މާފުށީ ޖަލުގައި ދިގުމުއްދަތުގެ ހުކުމެއް ތަންފީޒުކުރައްވަމުން ގެންދަވާ އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ އަނެއްކާވެސް ގޭބަންދަށް މިއަދު ބަދަލުކޮށްފި އެވެ.
މާފުށީ ޖަލުގައި ދިގުމުއްދަތުގެ ހުކުމެއް ތަންފީޒުކުރައްވަމުން ގެންދަވާ އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ އަނެއްކާވެސް ގޭބަންދަށް މިއަދު ބަދަލުކޮށްފި އެވެ.
ޓެރަރިޒަމްގެ ކުށުގައި 12 އަހަރަށް ޖަލަށްލާފައިވާ އިމްރާން މިދިޔަ ރޯދަ މަހަށް ވެސް ގޭބަންދަށް ބަދަލުކުރި އެވެ. ރޯދަ މަސް ނިމުމާއެކު އަނބުރާ ޖަލަށް ގެންދިޔައީ އެވެ.
މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ މީޑިއާ އޮފިޝަލަކު މިރޭ ވިދާޅުވީ އިމްރާން ގޭބަންދަށް ބަދަލުކުރީ ވަގުތީ ގޮތުން ކަމަށެވެ. ގޭބަންދަށް ބަދަލުކުރި މުއްދަތެއް އަދި އެކަމުގެ އިތުރު ތަފްސީލެއް ވެސް ނުދެއްވި އެވެ.
އެކަމަކު އަދާލަތު ޕާޓީން ބުނިގޮތުގައި އިމްރާން ގޭބަންދަށް ބަދަލުކުރިއިރު އޭނާ އަށް މިއަދު ވަނީ ފިރިހެން ދަރިއަކު ލިބިފަ އެވެ.
Mi ufaaveri aa aharu, Allah ge rahmathun Adhaalath Party ge raees Sheikh Imran Abdulla ah, firihen kujjaku libijje.
— Adhaalath Party (@AdhaalathOffice) September 21, 2017
ރޯދައަށް ގޭބަންދަށް ބަދަލުކުރުމުގެ ކުރިން އިމްރާން ހުންނެވީ، މާފުށީ ޖަލުގެ ސްޕެޝަލް ޕްރޮޓެކްޝަން ޔުނިޓްގަ އެވެ. އެ ތަނުގައި ބައިތިއްބަނީ ސިޔާސީ މަގާމުތަކުގައި ތިއްބަވަނިކޮށް ހުކުމް އިއްވާފައި ތިބި މީހުންނެވެ. އެކަމަކު ފަހުން ގެންގޮސް އޭނާ ބެހެއްޓީ މީހުން މެރުން ފަދަ ބޮޑެތި ކުށްތަކުގައި ހުކުމް އިއްވާފައި ތިބި ކުށްވެރިންނަށް ހާއްސަކޮށްފައިވާ ޔުނިޓްގައި ކަމަށް އަދާލަތު ޕާޓީން ވަނީ ބުނެފަ އެވެ. އެއީ އިންސާނުން ބައިތިއްބަން އެކަށީގެންވާ ތަނެއް ނޫން ކަމަށް ބުނެ އެ ޕާޓީން އެކަން ކުށްވެރި ވެސް ކުރި އެވެ.
ހޯމް މިނިސްޓަރު އަހްމަދު އަޒްލީން ވިދާޅުވެފައިވާ ގޮތުގައި އިމްރާނަށް ޖަލުން ދެމުން އަންނަ އިނާޔަތްތައް ކަނޑައިލީ އެއްބަސްވުމާ ހިލާފްވެ، މީޑިއާ އަށް އިންޓަވިއު ދެއްވުމުންނެވެ. އިމްރާން ރޯދަ މަހަށް ގޭބަންދަށް ބަދަލު ކުރުމުގެ ކުރިން އެއްބަސްވުމެއްގައި ސޮއި ކޮށްފައިވާނެ ކަމަށާއި އެ އެއްބަސްވުމުގެ ދަށުން ކުރެވޭނެ ކަންކަމާއި ނުކުރެވޭނެ ކަންކަން އިމްރާނަށް އެނގިވަޑައިގަންނަވާނެ ކަމަށް އޭނާ ވިދާޅުވެފައިވެ އެވެ.
އިމްރާން ރާއްޖެ ޓީވީ އަށް ދެއްވި އިންޓަވިއުގައި ވިދާޅުވީ އަނިޔާ އިން ސަލާމަތްވާނީ ރައްޔިތުންގެ ހިތްވަރާއި ކެތްތެރިކަމުން ކަމަށެވެ. އެހެންވެ، ފަހަތަށް ނުޖެހި ތިބުމަށް ވެސް އިމްރާން ގޮވައިލެއްވި އެވެ.
އިމްރާން ޖަލަށް ލާފައިވަނީ މެއި، 2015 ގައި އަދާލަތު ޕާޓީ އިސްވެ އިދިކޮޅު ފަރާތްތަކުން ކުރި މުޒާހަރާގައި ހަމަނުޖެހުމަށް ހިތްވަރު ލިބޭ ގޮތަށް ވާހަކަ ދެއްކެވިކަން ސާބިތު ވެގެންނެވެ. އެ މައްސަލައިގައި އޭނާ ޖަލަށް ލާން ކުރި ހުކުމް ހައި ކޯޓުން ދަމަހައްޓާފައިވާ އިރު އެ ހުކުމް ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކުރާނެ ކަމަށް އިމްރާންގެ ވަކީލުން ވަނީ ބުނެފަ އެވެ.
އިމްރާން ގޭބަންދަށް ބަދަލުކޮށްފި
އިމްރާންގެ ސިއްހީ ހާލަތު ދަނީ ގޯސްވަމުން: އަދާލަތު
ހުސޭނުބޭގެ މަރު: ޖަލަށްލި އެކަކު ދޫކޮށްލައިފި
ޖަލުތަކުގައި ތިބި ހަރުކަށި މީހުންނަށް ހާއްސަ ޔުނިޓެއް
އަދާލަތު ޕާޓީގައި ޓެރަރިސްޓަކު ނުހުންނާނެ: އިމްރާން
ޖަލަށް ހުކުމްކުރި އަދީބު ގޭގައި!
ޔާސިރު، އަލްގައިދާގައި އިސް ދައުރެއް އަދާކުރި:ސަރުކާރު
ޔާމީން ވެއްދީ ޔުނިޓުގެ ފެންވަރު ރަނގަޅުކޮށްފައި
ޖަލުގައި އިމްރާންގެ ބައިވެރިން: 19 ކޮތަރު!
އިމްރާންގެ ފުރަތަމަ ބައްދަލުވުން އަބްދުﷲ އާއިލާއާ އެކު