23 ޖެނުއަރީ 2018
ޖަކާޓާ (ޖެނުއަރީ 23) - އިންޑޮނީޝިއާގެ ވެރިރަށް ޖަކާޓާ އަށް ރިކްޓާ މިންގަނޑުން 6.4 ގެ ބާރުގަދަ ބިންްހެލުމެއް މިއަދު އަތުވެއްޖެ އެވެ.
ޖަކާޓާ (ޖެނުއަރީ 23) - އިންޑޮނީޝިއާގެ ވެރިރަށް ޖަކާޓާ އަށް ރިކްޓާ މިންގަނޑުން 6.4 ގެ ބާރުގަދަ ބިންްހެލުމެއް މިއަދު އަތުވެއްޖެ އެވެ.
އިންޑޮނީޝިއަން މިޓިއޮރޮލޮޖީ އެންޑް ޖިއޯފިޒިކްސް އެޖެންސީން ބުނީ ބިންހެލުމުގެ ބާރުގަދަވުމުގެ ސަބަބުން ބައެއް އިމާރާތްތަކުން މީހުން ނުކުތުމަށް މަޖްބޫރުވި ކަމަށެވެ. އަދި އެއްވެސް މީހަކަށް ގެއްލުމެއް ލިބުނު ކަމުގެ ރިޕޯޓް މިހާތަނަށް ލިބިފައިނުވާ ކަމަށް ބުނެފައިވެ އެވެ. މީގެ އިތުރުން ސުނާމީއެއްގެ ބިރެއް ވެސް އަދި ނެތް ކަމަށް މީޓިއޮރޮލޮޖީ ޑިޕާޓްމަންޓުން ބުނެފައިވެ އެވެ.
ބިންހެލުން އައިސްފައި ވަނީ 10 ކިލޯ މީޓަރު އަޑިއަށެވެ. ބިންހެލުމުގެ އަސްލު ހުރީ ބަންޓެން ޕްރޮވިންސްގެ ހުޅަނގު ދެކުނުން 81 ކިލޯ މީޓަރު ދުރުގައި ކަމަށް ބުނެފައިވެ އެވެ. އެކަމަކު އެމެރިކާގެ ޖިއޮލޮޖިކަލް ސާވޭ އިން ބުނެފައި ވަނީ ރިކްޓާ މިންގަނޑުން 6.0 ގެ ބާރުމިނުގެ ބިންހެލުން އައިސްފައި ވަނީ 43 ކިލޯ މީޓަރު (27 މޭލު) އަޑިއަށް ކަމަށެވެ.
ބިންހެލުން އާއްމުކޮށް އަންނަ ޕެސިފިކް "ރިންގް އޮފް ފަޔާ" ގައި އޮންނަ އިންޑޮނޝިއާ އަށް ޑިސެމްބަރު މަހު ތެރޭގައި އައި ބިންހެލުމެއްގައި ވަނީ ތިން މީހުން މަރުވެފަ އެވެ.
ޖަކާޓާ އަށް ބިންހެލުން އައުމާ އެކު ބައެއް މީހުން އޮފީސްތަކުން ނުކުމެ ބޭރުގައި. --ފޮޓޯ:އޭއެފްޕީ
އިންޑޮނީޝިއާގެ އަސޭ ޕްރޮވިންސަށް ޑިސެމްބަރު 2016 ގައި އައި ބިންހެލުމުގައި ވަނީ 100 މީހުން މަރުވެ އެތައް ބައެއްގެ ގެދޮރު ގެއްލިފަ އެވެ. އިންޑޮނީޝިއާގެ ސުމަތުރާ އަށް 2004 ގައި އައި ބާރުގަދަ ބިންހެލުމުގައި ވެސް އެންމެ ބޮޑު ގެއްލުމެއް ލިބުނީ އަސޭ އަށެވެ. ޑިސެމްބަރު 26، 2004 ގައި 9.3 ގެ ބާރުމިނުގައި އައި ބިންހެލުމާ އެކު އުފެދުނު ސުނާމީގައި އިންޑިއާ ކަނޑުގެ ގައުމުތަކުން 220،000 މީހުން މަރުވި އެވެ. އިންޑޮނީޝިއާ އިން އެކަނި 168،000 މީހުން މަރުވި އެވެ.
ސުމަޓްރާގެ ބިންހެލުމުގެ އަސަރު ރާއްޖެއަށް ނުކުރާނެ:މެޓް
ޖާވާ އަށް އައި ބާރުގަދަ ބިންހެލުމުގައި 160 މަރު
ބިންހެލުމުގައި ވެއްޓުނު ތަންތަނުގެ ތެރޭގައި ހޮސްޕިޓަލެއް
ސުނާމީގެ އަސަރެއް ރާއްޖެއަކަށް ނުކުރާނެ: މެޓް
އިންޑޮނީޝިއާ އަށް ބާރުގަދަ ބިންހެލުމެއް އަތުވެއްޖެ
އިންޑޮނީޝިއާ އަށް ބާރުގަދަ ބިންހެލުމެއް އަތުވެއްޖެ
އިންޑޮނީޝިއާގެ ވެރިރަށް ބަދަލު ކުރަނީ
އިންޑޮނީޝިއާ އަށް ބިންހެލުމެއް އަތުވެއްޖެ
އިންޑޮނީޝިއާގެ ޖާވާއާއި ބާލީއަށް ބިންހެލުމެއް އަތުވެއްޖެ
ސުނާމީގައި ގެއްލުނު މީހުންގެ އަދަދު 5000 އަށް