Roadha Mihaaru
ކަލައިދޫ މިސްކިތުގެ ގޯތިތެރެއިން ބުދުތަކެއް ފެނިއްޖެ

ކަލައިދޫ ހުކުރު މިސްކިތުގެ ގޯތިތެރެ އިން ބުދުތަކެއް ފެނިއްޖެ

15 މާޗް 2018

ލ. ކަލައިދޫ ހުކުރު މިސްކިތް މަސްޖިދުލް ހުދާގެ ގޯތިތެރެ ކޮންނަނިކޮށް މިއަދު ބުދުތަކެއް ފެނިއްޖެ އެވެ. ބުދު ފެނިފައި ވަނީ މިސްކިތަށް އިތުރު ކުރާ ފެންޑާއެއް ހަދަން ފައުންޑޭޝަން އަޅަން ކޮންނަނިކޮށް ކަމަށް ކަލައިދޫ ކައުންސިލުން ބުންޏެވެ. ކައުންސިލުން ބުނީ، މިސްކިތުގެ ގޯތިތެރެ އިން ފެނުނު ދެ ބުދަކީ ގާތްގަނޑަކަށް އެއް ފޫޓުގެ ދިގުމިނުގެ ބުދަކާއި އަށް އިންޗީގެ ދިގުމިނުގެ ބުދެއް ކަމަށެވެ. އެ ބުދުތައް ކައުންސިލް އިދާރާގެ ބެލުމުގެ ދަށަށް ގެންގޮސް، އެކަން މިހާރު ވަނީ ހެރިޓޭޖް ޑިޕާޓްމެންޓަށް ވެސް އަންގައިފަ އެވެ. ކަލައިދޫ ކައުންސިލުން ބުނި ގޮތުގައި މަސްޖިދުލް ހުދާ އަށް ފެންޑާއެއް އިތުރު ކުރަނީ 300 މީހުންނަށް ނަމާދު ކުރެވޭ އެތަނަށް ޖާގައިގެ ދަތިކަން ކުރިމަތިވެފައިވާތީ އެކަން ހައްލު ކުރުމަށެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން