މާފުށީ ޖަލުގައި ހުކުމް ތަންފީޒު ކުރައްވަމުން ގެންދަވާ އަދާލަތު ޕާޓީގެ ރައީސް ޝައިޚް އިމްރާން އަބްދުﷲ އަށް އެކަށީގެންވާ ފަރުވާ ނުލިބުމުގެ ސަބަބުން ސިއްހީ ހާލަތު ދުވަހެއް ދުވަހަކަށް ދަށްވަމުންދާ ކަމަށް ބުނެ އަދާލަތު ޕާޓީން މިއަދު ކަންބޮޑުވުން ފާޅުކޮށްފި އެވެ.
28 ފެބުރުއަރީ 2018
މާފުށީ ޖަލުގައި ހުކުމް ތަންފީޒު ކުރައްވަމުން ގެންދަވާ އަދާލަތު ޕާޓީގެ ރައީސް ޝައިޚް އިމްރާން އަބްދުﷲ އަށް އެކަށީގެންވާ ފަރުވާ ނުލިބުމުގެ ސަބަބުން ސިއްހީ ހާލަތު ދުވަހެއް ދުވަހަކަށް ދަށްވަމުންދާ ކަމަށް ބުނެ އަދާލަތު ޕާޓީން މިއަދު ކަންބޮޑުވުން ފާޅުކޮށްފި އެވެ.
އަދާލަތު ޕާޓީގެ މީޑީއާ ކޮމެޓީގެ ރައީސް އަލީ ނަޒީރު ވިދާޅުވީ ކުރިން ވެސް ސީރިއަސް ސިއްހީ މައްސަލަތަކެއް ކުރިމަތިވެވަޑައިގެންފައިވާ އިމްރާންގެ ހާލަތު މިހާރު ވެސް ވަރަށް ބޮޑަށް ގޯސްވެފައިވާ ކަމަށެވެ. މީގެ ދެ މަސް ކުރިން ހެދި ޓެސްޓަކުން ވެސް އޭނާގެ ލޭގައި ކަންބޮޑުވާ މިންވަރަށް ސޯޑިއަމް [ލޮނު] އިތުރުވަމުންދާ ކަން ފާހަގަވެފައިވާ ކަމަށް ވެސް ނަޒީރު ވިދާޅުވި އެވެ.
"ލޭގެ ޕްރެޝަރާއި ހަކުރު ވެސް ހުންނަ އިރު، އެކަށީގެންވާ ސިއްހީ ފަރުވާ ނުލިބުމަކީ އަޅުގަނޑުމެން ވަރަށް ކަންބޮޑުވާ މައްސަލައެއް. މިކަން ޝޭހް އިމްރާން ވެސް އަދި އާއިލާ އިން ވެސް ކަމާ ބެހޭ ފަރާތްތަކުގެ ސަމާލުކަމަށް ގެނައި،" އޭނާ ވިދާޅުވި އެވެ.
ނަޒީރު ވިދާޅުވި ގޮތުގައި، މި މަހު 5 ގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކުރި ފަހުން އާއިލާ އަށް އިމްރާންއާ ބައްދަލެއް ނުކުރެވެ އެވެ. އެއީ، ވެސް އާއިލާގެ ކަންބޮޑުވުން އޮތް މައްސަލައެއް ކަމަށް ވިދާޅުވި އެވެ.
އިމްރާނަށް 12 އަހަރުގެ ޖަލު ހުކުމެއް އިއްވީ، މެއި 1، 2015 ގައި ސަރުކާރާ ދެކޮޅަށް އިދިކޮޅު ފަރާތްތަކުން މާލޭގައި ކުރި ބޮޑު މުޒާހަރާގައި، ޓެރަރިޒަމަށް މަގުފަހިވާ ގޮތަށް ވާހަކަ ދެއްކެވި މައްސަލައިގަ އެވެ. އިމްރާނަށް ހުކުމް އިއްވީ ބޭއިންސާފުން ކަމަށް ބުނެ އދ.ގެ ވޯކިން ގްރޫޕް އޮން އާބިޓްރަރީ ޑިޓެންޝަނަށް މައްސަލަ ހުށަހެޅުމުން އެ ގްރޫޕުން މައްސަލަ ނިންމީ އިމްރާނާ އެއްކޮޅަށެވެ.
އިމްރާން ވަގުތުން މިނިވަންކޮށް، މިހާތަނަށް އޭނާ އަށް ގެއްލުނު ހައްގުތަކުގެ ބަދަލު ދޭން ވެސް ޔޫއޭން ވޯކިން ގްރޫޕުން ވަނީ ސަރުކާރަށް ގޮވާލައިފަ އެވެ.
ޖަލުތަކުގައި ތިބި ހަރުކަށި މީހުންނަށް ހާއްސަ ޔުނިޓެއް
ޔާސިރު، އަލްގައިދާގައި އިސް ދައުރެއް އަދާކުރި:ސަރުކާރު
ޔާމީން ވެއްދީ ޔުނިޓުގެ ފެންވަރު ރަނގަޅުކޮށްފައި
އިމްރާން ގޭބަންދަށް ބަދަލުކޮށްފި
އިމްރާން އަނެއްކާވެސް ގޭބަންދަށް ބަދަލުކޮށްފި
ޖަލުގެ ޑްރަގް ރިހެބް ޕްރޮގްރާމްގެ ދެވަނަ ބުރު ފަށައިފި
"ޖަލުތަކުގައި އަނިޔާކުރުމުގެ ސަގާފަތް މާޒީވެއްޖެ"
ޖަލުން "ޖިހާދަށް": މާފުށީޖަލުގައި ހަރުކަށި އައްޑާއެއް
ޔޯގާއާ މެދު އަދާލަތުން ބުނި ބަހަށް ނަޝީދުގެ ނުރުހުން
އެކެޑަމީގައި ކަރެކްޝަން އޮފިސަރުން ތަމްރީނުކުރަނީ