03 ފެބުރުއަރީ 2020
ރަތް ބޮކި ދިއްލިފައި ހުއްޓައި ވެސް ބަރުގޮނު އަޅައި، މަގުމަތީގައި ދުއްވާ މީހުންނާއި އެ ސަރަހެއްދެއްގައި ދިރިއުޅޭ އާންމުންނަށް ވެސް އުނދަގުވާ ގޮތަށް ބަރުގޮނު އަޅާ މީހުންނަށް އިންޑިއާގެ މުމްބާއީގެ ފުލުހުން ހާއްސަ އަދަބެއް ތައާރަފުކޮށްފި އެވެ.
ރަތް ބޮކި ދިއްލިފައި ހުއްޓައި ވެސް ބަރުގޮނު އަޅައި، މަގުމަތީގައި ދުއްވާ މީހުންނާއި އެ ސަރަހެއްދެއްގައި ދިރިއުޅޭ އާންމުންނަށް ވެސް އުނދަގުވާ ގޮތަށް ބަރުގޮނު އަޅާ މީހުންނަށް އިންޑިއާގެ މުމްބާއީގެ ފުލުހުން ހާއްސަ އަދަބެއް ތައާރަފުކޮށްފި އެވެ.
ވެހިކަލްތައް ދުއްވާ މީހުންގެ ތެރެއިން ކެތްނުލަވައިގެން އުޅޭ މީހުން ދެނެގަންނަ މޮނީޓަރު މުމްބާއީގައި އެންމެ ޓްރެފިކް ކާރޫބާރު ބޮޑު ސަރަހައްދުތަކުގައި މިހާރު ވަނީ ބަހައްޓައިފަ އެވެ.
"ދަ ޕަނިޝިން ސިގްނަލް" ގެ ނަމުގައި މުމްބާއީ ފުލުހުން އަލަށް ތައާރަފުކުރި މި ސިސްޓަމްގެ އެހީގައި، އާދަޔާހިލާފަށް ގިނައިން ބަރުގޮނު އަޅައި، އުނދަގޫ ބޮޑުކުރާ މީހުން ދެނެގަނެ، އެފަދަ މީހުންނަށް އަދަބެއްގެ ގޮތުން ޓްރެފިކް ސިގްނަލްތަކުގައި މަޑުކޮށްގެން ތިބެން ޖެހޭ ވަގުތު އިތުރުވެގެން ދާނެ އެވެ. ހާއްސަކޮށް 85 ޑެސިބަލް ލެވެލް އަށް ވުރެ މަތިކޮށް ބަރުގޮނު އަޅާ މީހެއް ނަމަ އެކަން ޑެސިބަލް މީޓަރުން ދައްކުވައިދީ، އެ މީހަކަށް މި އަދަބު ދޭނެ އެވެ.
Horn not okay, please!
— Mumbai Police (@MumbaiPolice) January 31, 2020
Find out how the @MumbaiPolice hit the mute button on #Mumbai’s reckless honkers. #HonkResponsibly pic.twitter.com/BAGL4iXiPH
މިކަން އާންމުންގެ ސަމާލުކަމަށް ގެންނަން ފުލުހުން ބޭނުންކުރާ ސިސްޓަމްތަކުގައި "ހޮންކް މޯ، ވެއިޓް މޯ" ވެސް އަރައިފައި ވެސް ހުންނާނެ އެވެ.
މިކަމާ ބެހޭ ގޮތުން މުމްބާއީ ފުލުހުންގެ ޖޮއިންޓް ކޮމިޝަނަރު (ޓްރެފިކް) މަދޫކަރު ޕާންޑޭ ވިދާޅުވީ "ދަ ޕަނިޝިން ސިގްނަލް" އަކީ އެފްސީބީ އިންޓަފޭސްއާ ގުޅިގެން ތައާރަފުކުރި ކަމެއް ކަމަށެވެ. އަދި މީގެ މައިގަނޑު މަގުސަދަކީ މުމްބާއީގެ ޓްރެފިކް ތޮއްޖެހުން ކުޑަކުރުން ކަމަށް ވިދާޅުވި އެވެ.
