ލޯނު ނުނަގައި ގައުމުގެ ހާލަތު ރަނގަޅު ނުކުރެވޭނެ ކަމަށާއި ތަރައްގީ އާއި ރައްޔިތުންނަށް ފޯރުކޮށްދޭން ޖެހޭ ހިދުމަތްތަކުގެ ފެންވަރު ރަނގަޅުކޮށް، ޒުވާނުންނަށް ފުރުސަތުތައް ހޯދައި ދިނުމަށް ލޯނު ނަގަން ޖެހޭ ކަމަށް ރައީސް އަބްދުﷲ ޔާމީން މިރޭ ވިދާޅުވެއްޖެ އެވެ.
26 ނޮވެމްބަރ 2017
ލޯނު ނުނަގައި ގައުމުގެ ހާލަތު ރަނގަޅު ނުކުރެވޭނެ ކަމަށާއި ތަރައްގީ އާއި ރައްޔިތުންނަށް ފޯރުކޮށްދޭން ޖެހޭ ހިދުމަތްތަކުގެ ފެންވަރު ރަނގަޅުކޮށް، ޒުވާނުންނަށް ފުރުސަތުތައް ހޯދައި ދިނުމަށް ލޯނު ނަގަން ޖެހޭ ކަމަށް ރައީސް އަބްދުﷲ ޔާމީން މިރޭ ވިދާޅުވެއްޖެ އެވެ.
ޒުވާނުންގެ އެވޯޑު ދޭން ދަރުބާރުގޭގައި ބޭއްވި ޖަލްސާގައި ރައީސް ޔާމީން ވިދާޅުވީ، އަންނަ އަހަރަށް ލަފާކޮށް މަޖިލީހަށް ހުށަހެޅި 27.9 ބިލިއަން ރުފިޔާގެ އުއްމީދީ ބަޖެޓު ފާސްކުރަން އިދިކޮޅު މެމްބަރުން ވޯޓު ނުދެއްވިޔަސް، އެ ބޭފުޅުން ބަޖެޓު ދިރާސާ ކުރެއްވިއިރު، އެންމެ ބޮޑަށް ދެކޮޅު ހެއްދެވި އެއް ކަމަކީ ސަރުކާރުން އެކި ކަންކަމަށް ގިނަ ލޯނުތަކެއް ނެގުން ކަމަށެވެ. ލޯނު ނަގާތީ ދައުލަތުގެ ދަރަނި 2018 ނިމޭއިރު 50 ބިލިއަން ރުފިޔާ އަށް ވުރެ މަތިވާނެ ކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން އެމަނިކުފާނަށް އަމާޒުކުރާ ފާޑުކިއުންތަކަށް މިރޭ ވަނީ ރައްދު ދެއްވައިފަ އެވެ.
ރައީސް ޔާމީން ވިދާޅުވި ގޮތުގައި ލޯނެއް ނަގައިގެން ޒުވާނުންގެ ހާލަތު ރަނގަޅު ކުރަން އިދިކޮޅު ބޭފުޅުން ބޭނުން ނުވާނަމަ، ރައްޔިތުންގެ ކުރިމަތީގައި އޮތީ މާޔޫސްކަމެވެ.
ޒުވާނުންގެ އެވޯޑު ދިނުމަށް ދަރުބާރުގޭގައި މިރޭ ބޭއްވި ޖަލްސާ. ފޮޓޯ: ރައީސް އޮފީސް
" އެބޭފުޅުން (އިދިކޮޅު ފަރާތްތައް) ލޯނެއް ނަގާކަށް ބޭނުމެއް ނުވޭ، ޒުވާން އާބާދީއަށް ބޭނުންވާ ބޯހިޔާވަހިކަން ހޯދައި ދޭކަށް. ލޯނު ނުނަގާ މިކަން ކުރާނެ ގޮތެއް އަޅުގަނޑަކަށް ނުވިސްނޭ. އެހެންވީމަ މީގައި އޮތީ އެއް އޮޕްޝަން، އެ ބޭފުޅުންގެ އޮޕްޝަން، ލޯނު ނުނަގާ ތިބޭނީ. ލޯނު ނުނަގާ ތިބީ މިއޮއްހާ ދުވަހު ތިބި ގޮތަށް ތިބެވިދާނެ،" އަންނަ އަހަރުގެ ބަޖެޓާ ގުޅިގެން ގައުމު ދަރަނިވެރިވާނެ ކަމަށް އިދިކޮޅު ފަރާތްތައް ދައްކާ ވާހަކަތަކަށް ރައްދު ދެއްވައި ރައީސް ޔާމީން ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ އަންނަ އަހަރުގެ ބަޖެޓަކީ ޒުވާނުންނަށް އިތުރު ތަނަވަސްކަން ލިބޭނެ ބަޖެޓެއް ކަމަށެވެ. ޒުވާނުންގެ ހަކަތައިން ދައުލަތުގެ އިންޖީނު ހިނގާ ކަމަށް ގަބޫލު ކުރާނަމަ، ބަޖެޓާ ދޭތެރޭގައި "ކްރިޓިކަލް" ވިސްނުމަކުން ވިސްނާފައި އިދިކޮޅު ބޭފުޅުން ވާހަކަ ދައްކަވަން ޖާގަ ނެތް ކަމަށް ރައީސް ވިދާޅުވި އެވެ.
