17 ޖެނުއަރީ 2018
އަހަރު ފެށުމާ އެކު ފެންނަނީ އެކި ކޮންސެޕްޓްތަކުގެ ކަލަންޑަރުތަކެވެ. އެކި ތަންތަނުން އެކި ކަންކަމަށް ހާއްސަކޮށްފަ އެވެ. ދިރާގުން ދައްކާލީ ކުރިއަރަމުން އަންނަ ޒުވާން މޫނުތަކެވެ. ކޮންމެ މަހަކަށް ޒުވާނެއް ހާއްސަކޮށް، 12 ޒުވާނެއް އެ ކަލަންޑަރުން ދައްކަ އެވެ.
އަހަރު ފެށުމާ އެކު ފެންނަނީ އެކި ކޮންސެޕްޓްތަކުގެ ކަލަންޑަރުތަކެވެ. އެކި ތަންތަނުން އެކި ކަންކަމަށް ހާއްސަކޮށްފަ އެވެ. ދިރާގުން ދައްކާލީ ކުރިއަރަމުން އަންނަ ޒުވާން މޫނުތަކެވެ. ކޮންމެ މަހަކަށް ޒުވާނެއް ހާއްސަކޮށް، 12 ޒުވާނެއް އެ ކަލަންޑަރުން ދައްކަ އެވެ.
"ޓޭކް އޮން ޓްމޯރޯ"ގެ ނަމުގައި ދިރާގުން ބުނަމުން އަންނަނީ މާދަމާއަށް ތައްޔާރުވާ ވާހަކަ ކަމަށްވާތީ މާދަމާއާ ކުރިމަތިލާން ތިބި ޒުވާނުންނަށް މި ކަލަންޑަރު ދިރާގުން ހާއްސަކުރީ އެވެ. އެތަނުން ބުނީ ކުދިންގެ ހުނަރުތައް ގިނަ ބަޔަކަށް ދައްކާލައި ފުރުސަތުތަކެއް ހޯދައިދޭން ބޭނުންވީ ކަމަށެވެ. ހުނަރުވެރި ޒުވާނުން ހޯދުމުގައި ބެލީ އަދި މިހާތަނަށް ފުރުސަތުތަކެއް ލިބިފައި ނެތް ޒުވާނުންނަށް ކަމަށް ދިރާގުން ބުންޏެވެ.
އަންމާއު
ދިރާގު ކަލަންޑަރުގެ ޖެނުއަރީ މަހަށް ހޮވާފައިވާ ތަރިއަކީ އުމުރުން 16 އަހަރުގެ ފެތުންތެރިއެކެވެ. ނަމަކީ އަންމާއު އަހްމަދު ސަލީމެވެ. އަންމާއު އަކީ އަންހެނުންގެ 400 މީޓަރު ރޭހަކުން ރެކޯޑް ހަދާފައިވާ ކުއްޖެކެވެ.
ހިޝާން
ފެބްރުއަރީ މަހަށް ފީޗާކޮށްފައި ވަނީ އިލަސްޓްރޭޓިވް ޑިޒައިނަރު ހަސަން ހިޝާމް އާގިލް އެވެ. ހިޝާމް އަކީ އުމުރުން 15 އަހަރުން ފެށިގެން ޑިޖިޓަލް މީޑިއާގައި މަސައްކަތް ކުރަމުން އަންނަ ޒުވާނެކެވެ. ހިޝާމް އެންމެ ހާއްސައީ ފޮޓޯ ނެގުމަށާއި ޑިޒައިން އަދި އިލަސްޓްރޭޝަންގެ މަސައްކަތްތަކަށެވެ.
ލުބުނާ.
މާޗް މަހުގެ ތަރި އަކީ ލުބްނާ ރާމިޒެވެ. ލުބްނާ އަކީ މޫދަށް ހިތް ދޫކޮށްލައިގެން އުޅޭ ޒުވާނުންގެ މިތުރެކެވެ. އޭނާގެ ހުނަރަކީ ބޮލި ފަދަ ތަކެތި ބޭނުންކޮށްގެން ގަހަނާ ހެދުމެވެ.
ޖިނާސް
ވެބްސައިޓް ހެދުން ފަދަ މަސައްކަތްތަކަށް ޝައުގުވެރިކަން ހުންނަ ޒުވާނެއް ކަމަށްވާ މުހައްމަދު ޖިނާސް އަށް ހާއްސަކޮށްފައި ވަނީ އޭޕްރިލް މަހެކެވެ. އޭނާގެ އުމުރުން އަދި އެންމެ 15 އަހަރެވެ. ޖިނާސް އަކީ ބްލޮގިން އަށް އަމިއްލަ ސީއެމްއެސް ސިސްޓަމް ހެދުން ފަދަ މަސައްކަތްތަކަށް ޝައުގުވެރިވާ ޒުވާނެކެވެ.
ދަފީނާ
މެއި މަސް ވެސް ހާއްސަ ވަނީ މޫދަށެވެ. ދަފީނާ ހަސަން އަކީ ރާޅު އެދުރު ރާއްޖޭގެ ކޯ ފައުންޑަރެވެ. ދަފީނާ އަކީ ކުޑަކުދިންނަށް ރާޅާ އަޅަން ދަސްކޮށްދިނުމުގެ މަސައްކަތުގައި ހަރަކާތްތެރިވާ ޒުވާނެކެވެ.
