ސަރުކާރާ ދެކޮޅަށް ސޯޝަލް މީޑިއާގައި ހިޔާލު ފާޅުކުރި ބައެއް މުވައްޒަފުން ވަޒީފާއިން ވަކިކޮށްފި އެވެ.
22 ފެބުރުއަރީ 2018
ސަރުކާރާ ދެކޮޅަށް ސޯޝަލް މީޑިއާގައި ހިޔާލު ފާޅުކުރި ބައެއް މުވައްޒަފުން ވަޒީފާއިން ވަކިކޮށްފި އެވެ.
"މިހާރު"އަށް އެނގިފައިވާ ގޮތުގައި ސަރުކާރަށް ފާޑުކިޔައި ސޯޝަލް މީޑިއާގައި ހިޔާލުފާޅުކުރި ތިން މުވައްޒަފެއްގެ ވަޒީފާ ވަނީ ގެއްލިފަ އެވެ. އަދި ވަޒީފާއިން ވަކިކުރާނެ ކަމުގެ އިންޒާރުދީ އިތުރު މީހަކަށް ސިޓީ ފޮނުވާފައިވެ އެވެ.
އޭގެ ތެރެއިން ދެ މީހަކު ވަޒީފާއިން ވަކިކުރީ ސިޔާސީ ބައެއް ބޭފުޅުން ހިމެނޭ ގޮތުން، ބަންދުގައި ތިބި ނުވަ މީހަކު ދޫކޮށްލަން ފެބުރުއަރީ 1ގައި ސުޕްރީމް ކޯޓުން ކުރި ހުކުމް ތަންފީޒުކުރަން ގޮވާލުމުންނެވެ.
ސަރުކާރަށް ފާޑުކިޔައިގެން މިދިޔަ އަންގާރަ ދުވަހު ވަޒީފާއިން ވަކިކުރި އެމްޕީއެލްގެ ސެކިއުރިޓީ ގާޑަކު ވަނީ އޭނާގެ އަމަލަށް މާފަށް ވެސް އެދިފަ އެވެ. އަދި ވަޒީފާ އަނބުރާ ހޯދައިދޭން އެދި އެތަނުގެ ސީއީއޯ އަބްދުއްރައްޒާގު ހަލީމަށް ސިޓީއެއް ވެސް ފޮނުވި އެވެ.
ސޯޝަލް މީޑިޔާގައި މިހާރު ވައިރަލްވެފައިވާ އެ ސިޓީގައި ޒުވާނާ ބުނެފައިވަނީ ސަރުކާރާ ދެކޮޅަށް އަދި ހާއްސަކޮށް ރައީސް އަބްދުﷲ ޔާމީންނަށް ފާޑުކިޔައި، ފޭސްބުކްގައި ކޮމެންޓް ކޮށްފައިވާނެ ކަމަށާއި އެކަމަކު ދެން އެފަދަ އަމަލެއް އޭނާގެ ފަރާތުން ނުފެންނާނެ ކަމަށެވެ.
އޭނާ ވަޒީފާއިން ވަކިކުރިކަމަށް އެމްޕީއެލުން ބުނެފައިވަނީ ވަޒީފާގެ އެއްބަސްވުމާ ހިލާފުވެގެން ކަމަށެވެ.
"ރާއްޖޭގެ އިއްޒަތްތެރި ރައީސަށާއި ސަރުކާރު ހިންގާ ޕާޓީއަށާއި އެ ޕާޓީގެ އިސް އެއްވެސް ބޭފުޅަކަށް ބަދުބަސް ރައްދުކޮށް، ސޯޝަލް މީޑިއާ ނުވަތަ އެހެން ވެސް ވަސީލަތެއް މެދުވެރިކޮށް ނަމަވެސް އެފަދަ އަމަލެއް އަޅުގަނޑުގެ ފަރާތުން ނުފެންނާނެ ވާހަކަ އިހުލާސްތެރިކަމާ އެކު ދަންނަވަމެވެ،" މާފަށް އެދި ފޮނުވި ސިޓީގައި އޭނާ ބުނެފައިވެ އެވެ.
އޭނާ ވަނީ ޕީޕީއެމަށް ސޮއިކޮށް، ދެ ވަނަ ދައުރަކަށް ރައީސް ހޮވަން ކެމްޕޭން ކޮށްދޭނެ ކަމަށް ވެސް ބުނެފަ އެވެ. އޭގެ ބަދަލެއްގެ ގޮތުން އޭނާ އެދިފައިވަނީ ވަޒީފާ އަނބުރާ ދިނުމަށެވެ.
ގދ. ތިނަދޫގައި ޕީޕީއެމް އިން ބޭއްވި ޖަލްސާއެއް: ޕީޕީއެމްގެ ޖަލްސާތަކަށް މަޖުބޫރުކޮށްގެން މުވައްޒަފުން ބައިވެރިކުރާ ކަމުގެ ޝަކުވާ ބޮޑު
ސުޕްރީމް ކޯޓުގެ އަމުރު ތަންފީޒު ކުރުމަށް ގޮވާލައި ފޭސްބުކްގައި ހިޔާލު ފާޅުކުރި، ބ. އަތޮޅު ރަށެއްގެ ހެލްތު ސެންޓަރުގެ އިސް މުވައްޒަފަކު ވަނީ ސަސްޕެންޑު އެވެ. އޭގެ ސަބަބެއް ކަމަށް ބުނެފައި ވަނީ ސިވިލް ސާވިސްގެ ގަވައިދަކާ ހިލާފުވުމެވެ.
ސަރުކާރަށް ފާޑުކިޔައިގެން އަދި އިދިކޮޅު ފަރާތްތަކުން އިންތިޒާމްކުރާ އެއްވުމެއްގައި ބައިވެރިވެގެން މީގެ ކުރިން ވެސް ސަރުކާރު މުވައްޒަފުން ވަކިކޮށްފައިވެ އެވެ. އަދި ޕީޕީއެމުން ބާއްވާ ބޮޑެތި ޖަލްސާތަކުގައި މަޖުބޫރުން މުވައްޒަފުން ބައިވެރިކުރާ ކަމުގެ ޝަކުވާ ވެސް ބައެއް މީހުން ކުރެ އެވެ.
ޔާމީންގެ ވާހަކަ މީޑިއާއިން ގެނައީ އޮޅޭގޮތަށް: ޕީޕީއެމް
ޒުވާނުންނަށްވުރެ ވަޒީފާ އިތުރު ކުރާނަން: ރައީސް ޔާމީން
ރައީސަށް އިންޒާރު ދިން މީހެއްގެ ފޯނު ހިފަހައްޓައިފި
"ކޮންމެ ގޮތަކުން" ވެސް ވޯޓު ނަގަން ރައީސް އެންގެވި!
ޔާމީން އެންމެ ދެރަވީ ޣައްސާން ފެއަށް ވަޑައިގަތުމުން
ޔާމީނަކީ ވަރަށް ކަންނެތް މީހެއް: އަބްދުއްރަހީމް
ޔާމީނަށް ރައީސް ގޯސްވި ސަބަބު އަބްދުއްރަހީމް ކިޔައިދީފި
ޔާމީން މިނިވަންވާނެ ކަމަށް އުއްމީދުކުރަން: ރައީސް
ޔާމީންގެ ޝަރީއަތަަށް އަދިވެސް ނުފޫޒު ފޯރުވަނީ އެމްޑީޕީ
އަސްލަމްގެ ނިންމެވުމަށް ޝުޖާއުގެ ހޫނު ރައްދެއް!