Roadha Mihaaru
ކިޗަންވެއާއަށް ހާއްސަ ފްރޭންކީ އާއި ފެބާގެ ޝޯރޫމެއް

ކިޗަންވެއާއަށް ހާއްސަ އިޓަލީގެ "ފްރޭންކީ" އާއި "ފެބާ"ގެ ޝޯރޫމެއް ހުޅުމާލެއަށް

25 ޖޫން 2023

ކިޗަންވެއާއަށް ހާއްސަ "ފްރޭންކީ" އާއި "ފެބާ" އަށް ހާއްސަ ޝޯރޫމެއް ހުޅުވައިފި އެވެ.

އައިޝަތު ޖަޒްލީ އައިޝަތު ޖަޒްލީ

ކިޗަންވެއާއަށް ހާއްސަ "ފްރޭންކީ" އާއި "ފެބާ" އަށް ހާއްސަ ޝޯރޫމެއް ހުޅުވައިފި އެވެ.

"ފްރޭންކީ އެންޑް ފެބާ ޕްލެޓިނަމް ސްޓޫޑިއޯ"ގެ ނަމުގައި ހުޅުވި އެ ޝޯރޫމްގައި އެ ދެ ބްރޭންޑުގެ އެކި ޕްރޮޑަކްޓުތައް ވަނީ ޝޯކޭސް ކޮށްފަ އެވެ. މި ދެ ބްރޭންޑް ރާއްޖެ ތައާރަކޮށް، އެ ޝޯރޫމް ހުޅުވީ ޔޫރޯ މާކެޓިން އިންނެވެ.

ރާއްޖޭގައި އަލަށް ކިޗަންވެއާއަށް ހާއްސަކޮށް ހުޅުވި ޕްލެޓިނަމް ސްޓޫޑިއޯގައި ވިއްކާ ދެ ބްރޭންޑަކީ ވެސް ދުނިޔޭގައި މަޝްހޫރު އިޓަލީވިލާތުގެ ދެ ބްރޭންޑެވެ.

"ފޭބާ" ބްރޭންޑަކީ ހުޑް ތައްޔާރުކޮށް ވިއްކުމުގައި މަޝްހޫރު ބްރޭންޑެކެވެ. ކިޗަންވެއާ ތައްޔަރުކޮށް ވިއްކާތާ 25 އަހަރުވެފައިވާ މި ބްރޭންޑުން އުނދުނާއި އުނދުނުގެ ހުޑް، ޑިޝްވޮޝާ އަދި ބްލެންޑާ ފަދަ އެޕްލަޔަންސްތައް ދަނީ ވިއްކަމުންނެވެ. މީގެ ގިނަ އުފެއްދުންތަކެއް އަލަށް ހުޅުވި ޝޯރޫމުން ލިބޭނެ އެވެ.

"ފްރޭންކީ" ބްރޭންޑަކީ ސިންކު އުފެއްދުމުގައި މަގުބޫލުކަން ހޯދާ، ސިންކާ ގުޅުން ހުރި ހުރިހާ ކަމެއްގެ ހައްލު ފޯރުކޮށްދެމުންދާތާ 110 އަހަރުވެފައިވާ ކުންފުންޏެކެވެ. މި ކުންފުނިން ސިންކާއި، ބަދިގެއަށް ހާއްސަ ޑިޒައިންތަކުގެ ސިންކު އިސްކޫރާއި، ފެން ފިލްޓާ ކުރާ އިސްކޫރާއި ސިންކަށް ބޭނުންވާ އެކި އެސެސަރީތައް އަދި ކުނިމެނޭޖު ކުރާނެ ވަސީލަތްތައް ވެސް ވިއްކާ ބްރޭންޑެކެވެ. މި ބްރޭންޑުގެ ގިނަ ޕްރޮޑަކްޓުތަކެއް އެ ޝޯރޫމުން ލިބޭނެ އެވެ.

"ފްރޭންކީ" ބްރޭންޑުގެ ހާއްސަ ޕްރޮޑަކްޓްތައް. -- ފޮޓޯ: ނިޝާން އަލީ | މިހާރު

"ފްރޭންކީ" ބްރޭންޑުގެ ހާއްސަ ޕްރޮޑަކްޓްތައް. -- ފޮޓޯ: ނިޝާން އަލީ | މިހާރު

މި ޝޯރޫމަކީ ޒަމާނީ ރީތި ބަދިގެއެއް ފަރުމާކުރުމަށް ބޭނުންވާނެ ހުރިހާ އެއްޗެއް އެއް ތަނަކުން ފޯރުކޮށްދިނުމަށް ހުޅުވި ތަނެކެވެ.

"ފްރޭންކީ އެންޑް ފެބާ ޕްލެޓިނަމް ސްޓޫޑިއޯ" ހުޅުވީ ފިތުރޯނު މަގުގައި ހުންނަ އެޕޯލޯ ޓަވަރުގެ އެއް ވަނަ ފްލޯގަ އެވެ.