01 މެއި 2019
ޖަކާޓާ (މެއި 1) - އިންޑޮނީޝިއާގެ ވެރިކަން ކުރާ ރަށް ޖަކާޓާ ނޫން އެހެން ސިޓީއަކަށް ބަދަލު ކުރަން ނިންމައިފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
ޖަކާޓާ (މެއި 1) - އިންޑޮނީޝިއާގެ ވެރިކަން ކުރާ ރަށް ޖަކާޓާ ނޫން އެހެން ސިޓީއަކަށް ބަދަލު ކުރަން ނިންމައިފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
އެ ގައުމުގެ ޕްލޭނިން މިނިސްޓަރު ބަންބަންގް ބްރޮޑްޖެނަގްރޯއާ ހަވާލާދީ މީޑިއާތަކުން ބުނީ ވެރިކަން ކުރާ ރަށުގެ މަގާމުން ޖަކާޓާ ނަގަން އިންޑޮނީޝިއާގެ ރައީސް ޖޯކޯ ވިދޯދޯ ނިންމެވުމަކީ ވަރަށް ވެސް މުހިއްމު ބަދަލަކަށް ވާނެ ކަމަށެވެ. ނަމަވެސް ވެރިކަން ކުރާ ރަށުގެ ގޮތުގައި ކަނޑައަޅާނެ ވަކި ސިޓީއެއް ރަސްމީކޮށް އަދި ނުނިންމަ އެވެ. އެކަމަކު ވެރިކަން ކުރާ ސިޓީގެ ޝަރަފު ލިބޭނެ ކަމަށް ބެލެވޭ ސިޓީތަކުގެ ކުރީގައި އުޅެނީ ޕަލަންގްކަރަޔާ އެވެ.
އާބާދީގައި 260 މިލިއަނަށް ވުރެ ގިނަ މީހުން ދިރިއުޅޭ އަދި މުސްލިމުންގެ އާބާދީ ވެސް އެންމެ ބޮޑު އިންޑޮނީޝިއާގެ ވެރިކަން ކުރާ ރަށް ބަދަލު ކުރަން ރައީސް ނިންމެވީ މާޗް މަހު ބޭއްވި އާންމު އިންތިހާބުގައި ވެސް ސަރުކާރަށް ބޮޑު ކާމިޔާބީއެއް ލިބިފައި ވަނިކޮށެވެ. ނަމަވެސް ގައުމުގެ ވެރިކަން ކުރާ ރަށް ޖަކާޓާ އިން އެހެން ތަނަކަށް ބަދަލު ކުރާ މަސައްކަތުގެ ފަހު މަރުހަލާއަކަށް ދާން އަދި 10 އަހަރު ނަގާނެ ކަމަށް ޕްލޭނިން މިނިސްޓަރު ވިދާޅުވި އެވެ.
އިންޑޮނީޝިއާގެ ރައީސް ޖޯކޯ ވިދޯދޯ.
އިންޑޮނީޝިއާ އަށް 1945 ވަނަ އަހަރު މިނިވަންކަން ލިބުނު ފަހުން އެކި ފަހަރު މަތިން ވެރިކަން ކުރާ ރަށް ބަދަލު ކުރުމުގެ ވާހަކަ ދައްކާފައިވެ އެވެ.
ރިިޕޯޓްތައް ބުނާ ގޮތުން ވެރިކަން ކުރާ ރަށް ޖަކާޓާ ނޫން ތަނަކަށް ބަދަލު ކުރަން ބޭނުންވާ މައިގަނޑު ސަބަބަކީ އެ ސިޓީގެ އާބާދީ ވަރަށް ބޮޑަށް ތޮއްޖެހި، ސަލާމަތީ ގޮތުން ވެސް ކުރިމަތިވެދާނެ ކަންކަމާ ގުޅިގެންނެވެ. ދިހަ މިލިއަނަށް ވުރެ ގިނަ މީހުންގެ އާބާދީއެއްް އޮތް ޖަކާޓާއަކީ މިހާރު ވެސް ސަރުކާރުގެ ވަޒީޒުންނާއި އެހެން އިސްވެރިންގެ ސެކިއުރިޓީ އަށް ބޮޑު ހަރަދެއް ކުރަން ޖެހޭ ތަނެކެވެ. އެގޮތުން އަހަރެއްގެ މައްޗަށް ޖަކާޓާގެ ކަންކަން އިތުރަށް ވަރުގަދަ ކުރަން 100 ޓްރިލިއަން ރުޕިއާ (6.8 ބިލިއަން ޑޮލަރު) ހޭދަ ކުރަން ޖެހެ އެވެ.
ގިނަ އުންމީދުތަކަކާ އެކު ޖީ20ގެ މަހާސިންތާ ފަށައިފި
އިންޑޮނީޝިއާގައި ވެކްސިންގެ ފުރަތަމަ ޑޯޒް ރައީސަށް
އިންޑޮނީޝިއާގެ ހަމަނުޖެހުންތަކުގައި ހަ މީހުން މަރުވެއްޖެ
ޖަކާޓާ އަށް ބާރުގަދަ ބިންހެލުމެއް އަތުވެއްޖެ
ޖަކާޓާ ސްޓޮކް އެކްސްޗޭންޖުގެ ސީލިން ވެއްޓިއްޖެ
ދީނަށް ފުރައްސާރަކޮށްގެން ޖަކާޓާގެ ގަވަރުނަރު ޖަލަށް
ބާލީ އަށް ރަސްގެފާން ހިތްޕުޅާވެ، ޗުއްޓީ އިތުރު ކުރައްވައިފި
ޓެރަރިޒަމާ ދެކޮޅަށް ހަނގުރާމަކުރަން ސަލްމާން ގޮވާލައިފި
ޖަކާޓާގެ މޭޔަރު ގުރުއާނަށް އިހްތިރާމް ކުޑަކުރި މައްސަ
ބޫޓާން މުބާރާތުގެ ފައިނަލަށް ރާއްޖެ އާއި ތައިލެންޑް