Roadha Mihaaru
ސައުދީގެ ކޮރަޕްޝަނާ ދެކޮޅު ކެމްޕޭން ނިންމާލައިފި

ސައުދީގެ ކޮރަޕްޝަނާ ދެކޮޅު ކެމްޕޭން ނިންމާލައިފި

31 ޖެނުއަރީ 2019

ރިޔާޒް (ޖެނުއަރީ 31) - ސައުދީ އަރަބިއާ އިން 2017 ވަނަ އަހަރު ފެށި ކޮރަޕްޝަނާ ދެކޮޅު ކެމްޕޭން ނިންމާލައިފި އެވެ.

ހަސަން އާމިރު ހަސަން އާމިރު

ރިޔާޒް (ޖެނުއަރީ 31) - ސައުދީ އަރަބިއާ އިން 2017 ވަނަ އަހަރު ފެށި ކޮރަޕްޝަނާ ދެކޮޅު ކެމްޕޭން ނިންމާލައިފި އެވެ.

ސައުދީން ބުނީ ކޮރަޕްޝަނާ ދެކޮޅު ކެމްޕޭނުގައި ހައްޔަރު ކުރި މީހުންގެ އަތުން 100 ބިލިއަން ޑޮލަރު ލިބިފައިވާ ކަމަށެވެ. އޭގެ ތެރޭގައި ފައިސާގެ އިތުރުން މުދާ ވެސް ހިމެނެ އެވެ. އެ ފައިސާ ހޯދާފައި ވަނީ ހައްޔަރު ކުރި 87 މީހުންގެ އަތުންނެވެ. ހައްޔަރު ކުރި މީހުންގެ ތެރޭގައި ބިލިއަނަރުންނާއި ޕްރިންސުންނާއި ކުރީގެ ވަޒީރުން ހިމެނެ އެވެ. ހައްޔަރު ކުރި މީހުންގެ ތެރޭން އަށް މީހަކު ވަނީ ކޮރަޕްޝަނާ ދެކޮޅު ތުހުމަތާ ދެކޮޅު ހަދައިފަ އެވެ. އިތުރު 56 މީހެއްގެ މައްސަލަ ހައްލު ނުވެ އޮތުމުން އެ މީހުންނާ ދެކޮޅަށް ވަނީ ޖިނާއީ ދައުވާ އުފުލައިފަ އެވެ.

ކޮރަޕްޝަނާ ދެކޮޅު ކެމްޕޭން ވަލީ އަހުދު މުހައްމަދު ބިން ސަލްމާން ފެއްޓެވީ ނޮވެމްބަރު 2017 ގަ އެވެ. އެ ދުވަސްވަރު ވަނީ 200 އަށް ވުރެ ގިނަ މީހުން ރިޒް ކާލްޓަން ހޮޓެލްގައި ހައްޔަރުކޮށްފަ އެވެ.