Roadha Mihaaru
ފޭކް ޑޮކްޓަރަކު އެޗްއައިވީ ޖެއްސި މައްސަލަ ތަހުގީގު ކުރަނީ

ފޭކް ޑޮކްޓަރަކު އެޗްއައިވީ ޖެއްސި މައްސަލަ ތަހުގީގު ކުރަނީ

07 ފެބުރުއަރީ 2018

ނިއު ދިއްލީ (ފެބްރުއަރީ 7) - އިންޑިއާގެ އުތުރުގެ ސްޓޭޓެއް ކަމަށްވާ އުއްތަރަ ޕްރަދޭޝްގައި ލައިސަންސް ނެތް ޑޮކްޓަރަކު ފަރުވާ ދިނުމުގެ ތެރޭގައި 33 މީހަކަށް އެޗްއައިވީ ޖެހުނު މައްސަލަ އޮފިޝަލުން ތަހުގީގު ކުރަން ފަށައިފި އެވެ.

ހަސަން އާމިރު ހަސަން އާމިރު

ނިއު ދިއްލީ (ފެބްރުއަރީ 7) - އިންޑިއާގެ އުތުރުގެ ސްޓޭޓެއް ކަމަށްވާ އުއްތަރަ ޕްރަދޭޝްގައި ލައިސަންސް ނެތް ޑޮކްޓަރަކު ފަރުވާ ދިނުމުގެ ތެރޭގައި 33 މީހަކަށް އެޗްއައިވީ ޖެހުނު މައްސަލަ އޮފިޝަލުން ތަހުގީގު ކުރަން ފަށައިފި އެވެ.

ހުއްދަ ނެތް ޑޮކްޓަރު ވަނީ ރޯގާ ޖެހިގެން އޭނާ އަށް ދެއްކި އެތައް ބަޔަކަށް ފަރުވާ ދިނުމުގައި އެއް ސިރިންޖެއް ބޭނުންކޮށްފަ އެވެ. ފޭކް ޑޮކްޓަރު ދިން ކޮންމެ ޑޯޒަކަށް ޗާޖްކޮށްފައި ވަނީ 11 ރުޕީސް (11 ޕެންސް) އެވެ. އެއް ސިރިންޖެއް ބޭނުން ކުރުމުން އެޗްއައިވީ ޖެހުނީ ކިތައް މީހުން ކަމެއް ނޭނގެ އެވެ. މި މައްސަލަ އުފެދުނު އުންނައޯ ޑިސްޓްރިކްޓަށް ހެލްތު އޮފިޝަލުން ޒިޔާރަތް ކުރަން ވަނީ ހަމަޖެހިފަ އެވެ.

އެތައް ބަޔަކަށް އެޗްއައިވީ ޖެހިފައިވާކަން އެނގުނީ އިންޑިއާގެ އެންޖީއޯއަކުން ނޮވެމްބަރު މަހު ހިންގި ހެލްތު ކޭމްޕެއްގެ ތެރޭގަ އެވެ. އެޗްއައިވީ ޖެހިފައިވާ މީހުންގެ ތެރޭގައި ކުޑަކުދިން ވެސް ހިމެނެ އެވެ.

އެޗްއައިވީ އަށް ޓެސްޓްކުރި 566 މީހުންގެ ތެރޭން އެޗްއައިވީ އަށް ޕޮޒިޓިވްވެފައި ވަނީ 33 މީހުންނެވެ. އަދި ރަނގަޅު ޓެސްޓްތަކެއް ހަދައިފި ނަމަ އެޗްއައިވީ ޖެހިފައިވާ މީހުންގެ އަދަދު 500 އަށް ވުރެ މައްޗަށް ދާނެ ކަމަށް އޮފިޝަލުން ބުނެ އެވެ.

އުއްތަރަ ޕްރަދޭޝް ހެލްތު މިނިސްޓަރު ސިއްދާތު ނާތު ސިންގް ވިދާޅުވީ ލައިސަންސް ނެތި ބަލި މީހުންނަށް ފަރުވާ ދިނުން ހުއްޓުވާނެ ކަމަށެވެ.

އިންޑިއަން މެޑިކަލް އެސޯސިއޭޝަނުން ބުނީ އެ ގައުމުގައި ފަރުވާދޭ ޑޮކްޓަރުންގެ 45 ޕަސެންޓަކީ ރަސްމީކޮށް ތަމްރީނު ލިބިފައިވާ ބައެއް ނޫން ކަމަށެވެ.