މިލާން (މާޗް 9) – އޭސީ މިލާން އަތުން 2-0 އިން މޮޅުވެ އާސެނަލުން އަދި ލޮކޮމޯޓިވް މޮސްކޯ އަތުން 3-0 އިން މޮޅުވެ އެތުލެޓިކޯ މެޑްރިޑުން ޔުރޮޕާ ލީގުގެ ކުއާޓާ ފައިނަލާ ގާތަށް ޖެހިލައިފި އެވެ.
މިލާން (މާޗް 9) – އޭސީ މިލާން އަތުން 2-0 އިން މޮޅުވެ އާސެނަލުން އަދި ލޮކޮމޯޓިވް މޮސްކޯ އަތުން 3-0 އިން މޮޅުވެ އެތުލެޓިކޯ މެޑްރިޑުން ޔުރޮޕާ ލީގުގެ ކުއާޓާ ފައިނަލާ ގާތަށް ޖެހިލައިފި އެވެ.
މިލާނުގެ ދަނޑުގައި އެ ޓީމު އަތުން ހޯދި މޮޅާ އެކު، ނަތީޖާތައް ދަށްވެ އިންތިހާ ޕްރެޝަރު ކުރިމަތިވެފައިވާ އާސެނަލްގެ ކޯޗު އާސެން ވެންގާ އަށް ވަނީ ބޮޑު ހިތްހަމަޖެހުމެއް ލިބިފަ އެވެ. އަންނަ ބުރާސްފަތި ދުވަހުގެރޭ އަމިއްލަ ދަނޑުގައި ކުޅޭ މެޗު އެއްވަރުކޮށްލައިގެން ވެސް ނުވަތަ 1-0 އިން ބަލިވިޔަސް އާސެނަލަށް ކުއާޓާ އިން ޖާގަ ލިބޭނެ އެވެ.
ކުރީގެ ކުޅުންތެރިޔާ ޖެނާރޫ ގަޓޫސޯއާ އެކު ނަތީޖާތައް ރަނގަޅުކޮށްފައިވާ މިލާން 13 މެޗަށް ފަހު ބަލިވިއިރު އެ ޓީމަށް ރޭ އެދެވޭ ކުޅުމެއް ނުދެއްކުނެވެ. ހާއްސަކޮށް ފުރަތަމަ ހާފުގަ އެވެ. އާސެނަލަށް މެޗުގައި ލީޑު ނަގައިދިނީ 15 ވަނަ މިނެޓުގައި ހެންރިކް މިކިތާރްޔަން އެވެ. ދެ ވަނަ ގޯލް ފުރަތަމަ ހާފު ނިމެނިކޮށް ޖެހީ އާރޮން ރަމްސީ އެވެ.
"ޖުމްލަކޮށް މޮޅުވުން މުހިއްމު، އެކަމަކު އަދި ކޮލިފައިނުވޭ. އަހަރެމެން ޖެހޭނެ އަމިއްލަ ދަނޑުގައި މިކަން ނިންމާލަން. ކުޅުންތެރިންގެ ރޫހާއި މަސައްކަތާ މެދު އުފާވޭ،" އާސެނަލްގެ ކޯޗު އާސެން ވެންގާ ބުންޏެވެ.
މިލާނުގެ ކޯޗު ގަޓޫސޯ ބުނީ އޭނާގެ ޓީމުން ޓީމެއްގެ ގޮތުގައި ނުކުޅޭ ކަމަށާއި މި މެޗުން އާސެނަލަށް މޮޅެއް ހައްގު ކަމަށެވެ.
"އަހަރެމެން މާ ގިނައިން ގޯސް ހެދީ،" ގަޓޫސޯ ބުންޏެވެ. "ފުޓްބޯޅައިގައި އެއްވެސް ކަމެއް ނުވާނެޔޭ ނުބުނާނެ. އަހަރެމެން ލަންޑަނަށް ދާނީ މޮޅުވާން މަސައްކަތްކުރަން. އަހަރެމެން ދާނީ ޗުއްޓީ ދަތުރެއްގައެއް ނޫން."
އަމިއްލަ ދަނޑުގައި ލޮކޮމޯޓިވް މޮސްކޯ އަތުން 3-0 އިން އެތުލެޓިކޯ މޮޅުވިއިރު ގޯލް ޖަހައިދިނީ ސައުލް އާއި ޑިއެގޯ ކޮސްޓާ އަދި ކޯކޭ އެވެ. މުބާރާތުގެ ފޭވަރިޓުގެ ގޮތުގައި ބެލެވޭ އެތުލެޓިކޯ އަށް ވަނީ މި މޮޅާ އެކު ކުއާޓާގެ ޖާގައެއް ވަރަށް ބޮޑަށް ޔަގީންވެފަ އެވެ.
ރޭ ކުޅުނު އެހެން މެޗުތަކަށް ބަލާއިރު ޖަރުމަނުގެ ބޮރޫޝިއާ ޑޯޓްމަންޑް ވަނީ އަމިއްލަ ދަނޑުގައި އޮސްޓްރިއާގެ ސެލްޒްބާގް އަތުން 2-1 އިން ބަލިވެފަ އެވެ. އަދި އިޓަލީގެ ލާޒިއޯ ވަނީ އަމިއްލަ ދަނޑުގައި ޔޫކްރޭނުގެ ޑައިނަމޯ ކިއޭވާ 2-2 އިން އެއްވަރުވެފަ އެވެ. ރަށުން ބޭރުގައި ރަޝިއާގެ ސީއެސްކޭއޭ މޮސްކޯ އަތުން 1-0 އިން ފްރާންސުގެ އޮލިމްޕިކް ލިޔޯން މޮޅުވިއިރު ސްޕެއިނުގެ އެތުލެޓިކް ކްލަބް އަތުން އަމިއްލަ ދަނޑުގައި ފްރާންސުގެ އޮލިމްޕިކް މާސޭ ވަނީ 3-1 އިން މޮޅުވެފަ އެވެ.
މިލާނާއި ޔުނައިޓެޑް އެއްވަރު، އާސެނަލް މޮޅުވެއްޖެ
މިލާން، އާސެނަލް އަދި ޗެލްސީ މޮޅުވެއްޖެ
އެތުލެޓިކޯ ފައިނަލަށް، ވެންގާ ހުސް އަތާ ކްލަބާ ދުރަށް
ވެންގާއާ މެދު ވިސްނާނެ ވަގުތެއް ނެތް: ސިމިއޯނީ
މާސޭ ފައިނަލާ ގާތަށް، އެތުލެޓިކޯ ހިތްވަރު ހޯދައިފި
ސެމީގައި މެޑްރިޑާއި ބަޔާން އަދި ލިވަޕޫލާއި ރޯމާ
އާސެނަލާއި އެތުލެޓިކޯ ސެމީ އަށް، ލާޒިއޯ ކަޓައިފި
އާސެނަލް، އެތުލެޓިކޯ އަދި ލާޒިއޯ ސެމީއާ ގާތަށް
އާސެނަލާއި އެތުލެޓިކޯ ކުއާޓާ އަށް، ޑޯޓްމަންޑް ކަޓައިފި
ސީޒަން ސަލާމަތްކުރަން އާސެނަލުން މިލާނާ ދެކޮޅަށް