މެޑްރިޑް (ފެބްރުއަރީ 16) – ޔުއެފާ ޔުރޮޕާ ލީގުގެ ގަދަ 32 ޓީމުގެ ބުރުގެ ފުރަތަމަ ލެގުގެ މެޗުތަކުން މޮޅުވެ އިންގްލެންޑުގެ އާސެނަލާއި އިޓަލީގެ އޭސީ މިލާނާއި ސްޕެއިނުގެ އެތުލެޓިކޯ މެޑްރިޑް އަދި ޖަރުމަނުގެ ބޮރޫޝިއާ ޑޯޓްމަންޑް ގަދަ 16 ޓީމުގެ ބުރާ ގާތަށް ޖެހިލައިފި އެވެ.
16 ފެބުރުއަރީ 2018
މެޑްރިޑް (ފެބްރުއަރީ 16) – ޔުއެފާ ޔުރޮޕާ ލީގުގެ ގަދަ 32 ޓީމުގެ ބުރުގެ ފުރަތަމަ ލެގުގެ މެޗުތަކުން މޮޅުވެ އިންގްލެންޑުގެ އާސެނަލާއި އިޓަލީގެ އޭސީ މިލާނާއި ސްޕެއިނުގެ އެތުލެޓިކޯ މެޑްރިޑް އަދި ޖަރުމަނުގެ ބޮރޫޝިއާ ޑޯޓްމަންޑް ގަދަ 16 ޓީމުގެ ބުރާ ގާތަށް ޖެހިލައިފި އެވެ.
ރަށުން ބޭރުގައި އާސެނަލް ވަނީ ސްވިޑަންގެ އޮސްޓާސުންޑްސް އަތުން 3-0 އިން މޮޅުވެފަ އެވެ. ފޯވާޑުންގެ ދަތިކަން ކުރިމަތިވެފައިވާ އާސެނަލަށް 13 ވަނަ މިނެޓުގައި ކުރި ހޯދައިދިނީ ނާޗޯ މޮންރެއަލް އެވެ. ދެ ވަނަ ލަނޑަކީ 24 ވަނަ މިނެޓުގައި އޮސްޓާސުންޑްސްގެ ކުޅުންތެރިޔެއްގެ އަތުން ބައިކޮޅަށް ވަން ގޯލެކެވެ. ތިން ވަނަ ގޯލް 58 ވަނަ މިނެޓުގައި ޖެހީ މެސުތު އޮޒިލް އެވެ.
ރަށުން ބޭރުގައި ބަލްގޭރިއާގެ ލުޑޮގޮރެޓްސް އަތުން މިލާން މޮޅުވީ ވެސް ހަމަ އެ ނަތީޖާ އިންނެވެ. އެ ޓީމުގެ ފުރަތަމަ ގޯލް ފުރަތަމަ ހާފުގެ ފަހު މިނެޓުގައި ކާމިޔާބުކޮށްދިނީ އިޓަލީގެ އުއްމީދީ ފޯވާޑް ޕެޓްރިކް ކުޓްރޯނޭ އެވެ. އޭނާ ހޯދައިދިން ޕެނަލްޓީއަކުން ދެ ވަނަ ލަނޑު 64 ވަނަ މިނެޓުގައި ޖެހީ ރިކާޑޯ ރޮޑްރިގޭޒެވެ. އަދި ފަހު ގޯލް 90 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ފަބިއޯ ބޮރިނީ އެވެ.
މި ދެ ޓީމުން ވެސް ރަށުން ބޭރުގައި ތަފާތު ބޮޑުކޮށް މޮޅުވުމާ އެކު، ގަދަ 32 ޓީމުގެ ބުރުން ފުރުސަތު ވަނީ ވަރަށް ބޮޑުވެފަ އެވެ. ދެ ވަނަ ލެގު އޮންނާނީ އަންނަ ހަފުތާގެ ބުރާސްފަތި ދުވަހުގެރޭގަ އެވެ.
