Roadha Mihaaru
މައްކާ-މަދީނާ ހައިވޭގެ ބަސް އެކްސިޑެންޓެއްގައި ހަތަރު މަރު

މައްކާ-މަދީނާ ހައިވޭގައި ހިނގި ބަސް އެކްސިޑެންޓެއްގައި ހަތަރު އުމްރާވެރިން މަރު

01 ޑިސެމްބަރ 2017

މައްކާ (ޑިސެމްބަރު 1) - މައްކާ އާއި މަދީނާއާ ދެމެދު ދަތުރުކުރާ ހައިވޭގައި ބަހަކާއި ޓްރަކެއް ޖެހި ހިނގި އެކްސިޑެންޓެއްގައި ބަހުގައި ތިބި އުމްރާވެރިންގެ ތެރޭން ހަތަރު މީހުން މަރުވެ 40 މީހުން ޒަޚަމްވެފައިވާ ކަމަށް އޮފިޝަލުން ބުނެފި އެވެ.

ހަސަން އާމިރު ހަސަން އާމިރު

މައްކާ (ޑިސެމްބަރު 1) - މައްކާ އާއި މަދީނާއާ ދެމެދު ދަތުރުކުރާ ހައިވޭގައި ބަހަކާއި ޓްރަކެއް ޖެހި ހިނގި އެކްސިޑެންޓެއްގައި ބަހުގައި ތިބި އުމްރާވެރިންގެ ތެރޭން ހަތަރު މީހުން މަރުވެ 40 މީހުން ޒަޚަމްވެފައިވާ ކަމަށް އޮފިޝަލުން ބުނެފި އެވެ.

އިއްޔެ މެންދުރު ފަހު މި އެކްސިޑެންޓް ހިނގާފައި ވަނީ އަލްފާ ވާދީއާ ކައިރީގަ އެވެ. ބަހުގައި ތިބީ އޭޝިއާގެ ގައުމުތަކުގެ އުމްރާވެރިން ކަމަށް ވިޔަސް އެއީ ކޮން ގައުމެއްގެ ބައެއް ކަމަށް ސައުދީގެ ކަމާބެހޭ ފަރާތްތަކުން ހާމަކޮށްފައެއް ނުވެ އެވެ.

މަދީނާ ޕްރޮވިންސްގެ ސައުދީ ރެޑް ކްރެސެންޓް އޮތޯރިޓީގެ ތަރުޖަމާން ޚާލިދު އަލް ސަހްލީ ވިދާޅުވީ ޒަޚަމްވި މީހުންގެ ތެރޭން 12 މީހުންގެ ހާލު ސީރިއަސް ކަމަށާއި އަށް މީހަކަށް އާދައިގެ ގެއްލުންތައް ލިބުނު އިރު 20 މީހަކަށް ވަނީ ކުދި ޒަޚަމްތައް ލިބިފައި ކަމަށެވެ. ސައުދީ ރެޑް ކްރެސެންޓާއި ހެލްތު މިނިސްޓްރީ ގުޅިގެން ވަނީ ޒަޚަމްވި މީހުން ކައިރީގައިވާ ހޮސްޕިޓަލްތަކަށް ގެންގޮސް ފަރުވާ ދޭން ފަށައިފަ އެވެ.