Roadha Mihaaru
ފަތިސް 04:58
އިރުއަރާ 06:09
މެންދުރު 12:17
އަސްރު 15:21
މަގްރިބް 18:18
ޢިޝާ 19:30
ކުއިޒް ބަދިގެ ވާހަކަ ރަން މުތް މީހުން ރެސްޓޯރަންޓް
ފަނޑިޔާރު މަގު ސަރަހައްދުގެ ޓްރެފިކަށް ބަދަލުތަކެއް

ފަނޑިޔާރު މަގު ސަރަހައްދުގެ ޓްރެފިކަށް ބަދަލުތަކެއް

14 ޖެނުއަރީ 2018

ދެކޮޅަށް ދުއްވޭ ގޮތަށް ހަދައި، ފަނޑިޔާރު މަގު ސަރަހައްދުގެ ޓްރެފިކަށް ބަދަލުތަކެއް ގެނެސްފި އެވެ.

އަހުމަދު ސާއިލް އަލީ އަހުމަދު ސާއިލް އަލީ

ދެކޮޅަށް ދުއްވޭ ގޮތަށް ހަދައި، ފަނޑިޔާރު މަގު ސަރަހައްދުގެ ޓްރެފިކަށް ބަދަލުތަކެއް ގެނެސްފި އެވެ.

ކުރިން އެއްކޮޅަށް ދުއްވާ މަގު، މިއަދުން ފެށިގެން ދެކޮޅަށް ދުއްވޭ ގޮތަށް ބަދަލުކުރިއިރު، އެ މަގުގައި ޕާކު ނުކުރެވޭ ގޮތަށް ވަނީ ހަމަޖައްސައިފަ އެވެ. އަދި ފަނޑިޔާރު މަގާއި މަޖީދީ މަގު ގުޅޭގޮތަށް އޯޑިއޯން ބިމުގައި ހަދާފައިވާ ގޯޅި ވެސް ވަނީ ހުޅުވާލައިފަ އެވެ.

އެ ގޯޅީގެ އެއް ފަޅީގައި ސައިކަލް ޕާކުކުރެވޭ ގޮތަށް ޕާކިން ޒޯނެއް ވަނީ ހަދައިފަ އެވެ.

ފަނޑިޔާރު މަގާއި މަޖީދީމަގު ގުޅޭގޮތަށް ފަހުން ހެދި މަގު ހުޅުވާލާފައި.-- މިހާރު ފޮޓޯ

ފަނޑިޔާރު މަގާއި މަޖީދީމަގު ގުޅޭގޮތަށް ފަހުން ހެދި މަގު ހުޅުވާލާފައި.-- މިހާރު ފޮޓޯ

ފަނޑިޔާރު މަގަކީ، ދެކޮޅަށް ދުއްވާ މަގެއްގެ ގޮތުގައި މީގެކުރިން ވެސް ހަމަޖެއްސި އެވެ. އެކަމަކު އެ ފަހަރު މާ ގިނަ ދުވަސްތަކެއް ނުވަނީސް، އެއްކޮޅަށް ދުއްވާ މަގެއްގެ ގޮތަށް ބަދަލުކުރީ އެވެ.

ދިރާސީ އާ އަހަރުގެ ކިޔެވުން މިއަދު ފެށިއިރު، ސްކޫލުތައް ހިމެނޭ ސަރަޙައްދުގެ ޓްރެފިކް ބެލެހެއްޓުމަށް ފުލުހުން އަންނަނީ ހަރަކާތްތެރި ވަމުންނެވެ. އެގޮތުން ސްކޫލުތައް ހިމެނޭ ބައެއް މަގުތަކަށް ހަތަރު ފޮރޮޅުލީ އުޅަނދަށް ނުވަދެވޭ ގޮތަށް ވަނީ ބަންދުކޮށްފަ އެވެ.