމެ ބޮޑު ބަދަލު: ކޮތަރު ކޮށީގެ ސިފަ ކަނޑުވާލުން!
މަޝްރޫއުތައް ހުއްޓެނީ އިދިކޮޅު ފަރާތްތަކާ ހެދި: ރައީސް
ފްލެޓުގެ ބޮޑު މަޝްރޫއު ފެށުން ފަސްކޮށްފި
ހިޔާއަށް ކުލި ނުދައްކާ، އެޅޭނެ ފިޔަވަޅެއް ވެސް ނެތް!
ޕީޕީއެމުން ފްލެޓްތަކުގެ ވެރިންގެ އަޑު އަހާނަން: ޔާމީން
ހިޔާފްލެޓުން ފެންނަނީ ގޯސް ނިންމުމެއްގެ ނަތީޖާ:އަސްލަމް
ހިޔާ ފްލެޓްތަކަށް ވަންނަން ކުރި ހަރަދު ދޭނަން: ޝިޔާމް
ހިޔާ ފްލެޓަށް އިތުރަށް 3.2 ބިލިއަން ދައްކަންޖެހޭ