ތާރީޚީ އަދި ސަގާފީ ގޮތުން ފާހަގަކުރެވޭ ރާއްޖޭގެ އެންމެ މުހިއްމު އެއް ބިނާ ކަމަށްވާ އަދި ދުނިޔޭގެ ތަރިކައިގެ ވަގުތީ ލިސްޓުގައި ހިމެނޭ ހުކުރު މިސްކިތުގެ ގޯތިތެރޭގައި ކެފޭއެއް ފަދަ އިމާރާތެއް އަޅައިފި ނަމަ ތަރިކައިގެ ދާއިމީ ލިސްޓުގައި އެމިސްކިތް ނުހިމެނިދާނެ ކަމުގެ ބިރު އުފެދިއްޖެ އެވެ.
27 ނޮވެމްބަރ 2017
ތާރީޚީ އަދި ސަގާފީ ގޮތުން ފާހަގަކުރެވޭ ރާއްޖޭގެ އެންމެ މުހިއްމު އެއް ބިނާ ކަމަށްވާ އަދި ދުނިޔޭގެ ތަރިކައިގެ ވަގުތީ ލިސްޓުގައި ހިމެނޭ ހުކުރު މިސްކިތުގެ ގޯތިތެރޭގައި ކެފޭއެއް ފަދަ އިމާރާތެއް އަޅައިފި ނަމަ ތަރިކައިގެ ދާއިމީ ލިސްޓުގައި އެމިސްކިތް ނުހިމެނިދާނެ ކަމުގެ ބިރު އުފެދިއްޖެ އެވެ.
ހުކުރު މިސްކިތުގެ އިރުމަތީ ފަރާތު ގޯތި ތެރޭގައި އާ ބަގީޗާއެއް ތަރައްގީކޮށް، އެތަނުގައި ކެފެޓޭރިއާއެއް ވެސް ހަދަން ހައުސިން މިނިސްޓްރީން ވަނީ ނިންމައިފަ އެވެ. އެ މަސައްކަތް ކުރާނެ ބަޔަކު ހޯދަން މިހާރު ވަނީ އިއުލާންކޮށްފަ އެވެ.
ހުކުރު މިސްކިތުގެ ހުޅަނގު ފަރާތު އޮންނަ ގަބުރުސްތާނު: މިސްކިތުގެ އިރުމަތީ ފަރާތަށް ބޮޑު ބަދަލެއް ގެންނަން ސަރުކާރުން ވަނީ ނިންމާފައި --މިހާރު ފައިލް ފޮޓޯ
އެކަމަކު "މިހާރު" އަށް އެނގިފައިވާ ގޮތުގައި 350 އަހަރަށް ވުރެ ގިނަ ދުވަސް ވީ ހުކުރު މިސްކިތް ހިމެނޭ ބިމުގައި އެގޮތަށް ތަނެއް ހަދައިފި ނަމަ ތަރިކައިގެ ދާއިމީ ލިސްޓަށް އެ މިސްކިތް ނާރަފާނެ އެވެ.
ހެރިޓޭޖް މެނޭޖްމަންޓް ދާއިރާއިން ޑިގްރީ ހާސިލްކުރައްވާފައިވާ، ޓްރާންސްޕޭރެންސީ މޯލްޑިވްސްގެ ސީނިއަ ޕްރޮޖެކްޓް ކޯޑިނޭޓަރު އަހުމަދު ތޮލާލް ވިދާޅުވީ ދުނިޔޭގެ ތަރިކައިގެ ލިސްޓުގައި ތަނެއް ހިމަނާ ނަމަ އެތަނެއްގެ ވަށައިގެން ބޭނުން ނުކުރާ ހުސް ޖާގައެއް އޮންނަން ޖެހޭ ކަމަށެވެ. އެހެންކަމުން ހުކުރު މިސްކިތް ހިމެނޭ ސަރަހައްދުގައި ކެފޭއެއް ކަހަލަ އިމާރާތެއް ހަދައިފި ނަމަ އެތަން ދުނިޔޭގެ ތަރިކައިގެ ލިސްޓަށް ނުލެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ހުކުރު މިސްކިތް ހިމެނޭ ސަރަހައްދު: ހައުސިން މިނިސްޓްރީން ތަރައްގީ ކުރަން ނިންމާފައި ވަނީ ހުކުރު މިސްކިތުގެ އިރަށް ވާ ގޮތަށް އޮންނަ ޕާކް: މިއީ ވެސް ހުސްކޮށް ބާއްވަން ޖެހޭ ތަނެއް ---ފޮޓޯ: ނިޝާން އަލީ/މިހާރު
"ބަފާ ޒޯންގައި އެއްވެސް ޑިވެލޮޕްމެންޓެއް ނުކުރެވޭނެ. ސަބަބަކީ މުޅި ތަނުގެ ހެރިޓޭޖެ ވެލިއު ކެނޑިގެންދާނެތީ. ތާޖް މަހަލް އޮތް ސަރަހައްދުގައި ވެސް ހުސް ޖާގަ އޮންނާނީ،" ތޮލާލް ވިދާޅުވި އެވެ.
