ނިއު ދިއްލީ (ފެބްރުއަރީ 6) - އިންޑިއާގައި ކިޑްނެޕް ކުރި ފަސް އަހަރުގެ ސްކޫލް ކުއްޖާ ސަލާމަތްކޮށްފި އެވެ.
06 ފެބުރުއަރީ 2018
ނިއު ދިއްލީ (ފެބްރުއަރީ 6) - އިންޑިއާގައި ކިޑްނެޕް ކުރި ފަސް އަހަރުގެ ސްކޫލް ކުއްޖާ ސަލާމަތްކޮށްފި އެވެ.
ވެރިރަށް ނިއު ދިއްލީން މިދިޔަ މަހު އެ ކުއްޖާ ކިޑްނެޕްކޮށްފައި ވަނީ ސްކޫލް ބަހުންނެވެ. ބައިސްކަލެއްގައި ދިޔަ ދެ މީހަކު ބަހަށް ހުރަސް އަޅާ ސްކޫލް ކުއްޖާ ވަގަށް ނެގީ ޖެނުއަރީ 25 ވަނަ ދުވަހު އެވެ. ނަމަވެސް ފުލުހުން ވަނީ އުތުރުގެ އުއްތަރަ ޕްރަދޭޝް ސްޓޭޓުގެ ގާޒިއާބާދުގެ އެޕާޓްމަންޓުން އެ ކުއްޖާ ސަލާމަތްކޮށްފަ އެވެ.
ކުއްޖާގެ އާއިލާ އަށް ވަނީ ބަޔަކު ފޯނުކޮށް އެ ކުއްޖާ މިނިވަން ކުރަން ހަ މިލިއަން ރުޕީސް (9،348 ޑޮލަރު) އަށް ޑިމާންޑް ކޮށްފަ އެވެ. ކުއްޖާގެ އާއިލާ އިން ކިޑްނެޕް ކުރި މީހުންނާ މަޝްވަރާ ކުރި ކަމެއް ނުވަތަ އެ ފައިސާ ދިން ކަމެއް ނޭނގެ އެވެ.
ފުލުހުން ބުނީ އެޕާޓްމަންޓެއްގައި ކުޑަ ކުއްޖަކާއި ދެ މީހަކު އުޅެމުންދާ ކަމުގެ މައުލޫމާތު ލިބުމުން އެ ކަން އިތުރަށް ބެލި ކަމަށެވެ. އަދި އެ އެޕާޓްމަންޓް ހޯދާ އެތަނަށް ދިއުމުން ކުއްޖާ ކިޑްނެޕް ކުރި މީހުން ވަނީ ފުލުހުންނަށް ބަޑިން ހަމަލާދީފަ އެވެ. ނަމަވެސް ކުއްޖާ ވަނީ ސަލާމަތްކޮށްފަ އެވެ. އެ ކުއްޖާއަކަށް އެއްވެސް ގެއްލުމެއް ނުލިބެ އެވެ. ފުލުހުން ފަހުން ވަނީ އެ ކުއްޖާ އާއިލާއާ ހަވާލުކޮށްފަ އެވެ.
16 ދަރިވަރުން ތަޖުރިބާ ދަތުރެއްގައި އިންޑިއާއަށް
އަކްޝޭގެ އެހީގައި ކަޝްމީރުގައި ސްކޫލެއް ހަދަނީ
ނައިޖީރިޔާ ސްކޫލެއްގެ ދަރިވަރުންތަކެއް ވަގަށް ނަގައިފި
ނައިޖީރިއާ އިން ވަގަށް ނެގި ސްކޫލް ކުދިންގެ ވާހަކަ
ހިސާބު ކިޔަވައިދިނުމުގައި ބައި ގަރުނު، ހޯމްވޯކާ ދެކޮޅު
އިންޑިއާގެ ސްކޫލެއްގައި އެންމެ ދަރިވަރަކާއި ދެ ޓީޗަރުން
ޓީޗަރުން ހޯދުމުގެ ކަންކަން އިންޑިއާގެ ކުންފުންޏަކަށް
ދަރިވަރުން ފެންބޯން މަޖުބޫރު ވަގުތުތަކެއް ކަނޑައަޅައިފި
ބެންގަލޫރުގެ ސްކޫލަކަށް ރޮބޮޓް ޓީޗަރެއް
ފީ ހޯދަން ތައްގަނޑު ޖެހީ ދަރިވަރުގެ އަތުގައި