Roadha Mihaaru
ރައީސާއި ޕީޕީއެމް ދޫނުކުރާނަން: ހުސެއިން މަނިކު

ރައީސާއި ޕީޕީއެމް ދޫކުރުމުގެ ވިސްނުމެއް ނެތް: ހުސެން މަނިކު

22 ފެބުރުއަރީ 2018

ރައީސް އަބްދުﷲ ޔާމީނާއި ޕީޕީއެމް ދޫކުރުމުގެ ވިސްނުމެއް ނެތް ކަމަށް ގުރައިދޫ ދާއިރާގެ މެމްބަރު ހުސެއިން މަނިކު ދޮންމަނިކު މިއަދު ވިދާޅުވެއްޖެ އެވެ.

ރައީސް އަބްދުﷲ ޔާމީނާއި ޕީޕީއެމް ދޫކުރުމުގެ ވިސްނުމެއް ނެތް ކަމަށް ގުރައިދޫ ދާއިރާގެ މެމްބަރު ހުސެއިން މަނިކު ދޮންމަނިކު މިއަދު ވިދާޅުވެއްޖެ އެވެ.

ހުސެއިން މަނިކުގެ އިތުރުން ވިލުފުށީ ދާއިރާގެ ޕީޕީއެމްގެ މެމްބަރު ރިޔާޒް ރަޝީދު ޖުމްހޫރީ ޕާޓީއާ ގުޅިވަޑައިގަންނަވާނެ ކަމުގެ އުންމީދު އެބައޮތް ކަމަށް، އެ ޕާޓީގެ ނައިބު ލީޑަރު އަބްދުﷲ ރިޔާޒް މިއަދު ވިދާޅުވުމާ ގުޅިގެން، އެއަށް ރައްދު ދެއްވަމުން ހުސެއިން މަނިކު ވިދާޅުވީ ޖުމްހޫރީ ޕާޓީގެ އެއްވެސް ބޭފުޅަކާއެކު ވާހަކަތަކެއް ކުރިއަށް ނުދާ ކަމަށެވެ.

"އަޅުގަނޑުގެ [މަޖިލީހުގެ] މި ދައުރު ނިންމާލާނީ ރައީސް ޔާމީނާއި ޕީޕީއެމާއެކު. އަޅުގަނޑު ހޮވުނީ ރައީސް ޔާމީނާއި ޕީޕީއެމްގެ އެހީތެރިކަން ވެސް ލިބިގެން. އެހެންވީމާ ޖުމްހޫރީ ޕާޓީއާ ގުޅުމުގެ އެއްވެސް ވިސްނުމެއް ނެތް. އަޅުގނޑަކީ ގާސިމް އިބްރާހީމް [ޖޭޕީގެ ލީޑަރު] އާ ވާހަކަ ދައްކައި ހަދާ މީހެއް ވެސް ނޫން،" ހުސެއިން މަނިކު ވިދާޅުވި އެވެ.

ހުސެއިން މަނިކު ވިދާޅުވި ގޮތުގައި ރައީސް ޔާމީން އަދި ޕީޕީއެމުން ބޭނުންވާ ކޮންމެ ކަމެއްގައި އޭނާގެ އެހީތެރިކަން އަބަދު ވެސް ލިބޭނެ އެވެ.

ކިނބިދޫ ދާއިރާގެ މެމްބަރު އަދި އިދިކޮޅު ހަރަކާތުގައި އިސްކޮށް އުޅުއްވާ ރިޔާޒް މިއަދު ވިދާޅުވީ ރިޔާޒް ރަޝީދާއި ހުސެއިން މަނިކަކީ ގާސިމާއެކު ކުރިން މަސައްކަތް ކުރެއްވި ބޭފުޅުންނެވެ. އެކަމަކު ހުސެއިން މަނިކު އެ ވާހަކަ ވެސް ދޮގުކުރެއްވި އެވެ.

"އަޅުގަނޑަކީ ދުވަހަކު ވެސް ގާސިމާ އެކު މަސައްކަތް ކުރި މީހެއް ނޫން. އެ ތާރީޚެއް ފެންނާކަށް ނޯންނާނެ،" އޭނާ ވިދާޅުވި އެވެ.