މުބާރާތުގެ ފޭވަރިޓުންގެ ތެރޭގައި ދެން ހިމެނީ ސްޕެއިނުގެ އެތުލެޓިކޯ މެޑްރިޑް ރަށުން ބޭރުގައި މޮޅުވީ ޑެންމާކުގެ ކޯޕެންހޭގަން އަތުން 4-1 އިންނެވެ. ކޯޕެންހޭގަން އިން 15 ވަނަ މިނެޓުގައި ލީޑު ނަގާފައިވަނިކޮށް އެތުލެޓިކޯ ފަހަތުން އަރައި މޮޅުވީ ސައުލް، ކެވިން ގަމެރިއޯ، އެންޓޮއިން ގްރިޒްމަން އަދި ވިޓޯލޯ ޖެހި ގޯލްތަކުންނެވެ.
ޑޯޓްމަންޑް އަމިއްލަ ދަނޑުގައި މޮޅުވީ އިޓަލީގެ އެޓަލާންޓާ އަތުން 3-2 އިންނެވެ. މެޗުގެ 30 ވަނަ މިނެޓުގައި އަންދްރޭ ޝޫލާގެ ގޯލުން ޑޯޓްމަންޑުން ލީޑު ނަގާފައިވަނިކޮށް އެޓަލާންޓާ އިން ވަނީ ޔޮސިޕް އިލިސިޗްގެ ދެ ލަނޑުން ފަހަތުން އަރައި ކުރި ހޯދައިފަ އެވެ. އެކަމަކު ޗެލްސީން ދާދި ފަހުން ޑޯޓްމަންޑާ ގުޅުނު ބެލްޖިއަމްގެ މިޗީ ބަޓްޝުއާއީ ވަނީ ދެ ގޯލް ޖަހައި ޑޯޓްމަންޑް މޮޅުކޮށްދީފަ އެވެ. އޭނާ މި ވަނީ ތިން މެޗުން ފަސް ގޯލް ޖަހައިދީފަ އެވެ.
އިޓާލިއަން ލީގުގެ އެއް ވަނައިގައި އޮތް ނަޕޯލީ ވަނީ ރޭ އަމިއްލަ ދަނޑުގައި ޖަރުމަނުގެ އާރްބީ ލީޕްޒިގް އަތުން 3-1 އިން ބަލިވެފަ އެވެ. އަދި އިޓަލީގެ ލާޒިއޯ އަތުން އަމިއްލަ ދަނޑުގައި ރޫމޭނިއާގެ ސްޓިއާ ބުކަރެސްޓް ވަނީ 1-0 އިން މޮޅުވެފަ އެވެ.
މިލާނާއި ޔުނައިޓެޑް އެއްވަރު، އާސެނަލް މޮޅުވެއްޖެ
މިލާން، އާސެނަލް އަދި ޗެލްސީ މޮޅުވެއްޖެ
އާސެނަލާއި އެތުލެޓިކޯ ކުއާޓާ އަށް، ޑޯޓްމަންޑް ކަޓައިފި
އާސެނަލާއި އެތުލެޓިކޯ ކުއާޓާއާ ގާތަށް
ސީޒަން ސަލާމަތްކުރަން އާސެނަލުން މިލާނާ ދެކޮޅަށް
ޔުރޮޕާ ލީގުގައި އާސެނަލާއި މިލާންގެ ކުރިމަތިލުމެއް
އާސެނަލާއި މިލާން މޮޅުވިއިރު އެވަޓަން އަށް ޕޮއިންޓެއް
އާސެނަލާއި މިލާން މޮޅުވިއިރު އެވަޓަން ބަލިވެއްޖެ
ލިވަޕޫލާ ދެކޮޅަށް އެޓަލާންޓާ، ކްލޮޕް އުންމީދުގައި
ލިވަޕޫލުން ލަނޑު ގޯންޏެއް، ލެވަކޫސަން ދެއްކީ ޖާދޫ