ލަންޑަން (ޖެނުއަރީ 13) - ޗެލްސީގެ ކޯޗުގެ މަގާމުގައި ކޮންޓްރެކްޓް ނިމެންދެން ހުރެވޭނެ ކަމުގެ ޔަގީންކަން ނެތް ކަމަށް އެ ޓީމުގެ ކޯޗު އެންޓޯނިއޯ ކޮންޓޭ ބުނެފި އެވެ.
13 ޖެނުއަރީ 2018
ލަންޑަން (ޖެނުއަރީ 13) - ޗެލްސީގެ ކޯޗުގެ މަގާމުގައި ކޮންޓްރެކްޓް ނިމެންދެން ހުރެވޭނެ ކަމުގެ ޔަގީންކަން ނެތް ކަމަށް އެ ޓީމުގެ ކޯޗު އެންޓޯނިއޯ ކޮންޓޭ ބުނެފި އެވެ.
މިދިޔަ ސީޒަނުގައި ޗެލްސީއާ ހަވާލުވުމަށް ފަހު ފުރަތަމަ އަހަރު ކޮންޓޭ ވަނީ އެ ޓީމަށް އިނގިރޭސި ޕްރިމިއާ ލީގު ކާމިޔާބު ކޮށްދީފަ އެވެ. އެ ކާމިޔާބީއާ އެކު ޗެލްސީން ވަނީ ކޮންޓޭއާ އެކު ހަދާފައިވާ އެއްބަސްވުން އާ ކޮށްފަ އެވެ. އެ އެއްބަސްވުމުގައިވާ ގޮތުން އަންނަ ސީޒަނުގެ ނިޔަލަށް ކޮންޓޭގެ އެއްބަސްވުމުގެ މުއްދަތު ހަމަވާނެ އެވެ.
މި ސީޒަނުގައި ޗެލްސީ އަށް ކާމިޔާބެއް ނުލިބިއްޖެނަމަ ކޮންޓޭ އަށް އެ ޓީމުގެ ކޯޗުގެ މަގާމު ގެއްލޭނެ ކަމަށް މީޑިއާގައިވަނީ އަޑުފެތުރިފަ އެވެ. އަދި ޗެލްސީގެ ވެރިޔާ ރަޝިއާގެ މަހުޖަނު ރޯމަން އަބްރަމޮވިޗް ޔުވެންޓަސްގެ ކޯޗު މަސިމޯ އަލެގްރީއާ ބައްދަލުކުރިކަމަށް ވެސް އިޓަލީގެ މީޑިއާތަކުން ރިޕޯޓްކުރެ އެވެ.
ލީގުގައި މިރޭ ލެސްޓާ ސިޓީއާ ދެކޮޅަށް ކުޅޭ މެޗުގެ ކުރިން ކޮންޓޭ ބުނީ މުސްތަގުބަލާ ގުޅޭގޮތުން ފުރިހަމަ ޔަގީންކަމެއް ދެވެން ނެތް ކަމަށެވެ.
"މި ކްލަބާ އެކު އަހަރެން ހެދި އެއްބަސްވުމުގައި އިތުރު އެއް އަހަރު އެބައޮތް. އެކަމަކު އެންމެނަށް ވެސް އެނގޭނެ ކަންތައްތައް ވަރަށް އަވަަހަށް ބަދަލުވާ ފަހަރު ވެސް އާދޭ. އެއް ވަގުތެއްގައި މި ތަނުގައި ހުއްޓަސް. ދެން ފެންނަ ވަގުތެއްގައި ނެތިވެސް ހިނގައިދާނެ،" ކޮންޓޭ ބުންޏެވެ.
ކޮންޓޭ ބުނީ އޭނާގެ މުސްތަގުބަލާ ގުޅޭގޮތުން ގޮތެއް ނިންމާނީ ކްލަބްގެ ވެރިން ކަމަށެވެ.
"ކްލަބްގައި މަޑުކުރުމާ ގުޅޭގޮތުން އެއްޗެއް ބުނާނަމަ އަހަރެން ބުނާނީ ގޮތެއް ނިންމުމުގެ އިހުތިޔާރު އޮތީ ކްލަބްގެ ވެރިންގެ އަތުގައޭ،" ކޮންޓޭ ބުންޏެވެ.
އޭނާ ބުނީ މިދިޔަ ސީޒަނުގައި ލީގު ޗެމްޕިއަންކަން ހޯދައި އެފްއޭ ކަޕްގެ ފައިނަލުގައި ވާދަކުރުމަކީ ކާމިޔާބެއް ނަމަވެސް މި ސީޒަނުގެ ފުރަތަމަ މެޗުން ބާންލީ އަތުން ބަލިވުމުން ހުރިހާ ކަމެއް ގޯސްކޮށްލީ މީޑިއާ އިން ކަމަށެވެ.
"ކޯޗެއްގެ ގޮތުގައި އަބަދުވެސް ޕްރެޝަރު އޮންނާނެ. ކާމިޔާބު ސީޒަނެއް ނިންމާލާފައި ޖެހިގެން އައި އަހަރު ފުރަތަމަ މެޗުން ބަލިވުމުން މީޑިއާ އިން ކޯޗު ވަކިކުރަން ޕްރެޝަރު ކުރުމުން މިއީ އަހަންނަށް އާ ކަމެއް. ވެދާނެ މި ކްލަބްގައި އޮންނަ ޕްރެޝަރެއް ކަމަށް. އެހެން ކްލަބްތަކުގައެއް މި ޕްރެޝަރު ނެތް،" ކޮންޓޭ ބުންޏެވެ.
ޗެލްސީ މި ވަގުތު ލީގުގެ ތިން ވަނައިގައި އޮތީ 22 މެޗުން 46 ޕޮއިންޓާ އެކު އެވެ. މިރޭ ލެސްޓާ ބަލިކޮށް ލީގުގެ ދެ ވަނަ އަށް އެރުމުގެ ފުރުސަތު ޗެލްސީ އަށް އެބައޮތެވެ. މިރޭގެ މެޗު ފަށާނީ 8 ޖަހާއިރު އެވެ.
ޗެލްސީ މޮޅެއްނުވި، ކޮންޓޭގެ ފާޑުކިޔުން ޓޮޓެންހަމަށް
ޑްރާމާ ބޮޑުވި ޗެލްސީ އާއި ޓޮޓެންހަމް މެޗު އެއްވަރު
ކޮންޓޭ ގަދަ ހަތަރެއްގެ އުއްމީދުގައި
ޗެލްސީގެ ސީޒަން އަދި ސަލާމަތްކުރެވޭނެ: ކޮންޓޭ
ޗެލްސީ މޮޅުވުމުން ކޮންޓޭގެ ޝުކުރު ސަޕޯޓަރުންނަށް
ވަޓްފޯޑް އަތުން ބަލިވެ ކޮންޓޭ އަށް ޕްރެޝަރު ބޮޑުވެއްޖެ
"ދޮގު ހަދައިގެން ސަޕޯޓަރުންގެ ރުހުން ބޭނުމެއް ނޫން"
ޗެލްސީ ބަލިވެ، ކޮންޓޭ އަށް ލީގުގެ އުއްމީދު ގެއްލިއްޖެ
ވަޒީފާ ސަލާމަތްކުރަން ކޮންޓޭ އަށް ފަހު ފުރުސަތު
ޕްރިމިއާ ލީގުގެ ޝެޑިއުލަށް ކޮންޓޭ ފާޑުކިޔައިފި