Roadha Mihaaru
ފުލުހަކަށް ރޭޕްގެ ތުހުމަތުކޮށް އައްޑޫގައި މުޒާހަރާކުރަނީ

ފުލުހަކު ކުއްޖަކު ރޭޕްކުރި ކަމަށް ބުނެ އައްޑޫގައި މުޒާހަރާކުރަނީ

16 ސެޕްޓެމްބަރ 2021

އުމުރުން 14 އަހަރުން ފެށިގެން ކުއްޖަކު ރޭޕްކުރަމުން އަންނަ ކަމުގެ ތުހުމަތު ފުލުހެއްގެ މައްޗަށް ކޮށް އޭނާ ހައްޔަރުނުކޮށްގެން، އައްޑޫ ހިތަދޫގައި މިއަދު ބަޔަކު މުޒާހަރާކުރަން ފަށައިފި އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

އުމުރުން 14 އަހަރުން ފެށިގެން ކުއްޖަކު ރޭޕްކުރަމުން އަންނަ ކަމުގެ ތުހުމަތު ފުލުހެއްގެ މައްޗަށް ކޮށް އޭނާ ހައްޔަރުނުކޮށްގެން، އައްޑޫ ހިތަދޫގައި މިއަދު ބަޔަކު މުޒާހަރާކުރަން ފަށައިފި އެވެ.

މީގެ ދުވަސްކޮޅެއް ކުރިން ފެށިގެން ފުލުސްމީހާއަށް ތުހުމަތުކޮށް އެކި މީހުން ގެންދިޔައީ ސޯޝަލް މީޑިއާގައި އެ ވާހަކަ ދައްކަމުންނެވެ. ފުލުހެއްގެ ފޮޓޯއާ އެކު ދައުރުކުރަމުންދާ އެ ޕޯސްޓްތަކުގައި ބުނާ ގޮތުން އޭނާއަށް ރޭޕްގެ ތުހުމަތު ކުރަނީ އެކަން ކުރަނިކޮށް އޭނާގެ އަންހެނުންނަށް ފެނިގެންނެވެ.

ކުއްޖާއާ ބެހެމުން އަންނަނީ އުމުރުން 14 އަހަރުން ފެށިގެން ކަމަށާއި މިހާރު ކުއްޖާގެ އުމުރުން 16 އަހަރު ކަމަށް މީހުން ބުނެ އެވެ.

ކުއްޖަކު ރޭޕްކުރި ކަމަށް ތުހުމަތުކުރާ ފުލުހަކު ހައްޔަރުނުކޮށްްގެން އައްޑޫ ހިތަދޫގައި މުޒާހަރާކުރަނީ. ފޮޓޯ: ސޯޝަލް މީޑިއާ

ކުއްޖަކު ރޭޕްކުރި ކަމަށް ތުހުމަތުކުރާ ފުލުހަކު ހައްޔަރުނުކޮށްްގެން އައްޑޫ ހިތަދޫގައި މުޒާހަރާކުރަނީ. ފޮޓޯ: ސޯޝަލް މީޑިއާ

ހިތަދޫ ޕޮލިސް ސްޓޭޝަން ކައިރިއަށް މިއަދު ހަވީރުން ފެށިގެން އެއްވި މީހުން ގޮވަމުން ދަނީ ރޭޕްގެ ތުުހުމަތުވާ ފުލުސްމީހާ ހައްޔަރުކުރުމަށެވެ. ސޯޝަލް މީޑިއާގައި އާންމުކޮށްފައިވާ ބައެއް ވީޑިއޯތަކުން ފެންނަ ގޮތުގައި ފުލުހުން ވަނީ މުޒާހަރާ ރޫޅައިލުމަށް ޕެޕަސްޕްރޭ ވެސް ޖަހައިފަ އެވެ.

ފުލުހުން ބުނި ގޮތުގައި ފުލުހުންގެ ދައުރު އަދާކުރުމަށް ހުރަސްއަޅަން މަސައްކަތްކުރުމާ ގުޅިގެން ފުލުހުން ވަނީ މުޒާހަރާގައި ބާރުގެ ބޭނުންކޮށް ޕެޕަސްޕްރޭ ޖަހައިފަ އެވެ.