Roadha Mihaaru
ލީބިއާ ކައިރިން ބޯޓެއް ފެތި 90 މީހުން މަރުވެއްޖެ

ލީބިއާ ކައިރިން ރެފިއުޖީ ބޯޓެއް ފެތި 90 މީހުން މަރުވެއްޖެ

02 ފެބުރުއަރީ 2018

ޓްރިޕޮލީ (ފެބްރުއަރީ 2) - ލީބިއާ ކައިރިން ރެފިއުޖީ ބޯޓެއް ފެތި 90 އަށް ވުރެ ގިނަ މީހުން މަރުވެފައިވާ ކަމަށް އ.ގެ މައިގްރޭޝަން އެޖެންސީން ބުނެފި އެވެ.

ހަސަން އާމިރު ހަސަން އާމިރު

ޓްރިޕޮލީ (ފެބްރުއަރީ 2) - ލީބިއާ ކައިރިން ރެފިއުޖީ ބޯޓެއް ފެތި 90 އަށް ވުރެ ގިނަ މީހުން މަރުވެފައިވާ ކަމަށް އ.ގެ މައިގްރޭޝަން އެޖެންސީން ބުނެފި އެވެ.

ސަލާމަތްވި ތިން މީހަކު ބުނެފައި ވަނީ މަރުވި މީހުންގެ ތެރޭން ގިނައީ ޕާކިސްތާން މީހުން ކަމަށެވެ. ކަނޑުވި ބޯޓުގައި ލީބިއާ މީހުން ވެސް ތިއްބެވެ. ސަލާމަތްވި ތިން މީހުންގެ ތެރޭން ދެ މީހުން ވަނީ ފަތާފައި އެއްގަމަށް އަރައިފަ އެވެ. ތިން ވަނަ މީހާ ވަނީ މަސް ބޯޓަކަށް ނަގައިފަ އެވެ.

ކަނޑު މަގުން ދެކުނު ޔޫރަޕަށް ހިޖުރަ ކުރާ މީހުންނަށް ލީބިއާ އަކީ މުހިންމު ޓްރާންސިޓް ޕޮއިންޓެކެވެ. އީޔޫގެ ގައުމުތަކުން ދަނީ ރެފިއުޖީން އެތެރެވޭ މިންވަރު މަދުކުރަން ފިޔަވަޅުތައް އަޅަމުންނެވެ. އީޔޫން މިދިޔަ އަހަރު ވަނީ ރެފިއުޖީން ކަނޑު މަތިން ހުއްޓުވާ އަނބުރާ ލީބިއާ އަށް ފޮނުވާލުމާ ގުޅޭ ގޮތުން ލީބިއާގެ ކޯސްޓްގާޑާ އެކު އެއްބަސްވުމެއްގައި ސޮއިކޮށްފަ އެވެ.

މި އަހަރުގެ މިހާތަނަށް ކަނޑު މަގުން ޔޫރަޕަށް ވަނީ 6،624 މީހުން އެތެރެވެފަ އެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި އެތެރެވެފައި ވަނީ 5،983 މީހުންނެވެ.