"މުމްބާއީ އަކީ މުޅި ދުނިޔޭގައި ވެސް ޓްރެފިކް ކާރޫބާރޫ އެންމެ ބޮޑު އެއް ސިޓީ. މީގެ ސަބަބުން މަގުމަތީގައި އަޑުފަށްގަނޑު ގަދަވެ، އާންމު ދިރިއުޅުމަށް ވެސް އަސަރުކުރޭ،" އޭނާ ވިދާޅުވި އެވެ. "އެހެންވީމާ އަލަށް މި ތައާރަފުކުރި ސިސްޓަމްގެ އެހީގައި ބަރުގޮނު އަޅާ މައްސަލަ އަށް ހައްލެއް ލިބިގެން ދާނެ ކަމަށް ގަބޫލުކުރެވޭ."
މުމްބާއީ ފުލުހުންގެ ތަރުޖަމާނު އަދި ޑެޕިއުޓީ ކޮމިޝަނަރު ޕްރަނާޔާ އަޝޯކް ވިދާޅުވީ "ދަ ޕަނިޝިން ސިގްނަލް" އިން ހާސިލުކުރަން ބޭނުންވާ އެންމެ މުހިއްމު ކަމަކީ މަގުމަތީގެ ގާނޫނުތަކާއި ގަވައިދުތަކަށް މީހުން ހޭލުންތެރިކޮށް އަހުލުވެރިކުރުވުން ކަމަށެވެ.
"ހަގީގަތުގައި ބޮޑެތި އަދަދުތަކުން ޖޫރިމަނާކުރުން ކަހަލަ އަދަބުތައް ދިނުމަށް ވުރެ ބޮޑަށް ހޭލުންތެރިކުރުމުގެ ބައި މުހިއްމު،" އޭނާ ވިދާޅުވި އެވެ. "އަލަށް މި ބެހެއްޓި ސިސްޓަމްގެ ސަބަބުން ބަރުގޮނު އެޅުމާ ދޭތެރޭ ދުއްވާ މީހުން މިހާރަށް ވުރެ ބޮޑަށް ސަމާލުވާނެ ކަމަށް އަހަރެމެން ދެކެނީ. އަދި މީގެ ތަޖުރިބާ އަށް ބަލައިފައި ޓްރެފިކް ކަންކަން އިތުރަށް ހަރުދަނާ ކުރަން ވެސް މަސައްކަތްތަކެއް ކުރެވޭނެ."
މިދިޔަ ހަފްތާގައި 759 އުޅަނދުގައި ސްޓިކާ ޖެހި
ރޭސް ޖެހުން ހުއްޓުވައި ފިޔަވަޅު އަޅަން: ޕޮލިސް
ޓެސްލާގެ އިންޑިއާގެ ހެޑްކުއާޓަރު މުމްބާއީގައި
ބަތަލާ ކިރަން ލޭގެ ކެންސަރަށް ފަރުވާ ހޯދަނީ
ސްކޫލްތައް ކައިރިން ވެހިކަލްތައް ނަގަން އަންގައިފި
ނުގަވައިދުން ޕާކްކުރި ވެހިކަލްތައް ނަގަން އަންގައިފި
ސްކޫލްތައް ކައިރީ ޓްރެފިކަށް ހާއްސަ ސަމާލުކަމެއް ދެނީ
ޓްރެފިކް ގަވައިދުތައް ބަދަލުވާން ޖެހޭ: ސީޕީ
ޓްރެފިކް ކޮންޓްރޯލްކުރަނީ ނެށުުމުގެ ހަރަކާތްތަކާ އެކު
މަނީލޯންޑަރިން މައްސަލައެއްގައި ހިމެނޭ ޔޮޓެއް ރާއްޖޭގައި