Roadha Mihaaru
ޕާޓީތަކުގެ ލީގަލް އެޑްވައިޒަރަކަށް ބެން އެމާސަން

އިދިކޮޅު ޕާޓީތަކުގެ ލީގަލް އެޑްވައިޒަރަކަށް ބެން އެމާސަން ހަމަޖައްސައިފި

26 ފެބުރުއަރީ 2018

އދ. އިން މެދުވެރިއެއްގެ ރޯލު އަދާކުރާ ގޮތަށް ސަރުކާރާ އެކު ކުރާ މަޝްވަރާތަކުގައި އިދިކޮޅު ޕާޓީތަކުގެ ލީގަލް އެޑްވައިޒަރަކަށް އިނގިރޭސި ވިލާތުގެ ގާނޫނީ ވަކީލް ބެން އެމާސަން ހަމަޖައްސައިފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

އދ. އިން މެދުވެރިއެއްގެ ރޯލު އަދާކުރާ ގޮތަށް ސަރުކާރާ އެކު ކުރާ މަޝްވަރާތަކުގައި އިދިކޮޅު ޕާޓީތަކުގެ ލީގަލް އެޑްވައިޒަރަކަށް އިނގިރޭސި ވިލާތުގެ ގާނޫނީ ވަކީލް ބެން އެމާސަން ހަމަޖައްސައިފި އެވެ.

އެ ޕާޓީތަކުން މިއަދު ނެރުނު ބަޔާނެއްގައި ވަނީ މަޝްވަރާގައި އިދިކޮޅު ޕާޓީތަކަށް ލަފާ ދިނުމުގެ އިތުރުން ބައިނަލްއަގްވާމީ އެހެން ފަރާތްތަކާ މައުލޫމާތު ހިއްސާ ކުރުމުގައި ވެސް ބެން އެމާސަންގެ ލަފާ ހޯދަން ނިންމާފައިވާ ކަމަށެވެ.

ބެން އެމާސަން އަކީ އދ. ގެ ކައުންޓާ ޓެރަރިޒަމާއި އިންސާނީ ހައްގުތަކާ ބެހޭ ސްޕެޝަލް ރެޕަޓުއާ ކަން ކުރެއްވި ބޭފުޅެކެވެ.

ޕާޓީތަކުގެ މަޝްވަރާ އަށް އިދިކޮޅު ޕާޓީތަކުން ހުށަހެޅި ޝަރުތަކީ އދ. މެދުވެރިއެއްގެ ރޯލު އަދާކުރާ ގޮތަށް މަޝްވަރާތައް ކުރިއަށް ގެންދިއުމާއި ޖަލުގައި ތިބި އިދިކޮޅު ފަރާތްތައް ދޫކޮށްލުމާއި ކުއްލި ނުރައްކަލުގެ ހާލަތު އުވާލުމެވެ. އެކަމަކު ވެރިކަން ކުރާ ޕީޕީއެމުން ބުނެފައި ވަނީ މަޝްވަރާގައި ބައިވެރިވާން ކަމަށް ބުނެ އެއްވެސް މީހަކު ދޫކޮށްލައިގެން ނުވާނެ ކަމަށާއި އެފަދަ މަޝްވަރާއެއްގައި އެ ޕާޓީން ބައިވެރި ނުވާނެ ކަމަށެވެ.

ސިޔާސީ ޕާޓީތަކުގެ މަޝްވަރާގައި މެދުވެރިއެއްގެ ރޯލު އދ. އިން އިން އަދާކުރަން ރައީސް އަބްދުﷲ ޔާމީން ދެކޮޅު ހައްދަވާފައިވާ ކަމުގެ އަޑުތަކެއް އެ ޖަމާއަތުގެ ސެކްރެޓަރީ ޖެނެރަލްގެ ތަރުޖަމާނާ ހަވާލާދީ، މިދިޔަ ހަފުތާގައި ފެތުރުނު ނަމަވެސް ސަރުކާރުން ވަނީ އެކަން ދޮގުކޮށްފަ އެވެ.