Roadha Mihaaru
އޮލިމްޕިކްސްގައި ރާއްޖޭން ދުވާނީ ސާއިދާއި އަފާ

އޮލިމްޕިކްސްގައި ރާއްޖޭން ދުވާނީ ސާއިދާއި އަފާ

07 ޖުލައި 2016

ބްރެޒިލްގެ ރިއޯ ޑި ޖެނީރޯގައި އޮގަސްޓް މަހު ބާއްވާ އޮލިމްޕިކް ގޭމްސްގެ އެތުލެޓިކްސްގައި ރާއްޖޭން ބައިވެރިވާނީ ރާއްޖޭގެ އެންމެ ބާރު ދުވުންތެރިޔާ ހަސަން ސާއިދާއި އުއްމީދީ ދުވުންތެރިޔާ އަފާ އިސްމާއިލް ކަމަށް އެތުލެޓިކްސް އެސޯސިއޭޝަނުން ބުނެފި އެވެ.

އޮލިމްޕިކްސް އަށް ކޮލިފައިނުވާ ގައުމުތަކަށް އެތުލެޓިކްސް އިން ދޭ ހާއްސަ ދެ ޖާގައިގެ ތެރޭގައި މި ދެ ދުވުންތެރިން ރާއްޖޭން ހިމަނާފައިވާއިރު އިތުރު ތަމްރީން ހެދުމަށް މިއަދު އިންޑިއާގެ ބެންގަލޫރަށް ފުރާނެ އެވެ. ކޯޗަކީ އަހުމަދު ފާއިލެވެ. ސާއިދު 100 މީޓަރު ދުވުމަށް ތަމްރީން ހަދާއިރު، އަފާ ދުވާނީ 200 މީޓަރު ދުވުމުގެ އިވެންޓުގަ އެވެ.

މީގެ ތެރެއިން ސާއިދު އަންނަނީ 2012 ވަނަ އަހަރުން ފެށިގެން ޖެމެއިކާގައި ތަމްރީން ހަދަމުންނެވެ. އަދި އެންމެ ފަހުގެ ތަމްރީންތައް ނިންމާލުމަށް ފަހު އޭނާ ރާއްޖެ އައީ މި ހަފުތާގެ ތެރޭގަ އެވެ. މިދިޔަ އަހަރުގެ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގެ 100 މީޓަރު ދުވުމުން ރަން މެޑަލް ހޯދާފައިވާ ސާއިދު ޖެމެއިކާގައި ތަމްރީން ހަދަމުން އައީ އޮލިމްޕިކްސްގައި ބޮޑު ކާމިޔާބީތަކެއް ހޯދާފައިވާ އުސެއިން ބޯލްޓް އަދި ޔޮހާން ބްލޭކް ފަދަ ދުވުންތެރިންނާ އެކު އެންމެ މަތީ ފެންވަރުގެ ޓްރެއިނިން ސެންޓަރެއްގަ އެވެ.

އަފާ އަކީ ރާއްޖޭގެ އަންހެނުންގެ 200 މީޓަރު ދުވުމުގެ ރެކޯޑް އޮންނަ ދުވުންތެރިޔާ އެވެ. އޭނާ ވަނީ މިދިޔަ އަހަރުގެ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި މި ރެކޯޑް އާކޮށްފަ އެވެ. މީގެ އިތުރުން މި އަހަރުގެ ސައުތު އޭޝިއަން ގޭމްސްގައި ރާއްޖޭގެ އަންހެނުންގެ ހަތަރެއް ގުނަ 100 މީޓަރު ރިލޭގެ ރެކޯޑް މުގުރާލި ޓީމުގައި ވެސް އޭނާ ހިމެނުނެވެ.