އާލް
ޖޫން މަސް ވެސް ވަންނަނީ ސްމާޓް ދުނިޔެއަށެވެ. މި މަހު ދައްކާލަނނީ ކޮންމެ ދުވަހަކު ވެސް އެންމެން ހެއްވާލަން ޔޫޓިއުބްގައި މަޖާ ވީޑިއޯތައް ގެނެސްދޭ ސްކެޗް އާޓިސްޓް އާލް ނަސީރަށެވެ.
އައިމާ
ޖުލައި މަހުގެ މޫނަކީ އާޓިސްޓު އައިޝަތު އައިމާ މުސްތަފާ އެވެ. އޭނާ އެސްތެޓިކް އާޓަށް ވެސް ޝައުގުވެރިވެ އެވެ.
ދާނިޝް
އޯގަސްޓް މަހަކީ ޑެމޭޖް ކޮންޓްރޯލްގެ ފައުންޑާ އިބްރާހީމް ދާނިޝް ނާޝިދްގެ މަހެވެ. އޭނާ އަކީ ތިމާވެއްޓަށް ހާއްސަ ލޯތްބެއް އުފެދި ތިމާވެށި ރައްކާކުރަން ގޮނޑުދޮށްތަކާއި ފަރުތައް ރައްކާތެރިކުރަން މަސައްކަތްކުރާ ޒުވާނެކެވެ.
އަޔާނީ
ސެޕްޓެމްބަރު މަހުގެ ތަރިއަކީ ޓެނިސް ކުޅުންތެރިޔާ އަޔާނީ މޫސާ ކަލީމެވެ. އޭނާ ކުޅިވަރުގެ ތެރެއަށް ނުކުމެ ފިޔަޖަހަން ފަށާފައިވަނީ އުމުރުން އެންމެ ހަތް އަހަރުގަ އެވެ. އަދި އުމުރުން 15 އަހަރުގައި އަޔާނީ ވަނީ އަންހެނުންގެ ޓެނިސް ޗެމްޕިއަންޝިޕެއްގައި ބައިވެރިވެފަ އެވެ.
ޒަޔާން
އޮކްޓޫބަރު މަހުގެ ތަރިއަކަށް ދިރާގުން ހޮވާފައި ވަނީ ގިޓަރިސްޓް ޒަޔާން ފައިސަލް އެވެ. ގިޓަޔަށް ޒަޔާންގެ ޝައުގުވެރިކަން ދިޔައީ ޑްރަމަރެއްގެ ގޮތުގައި ހުއްޓަ އެވެ. ޒަޔާން އާއި އޭނާގެ ބޭންޑް ވަނީ 2014 ވަނަ އަހަރު ލަންކާގައި ބޭއްވި ޓީއެންއެލް އޮންސްޓޭޖްގެ ބޭންޑް ކެޓަގަރީގެ ރަނަރަޕްކަން ހޯދާފަ އެވެ.
ދިފްލާ
ދިފްލާ އަހްމަދު އިސްމާއީލަކީ ކޮފީ އިން ކެއްކުމާއި ދިމާއަށް ނުވަތަ ޝެފަކަށް ވުމުގެ އަޒުމުގައި ހުރި ޒުވާނެކެވެ. އެކަން ހާސިލް ވޭތޯ ކޮންރަޑް މޯލްޑިވްސް ރަންގަލި ރިސޯޓުގައި އޭނާ އަންނަނީ މަސައްކަތް ކުރަމުންނެވެ. ނޮވެމްބަރު މަހުގެ ރަހަ ހެޔޮވަރުކޮށްދެނީ ދިފްލާ އެވެ.
އިޝާން
ޑިސެމްބަރު މަހަށް ދިރާގުން ހޮވާފައިވަނީ ޑްރޯން ފޮޓޯގްރަފީއަށް ޝައުގުވެރިކަން ހުންނަ އިޝާން ހަސަން އެވެ. ކޮންމެ ތަނެއް އަދި ކޮންމެ އެއްޗެއް ވެސް ތަފާތު އޭންގަލްތަކުން އޭގެ ރީތިކަން ދައްކާލުމަކީ އިޝާންގެ އުންމީދެވެ.
ހަވާ އެރުވުމާއެކު މާދަމާ ރޭ ބޮޑު ހަރަކާތެއް
އެނބުރެމުން ދަނޑަށް، މިހާރު "ޒުވާން ދަނޑުވެރިޔާ"!
ދިރާގުގެ 12 ވަނަ އެޕްރެންޓިސްޝިޕް ޕްރޮގްރާމް ފަށައިފި
ޗޯޓާ ރަފީ: ރަފީގެ 800 ލަވަ ހިތުދަސް
ވިލުނޫ: ކަނޑާ ގުޅޭ މުހިއްމު މެސެޖެއް
ދުނިޔެއަށް އަންނަ ބަދަލުތައް ކުޑަޔަކުން
މިންތީގެ ހަމަހަމަކަން "ބިލާހު"ން
ރަނގަޅު ތައުލީމެއްގެ މުހިއްމުކަން ކުރު ފިލްމަކުން
21 ބައިވެރިންނާއެކު "ފިލްމް ފޯ ޗޭންޖް" ފަށައިފި
ކުރެހުމުން ނަފާ ހޯދަން ފެށި ދަތުރު ނިމުނީ މާފުއްޓަށް