Roadha Mihaaru
ސިފައިންގެ އަށް އިތުރު 100 މީހުން ވައްދަނީ

ސިފައިންގެ އަށް އިތުރު 100 މީހުން ވައްދަން ނިންމައިފި

13 ޖެނުއަރީ 2018

ސިފައިންގެ ލަޝްކަރަށް އިތުރު 100 މީހުން އަލަށް ވެއްދުމަށް މަސައްކަތް ކުރައްވަމުންގެންދަވާ ކަމަށް ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް ވިދާޅުވެއްޖެ އެވެ.

ސިފައިންގެ ލަޝްކަރަށް އިތުރު 100 މީހުން އަލަށް ވެއްދުމަށް މަސައްކަތް ކުރައްވަމުންގެންދަވާ ކަމަށް ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް ވިދާޅުވެއްޖެ އެވެ.

ސިފައިންގެ 63 ވަނަ އަސާސީ ތަމްރީނު ކޯސް ދަސްވެނިވުމަށް ގިރިފުށީގައި މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ވިދާޅުވީ ސިފައިންގެ ލަޝްކަރު އިތުރަށް ވަރުގަދަ ކުރުމަށްޓަކައި ކުރިއަށްއޮތް ދުވަސްތަކުގެ ތެރޭގައި އިތުރު 100 މީހުން ވެއްދުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށެވެ.

މިނިސްޓަރާ ހަވާލާދީ އެމްއެންޑީއެފްގެ ވެބްސައިޓްގައި ބުނެފައި ވަނ ސިފައިންގެ ހިތްތައް ޖަރީވެފައި ވަނީ ނިޔަނެތިކަމާއި ކިޔަމަންތެރިކަމުގެ މަތިވެރި ގަހަނާއިން ކަމަށާއި އަދި ސިފައިންނަކީ މީހުންނާމެދު ހިތް ހެޔޮކޮށްހިތައި، ހިތް މަޑުމޮޅިކަމާއެކު އެހީތެރިކަމުގެ އަތްތައް ފޯރުކޮށްދިނުމަށް ތިބޭ ބައެއް ކަމަށް މިނިސްޓަރު ވިދާޅުވި ކަމަށެވެ.