11 ޖެނުއަރީ 2018
ލަންޑަން (މެޑްރިޑް 11) – އިނގިރޭސި ލީގު ކަޕުގައި ރޭ ޗެލްސީއާ ދެކޮޅަށް ކުޅުނު މެޗުގައި އެލެކްސިސް ސަންޗޭޒަށް ފުރަތަމަ އެގާރައިން ފުރުސަތު ނުދިނުމާ އޭނާ ކްލަބް ދޫކޮށްލަން އުޅޭ ކަމަށް ދެކެވޭ ވާހަކަތަކާ އެއްވެސް ގުޅުމެއް ނެތް ކަމަށް އާސެނަލްގެ ކޯޗު އާސެން ވެންގާ ބުނެފި އެވެ.
ލަންޑަން (މެޑްރިޑް 11) – އިނގިރޭސި ލީގު ކަޕުގައި ރޭ ޗެލްސީއާ ދެކޮޅަށް ކުޅުނު މެޗުގައި އެލެކްސިސް ސަންޗޭޒަށް ފުރަތަމަ އެގާރައިން ފުރުސަތު ނުދިނުމާ އޭނާ ކްލަބް ދޫކޮށްލަން އުޅޭ ކަމަށް ދެކެވޭ ވާހަކަތަކާ އެއްވެސް ގުޅުމެއް ނެތް ކަމަށް އާސެނަލްގެ ކޯޗު އާސެން ވެންގާ ބުނެފި އެވެ.
އާސެނަލާ އެކު ސަންޗޭޒް ހަދާފައިވާ ކޮންޓްރެކްޓް މި ސީޒަނަށް ފަހު ހަމަވާއިރު އޭނާ އަދި ކޮންޓްރެކްޓް އަލެއް ނުކުރެ އެވެ. މާނައަކީ މި ސީޒަނަށް ފަހު ހިލޭ އެހެން ކްލަބަށް ބަދަލުވުމުގެ ފުރުސަތު ލިބުނެވެ. އާސެނަލަށް ކިރިޔާ ވެސް ފައިދާއެއް ލިބެން އޮތީ މިހާރު ކުރިއަށްދާ ޓްރާންސްފާ ބާޒާރުގައި ވިއްކާލައިގެންނެވެ. އެކަމަކު އޭނާ ވިއްކާލަން އާސެނަލުން ބޭނުމެއް ނުވެ އެވެ.
"އަހަރެން ބޭނުންވަނީ އޭނާ ދިގު މުއްދަތަކަށް މި ކްލަބުގައި މަޑުކުރަން. އަހަރެންގެ އެއްވެސް މައްސަލައެއް ނެތް އޭނާ އަހަރެމެންނާ އެކު މިވަގުތު ނުވަތަ ޖޫންގައި ކޮންޓްރެކްޓުގައި ސޮއިކުރިޔަސް،" ވެންގާ ބުންޏެވެ.
ވެންގާ ވަނީ ރޭގެ މެޗުގެ ފުރަތަމަ އެގާރައިގައި އޭނާ ނުހިމެނެނީ އަރާމުކޮށްލަން ފުރުސަތު ދިނުމުގެ ގޮތުން ކަމަށް އިޝާރާތްކޮށްފަ އެވެ. ސަންޗޭޒުގެ ކުރިމަގާ މެދު ސުވާލުތަކެއް އުފެދިފައިވީ ނަމަވެސް އޭނާގެ މަސައްކަތާ މެދު ސުވާލެއް އުފެއްދިދާނެ ކަމަށް ވެންގާ ގަބޫލެއް ނުކުރެ އެވެ.
"މިއަދު އޭނާ މެޗަށް އެރި ގޮތް ދުށިންތަ؟ އޭނާ ވޯމްއަޕް ކުރި ގޮތް؟ ފުޓްބޯޅަ ކުޅެން ބޭނުންވާ ކުޅުންތެރިޔެއް ފަދައިން (އޭނާ ފެނުނީ)،" ވެންގާ ބުންޏެވެ.
އިޓަލީގެ އުދިނޭޒީން ވިދާލި ސަންޗޭޒް ވަނީ 2011 އިން 2014 އަށް ސްޕެއިނުގެ ބާސެލޯނާ އަށް ކުޅެ ގިނަ ކާމިޔާބީތަކެއް ހޯދައިފަ އެވެ. އާސެނަލަށް ބަދަލުވެ އެ ޓީމުގައި ވެސް އޭނާ އަންނަނީ މޮޅު ކުޅުމެއް ދައްކަމުންނެވެ. އޭނާ ގެންދަން އެންމެ ބޮޑަށް މަސައްކަތްކުރަނީ، ރިޕޯޓްތައް ބުނާ ގޮތުގައި މެންޗެސްޓާ ސިޓީ އެވެ.
އާސެނަލްގެ ސީޒަން ހަލާކުކޮށްލީ ސަންޗޭޒް: ރިޕޯޓް
އާސެނަލް ދޫކޮށްލަން ސާންޗޭޒް ގާތު ނުބުނަން: އޮންރީ
އެންމެ ފަހުން ސަންޗޭޒް މެންޗެސްޓާ ޔުނައިޓެޑަށް
ސަންޗޭޒް ހޯދުމުގެ ރޭހުން ސިޓީ ބޭރުވެއްޖެ
ސަންޗޭޒް ހޯދަން ބޮޑެތި ކްލަބްތައް ގަދަހިފުމަކަށް
ޖެނުއަަރީގައި އޮޒިލް އާއި ސަންޗޭޒް ނުވިއްކާނަން: ވެންގާ
އަގުއޭރޯ އާއި ސަންޗޭޒް ބަދަލުކުރަން ސިޓީން ހުށަހަޅައިފި
ސަންޗޭޒް ލިބިއްޖެނަމަ ސިޓީން އަގުއޭރޯ ދޫކޮށްލަނީ
މަޑުނުކުރާނެ ކަމުގެ އިޝާރާތެއް ސަންޗޭޒް ދީފި
ގޮތެއް ނިންމައިިފިން، އިއުލާން ކުރާނީ ފަހުން: ސަންޗޭޒް