ރައީސް ޔާމީން ވިދާޅުވި ގޮތުގައި ލޯނު ނެގުމަކީ ގޭތެރޭގެ އެންމެ އާދައިގެ ކަންކަމާ ވެސް ގުޅިފައި އޮތް ކަމެކެވެ. އަދި އެއްވެސް މީހަކު "ވިހަނީކީ އެއްގޮތަކަށް ވެސް ލާރިތަކަކާއެކު ނޫން" ކަމަށާއި ލޯނު ނަގައިގެން މަސައްކަތް ކުރާ މީހާއަށް ކާމިޔާބު ލިބޭނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
ޒުވާނުންގެ ޖަލްސާގައި ރައީސް ޔާމީން ބައިވެރިވެވަޑައިގަންނަވަނީ. - ފޮޓޯ: ހުސެއިން ވަހީދު/ މިހާރު
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީ ކުރުމަށް ލޯނު ނެގިކަން ފާހަގަ ކުރައްވައި ރައީސް ވިދާޅުވީ އެކަން ކުރެއްވީ ކުރިއަށް އޮތް ފަސް އަހަރެއްހާ ދުވަހުގެ ތެރޭގައި އަށް މިލިއަން ޓޫރިސްޓުން ރާއްޖެ ގެނައުމަށް ކަމަށެވެ. އެ އަމާޒަށް ވާސިލްވާނެ ކަމުގެ ޔަގީންކަން އެމަނިކުފާނު ދެއްވި އެވެ.
ލޯނު ނަގަނީ ޒުވާނުންނަށް ވަޒީފާ ހޯދައިދީ، ޒުވާނުންނަށް ބޭނުންވެފައި ހުރި ބޯހިޔާވަހިކަން ފަދަ އެންމެ ބޮޑެތި ދަތިތައް ހައްލުކޮށް ދިނުމަށް ކަމަށް ވެސް ރައީސް ވިދާޅުވި އެވެ. ރައީސް ވިދާޅުވީ "ލާރިއަކުން ލާރި އުފައްދަން ނޭނގޭ" ނަމަ، ލޯނު ނެގުމަކީ ކުރަން ނުވާވަރުގެ ކަމެއް ކަމަށް ބުނެ ވާހަކަ ދައްކާނެ ކަމަށެވެ.
ރައީސް ޔާމީން، މިރޭ ޒުވާނަކަށް އެވޯޑު ދެއްވަނީ.-- ފޮޓޯ: ރައީސް އޮފީސް
"(ބޯހިޔާވަހިކަން) ކޮންމެ މަންމައަކާއި ބައްޕައަކަށް، އޭނަގެ ހުރިހާ ދަރިންނަކަށް ކޮށެއް ނުދެވޭނެ. އެކަމަކު އެ ހުރިހާ ދަރިންގެ ބޮޑު ބައްޕައަކަށް ވަނީ ދައުލަތާ ހަވާލުވެފައި ހުރި މީހާ. އެހެންވެގެން އަޅުގަނޑުގެ ބޮލުގައި އެޅޭ ޒިންމާއެއް ކަމަށް ދެކެނީ ހުރިހާ ޒުވާނުންނަށް ގޮތްތައް ހޯދައިދިނުން،" ރައީސް ވިދާޅުވި އެވެ.
ލޯނު ނެގުމަކީ ރާއްޖެއަށް އާ ކަމެއް ނޫން ކަން ފާހަގަ ކުރައްވައި ރައީސް ޔާމީން ވިދާޅުވީ މިހާރު އޮތް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ކުރިން ތަރައްގީ ކުރީ ވެސް ލޯނު ނަގައިގެން ކަމަށެވެ. ލޯނު ނަގާތީ ފާޑުކިޔާއިރު، ސަރުކާރާ ދެކޮޅަށް ތިއްބެވި ބޭފުޅުންގެ "ދިރުމެއް ނެތް" ކަމަށާއި އެ ބޭފުޅުން ތިއްބެވީ މާޔޫސްވެފައި ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
ނިހާން ތިނަދޫ މީހުންނަށް:ރައީސްގެ ގާތްކަން ކޮބާ؟
"ބިޔަބަޖެޓެއް ހުށަހެޅިޔަސް ބޮޑެތި މަޝްރޫއު ނުހިންގޭނެ"
18 ފުރުމާއެކު ފްލެޓް ދިނުމަކީ ކުރާނެ ކަމެއް: ޔާމީން
ބަޖެޓު ނެތް ކަމަށް ޔާމީން ވިދާޅުވީ ލަވައަކުން
މަޖިލީހަށް ފޮނުވީ 29 ބިލިއަން ރުފިޔާގެ ބަޖެޓެއް
ޕީޕީއެމްގެ މެނިފެސްޓޯ: "އާމްދަނީ ދެ ގުނަ މައްޗަށް"
ރައީސްގެ ބަހުގެ ހަމަލާއެއް: ތިއީ ފުކެއް ބޮޑުވަރު!
ޒުވާނުންނަށްވުރެ ވަޒީފާ އިތުރު ކުރާނަން: ރައީސް ޔާމީން
ޒުވާނުންނަށް ވަނީ އިހުމާލުވެފައި އެކަން ހައްލުކުރާނަން
އިތުރު ވެގެން އުޅެނީ ކުރީ ސަރުކާރުގެ ދަރަނިތައް