Roadha Mihaaru
ހިތުގެ މައްސަލަ ދެނެގަނެވޭ ދަތްއުނގުޅާ ބުރުހެއް

ހިތުގެ މައްސަލަ ދެނެގަނެވޭ ދަތްއުނގުޅާ ބުރުހެއް އުފައްދަނީ

04 ޖެނުއަރީ 2018

ހިތުގެ މައްސަލައެއް ހުރި ނަމަ އަންގައިދޭ ދަތްއުނގުޅާ ސުމާޓު ބުރުހެއް އުފެއްދުމުގެ މަސައްކަތް އިނގިރޭސި ސައިންސްވެރިންގެ ބަޔަކު ފަށައިފި އެވެ. ފުރާނައަށް ނުރައްކާވާ ވަރުގެ ހިތުގެ މައްސަލަތައް މި ބުރުހުން ދެނެގަންނަނީ އިންސާނުންގެ ކުޅުންނެވެ.

ފާތުމަތު އަނީސާ ފާތުމަތު އަނީސާ

ހިތުގެ މައްސަލައެއް ހުރި ނަމަ އަންގައިދޭ ދަތްއުނގުޅާ ސުމާޓު ބުރުހެއް އުފެއްދުމުގެ މަސައްކަތް އިނގިރޭސި ސައިންސްވެރިންގެ ބަޔަކު ފަށައިފި އެވެ. ފުރާނައަށް ނުރައްކާވާ ވަރުގެ ހިތުގެ މައްސަލަތައް މި ބުރުހުން ދެނެގަންނަނީ އިންސާނުންގެ ކުޅުންނެވެ.

މިއީ އާދަކޮށް ކޮންމެ ދުވަހަކު ވެސް ކޮށް އުޅޭ ކަންތައްތަކުން ހިތުގެ ހާލަތު އޮޅުންފިލާނެ ފަސޭހަ ގޮތެކެވެ. ހިތުގެ ބަލި މީހުން ބޭހަށް ގެންނަން ޖެހޭ ބަދަލެއް ވާ ނަމަ އެ ބަދަލެއް ފަސޭހައިން އެނގި އެކަށީގެންވާ ގޮތަކަށް ބޭސް ބޭނުންކުރަން ރަނގަޅު ގޮތެކެވެ.

ސްޕެއިންގެ ހޮސްޕިޓަލެއްގައި މަސައްކަތްކުރާ ސައިންސްވެރިންގެ ޓީމަކުން ބުނާ ގޮތުގައި މި ބުރުހުން ކުޅުގައި ސޯޑިއަލް ލެވެލް ހުރި މިންވަރު ބެލޭނެ އެވެ. އަދި މައްސަލައެއް ދިމާވެފައިވާ ނަމަ ދުރާލާ އިންޒާރު ލިބޭނެ އެވެ.

"ހާޓް ރޭޓް، ޕްރެޝަރު އަދި ކުޅުން ނަގާ ބައޮލޮޖިކަލް ސާމްޕަލަކުން ލިބޭ ކުޑަ މައުލޫމާތުކޮޅެއްގެ އެހީގައި ހިތުގެ ބަލި މީހުންނަށް ދިމާވާ ކުދިކުދި މައްސަލަތައް ހައްލުކޮށްލަދީ ވީވަރަކުން ސިއްހަތު ރަނގަޅު ދިރިއުޅުމެއް އުޅުމުގެ މަގު ފަހިވާނެ،" ހޮސްޕިޓަލް ރަމޮން ވައިކަޖަލްގެ ހިތުގެ ޚާއްސަ ޑޮކްޓަރަކު ވިދާޅުވި އެވެ.

ޑޮކްޓަރަކަށް ދައްކައިގެން ޓެސްޓްތައް ހަދައިގެން ނޫނަސް މި ދަތްއުނގުޅާ ބުރުހުން ބަލި މީހުންގެ ހިތުގެ ހާލަތު ހުރި ގޮތް، އަމިއްލައަށް ވެސް ބަލަމުން ގެންދެވޭނެ އެވެ.

"ބަލި މީހުންގެ ހާޓް ރޭޓާއި ޕްރެޝަރު މަތިކަމަށް އަހަރެމެންނަށް ފެނިއްޖެ ނަމަ އަހަރެމެން ފަރުވާ ބަދަލުކޮށްލަނީ އެ އިރެއްގެ ހާލަތަކަށް ބަލާފައި،" މަޝްރޫއުގައި ހިމެނޭ ސައިންސްވެރިޔަަކު ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ނަން މަޝްހޫރު ކުންފުންޏަކާ ގުޅިގެން މި ބުރުސް ތައްޔާރުކުރުމުގެ މަސައްކަތް މިހާރު އަންނަނީ ކުރަމުންނެވެ.