ލަންޑަން (މާޗް 16) - ޔުއެފާ ޔުރޮޕާ ލީގުގެ ކުއާޓާ ފައިނަލުން އާސެނަލާއި އެތުލެޓިކޯ މެޑްރިޑް ޖާގަ ހޯދިއިރު، ޖަރުމަނުގެ ގަދަބާރު ބޮރޫޝިއާ ޑޯޓްމަންޑް މުބާރާތުން ކަޓައިފި އެވެ.
16 މާޗް 2018
ލަންޑަން (މާޗް 16) - ޔުއެފާ ޔުރޮޕާ ލީގުގެ ކުއާޓާ ފައިނަލުން އާސެނަލާއި އެތުލެޓިކޯ މެޑްރިޑް ޖާގަ ހޯދިއިރު، ޖަރުމަނުގެ ގަދަބާރު ބޮރޫޝިއާ ޑޯޓްމަންޑް މުބާރާތުން ކަޓައިފި އެވެ.
އާސެނަލް ވަނީ ރޭ އަމިއްލަ ދަނޑުގައި 3-1 އިން އޭސީ މިލާން ބަލިކޮށްފަ އެވެ. ރަޝިއާގެ ލޮކޮމޯޓިވް މޮސްކޯ އަތުން ރޭ ރަށުން ބޭރުގައި އެތުލެޓިކޯ މޮޅުވީ 5-1 އިންނެވެ. ޑޯޓްމަންޑް ކެޓީ ރޭ އަމިއްލަ ދަނޑުގައި އޮސްޓްރިއާގެ ސަލްޒްބާގާ 0-0 އިން އެއްވަރުވިއިރު، ދެ މެޗުގެ އެގްރިގޭޓަށް ބަލާއިރު 2-1 އިން ސަލްޒްބާގަށް ކުރި ލިބޭތީ އެވެ.
އާސެނަލްގެ އެމިރޭޓްސް ސްޓޭޑިއަމްގައި ކުޅުނު މެޗު ފަށައިގެން މިނިޓެއް ވެސް ނުވަނިސް މިލާނަށް ލީޑުނަގައިދޭން ޕޯޗުގަލްގެ ފޯވާޑް އަންޑްރޭ ސިލްވާ އަށް ރަނުގެ ފުރުސަތެއް ލިބި ވަނީ ބޭކާރުވެފަ އެވެ. އެހެން ނަމަވެސް މެޗުގެ 35 ވަނަ މިނިޓްގައި ތުރުކީގެ މިޑްފީލްޑަރު ހަކަން ކަލްހަނޮގްލޫ ޖެހި ހިތްގައިމު ގޯލުން މިލާން ލީޑުނެގި އެވެ.
އެހެން ނަމަވެސް މިލާނަށް ލީޑު ހިފަހައްޓާލެވުނީ ތިން މިނިޓް ވަން ދެނެވެ. މެޗުގެ 38 ވަނަ މިނިޓްގައި ލިބުނު ޕެނަލްޓީ އަކުން ޑޭނީ ވެލްބެކް ވަނީ އާސެނަލަށް ނަތީޖާ ހަމަހަމަ ކޮށްދީފަ އެވެ. މި ޕެނަލްޓީ އަކީ ވެލްބެކަށް އޭރިއާ ތެރެއިން މިލާންގެ ފުލްބެކް ރިކާޑޯ ރޮޑްރިގޭޒް ކުރި ފައުލަކަށް ދިން ޕެނަލްޓީ އެކެވެ. މި ޕެނަލްޓީ ދިނުމުން މިލާން ކުޅުންތެރިން ވަނީ އެކަމާ ދެކޮޅަށް ވަރަށް ބޮޑަށް ޝަކުވާ ކޮށްފަ އެވެ.
ދެ ވަނަ ހާފް ފަށައިގެން ވާދަވެރި ކުޅުމެއް ފެނިގެންދިޔައިރު، އަލުން ލީޑުނަގަން މިލާނަށް ރަނގަޅު ފުރުސަތުތަކެއް ލިބުނެވެ. އެހެން ނަމަވެސް އޭގެ ބޭނުން ނުހިފި ދަނިކޮށް އާސެނަލުން ދެ ވަނަ ފަހަރަށް ލީޑުނެގީ މެޗުގެ 71 ވަނަ މިނިޓްގައި ސްވިޒަލެންޑުގެ މިޑްފީލްޑަރު ގްރޭނިޓް ޝާކާ ޖެހި ގޯލުންނެވެ. އޭރިއާ ބޭރުން ޝާކާ ފޮނުވާލި ޝޮޓް ގޯލަށް ވަނީ މިލާންގެ ޒުވާން ކީޕަރު ޖިއަންލުއިޖީ ޑޮއްނަރުއްމާ އަތުގައި ޖެހިފަ އެވެ. މެޗު ނިމެން ހަތަރު މިނިޓަށް ވެފައި ވަނިކޮށް އާސެނަލްގެ ތިން ވަނަ ލަނޑު ޖެހީ ވެލްބެކް އެވެ.
މުބާރާތުގެ ކުއާޓާ ފައިނަލުން ދެން ޖާގަ ހޯދީ ފްރާންސްގެ މާސޭ، ޖަރުމަނުގެ އާރްބީ ލިޕްޒިގު، އިޓަލީގެ ލާޒިއޯ، ޕޯޗުގަލްގެ ސްޕޯޓިން ލިޒްބަން އަދި ރަޝިއާގެ ސީއެސްކޭއޭ މޮސްކޯ އެވެ.
މިލާނާއި ޔުނައިޓެޑް އެއްވަރު، އާސެނަލް މޮޅުވެއްޖެ
މިލާން، އާސެނަލް އަދި ޗެލްސީ މޮޅުވެއްޖެ
އާސެނަލާއި އެތުލެޓިކޯ ކުއާޓާއާ ގާތަށް
ސީޒަން ސަލާމަތްކުރަން އާސެނަލުން މިލާނާ ދެކޮޅަށް
ޔުރޮޕާ ލީގުގައި އާސެނަލާއި މިލާންގެ ކުރިމަތިލުމެއް
އާސެނަލް، މިލާން އަދި އެތުލެޓިކޯ އަނެއް ބުރަށް
އާސެނަލް، މިލާން އަދި އެތުލެޓިކޯ އަނެއް ބުރާ ގާތަށް
އާސެނަލާއި މިލާން މޮޅުވިއިރު އެވަޓަން އަށް ޕޮއިންޓެއް
އާސެނަލާއި މިލާން މޮޅުވިއިރު އެވަޓަން ބަލިވެއްޖެ
ލިވަޕޫލާ ދެކޮޅަށް އެޓަލާންޓާ، ކްލޮޕް އުންމީދުގައި