އެކަމަކު މި މައްސަލާގައި ހެރިޓޭޖް ޑިޕާޓްމަންޓުން ވާހަކައެއް ނުދައްކަ އެވެ.
ހުކުރު މިސްކިތުގެ ގޯތިތެރޭގައި އަލަށް ތަރައްގީކުރަން އުޅޭ ސަރަހައްދު: މިއީ ވެސް ހުސްކޮށް ބާއްވަން ޖެހޭ ތަނެއް ---ފޮޓޯ: ނިޝާން އަލީ/މިހާރު
އެ ޑިޕާޓްމަންޓްގެ މީޑިއާ އޮފިޝަލް ހަސަން މުހައްމަދު ވިދާޅުވީ އެތަނުގެ ކަންބޮޑުވުންތަކެއް ހުރުމުން އެކަމާ ގުޅޭ ގޮތުން ހައުސިން މިނިސްޓްރީއާ މަޝްވަރާ ކުރަން ނިންމާފައިވާ ކަމަށެވެ. އިތުރު ތަފްސީލެއް ނުދެއްވި އެވެ.
އެނގިފައިވާ ގޮތުގައި ޔުނެސްކޯއިން މިހާރު ލަފާދީފައިވަނީ ހުކުރު މިސްކިތް ވަށައިގެން ބޮޑު ހުސް ޖާގައެއް ބޭއްވުމުގެ ފުރުސަތު ކުޑަވުމުން އެ ސަރަހައްދުގައި ތަރައްގީގެ މަޝްރޫތައް ނުހިންގުމަށެވެ.
ހައުސިން މިނިސްޓްރީން ބުނެފައިވަނީ ހުކުރު މިސްކިތު ގޯތިތެރޭގައި ކެފޭއެއް ހަދަނީ އެތަނުގައި ހުރި އާސާރީ ތަންތަނަށް ގެއްލުންނުވާ ގޮތަށް ކަމަށެވެ.
ދުނިޔޭގެ ތަރިކައިގެ ލިސްޓުގައި ތަނެއް ހިމެނިއްޖެ ނަމަ އެތަން ހިމާޔަތް ކުރަން ދުނިޔޭގެ އެހެން ގައުމުތަކުން ވެސް މަަސައްކަތް ކުރާނެ އެވެ. އަދި އެތަންތަނަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު ވެސް އިތުރުވާނެ އެވެ.
މާލޭގައި މިހާރު ހުރި އެންމެ ތާރީހީ ބިނާތަކުގެ ތެރޭގައި މާލޭ ހުކުރު މިސްކިތް ހިމެނެ އެވެ. އެއީ ރާއްޖޭގެ ތާރީހު ރަމްޒުކޮށްދޭ ބިނާއެކެވެ. ރާއްޖޭގެ ފަންނުވެރިންގެ ކަވި މަސައްކަތްތައް ދައްކުވައިދޭ ތަނެކެވެ.
"މުންނާރު ރީތި ކުރަން ނުފެށި އޮތީ މޫސުން ގޯސްވުމުން"
މާލޭ ހުކުރު މިސްކިތުގެ ލޭޒާ ސްކޭނެއް ކޮށްފި
ހުކުރު މިސްކިތުގެ ހަރިންމަ ފާރުން ބައެއް ތަޅާލައިފި
ކަލައިދޫ މިސްކިތުގެ ގޯތިތެރެއިން ބުދުތަކެއް ފެނިއްޖެ
އެއީ ކުންޏެއް ނޫނެވެ. އެއީ ދިވެހިންގެ ވާހަކައެވެ.
މިސްކިތް ސަރަހައްދު ތަރައްގީކުރާނީ ގެއްލުން ނުވާ ގޮތަށް
މާފަންނު ސަހަރާ ހުސްކުރާތީ ކަންބޮޑުވުން!
ހިރިގަލުގެ މިސްކިތްތައް ތަރިކައިގެ ލިސްޓުގައި ހިމަނަނީ
ރާއްޖޭގެ ހިރިގަލުގެ އުފެއްދުންތައް ބޭރުގެ މައުރަޒަކަށް
ނަބީކަލޭގެފާނުގެ ހަޔާތްޕުޅުން 1