Roadha Mihaaru
ޝަރީފަކީ ސިޔާސީ ބޭފުޅެއް، މިނިވަނެއް ނުވާނެ: އިދިކޮޅު

ޝަރީފަކީ ސިޔާސީ ބޭފުޅެއް، މިނިވަނެއް ނުވާނެ: އިދިކޮޅު

06 މާޗް 2018

އިލެކްޝަންސް ކޮމިޝަނަށް މިއަދު ހަމަޖެއްސި އާ ރައީސް އަހުމަދު ޝަރީފަކީ ސިޔާސީ ބޭފުޅެއް ކަމަށާއި އެ ކޮމިޝަނުން މިނިވަންކަންމަތީ މަސައްކަތް ކުރާނެ ކަމަށް ގަބޫލް ނުކުރާ ކަމަށް އިދިކޮޅު ފަރާތްތަކުން ބުނެފި އެވެ.

އަހުމަދު ސާއިލް އަލީ އަހުމަދު ސާއިލް އަލީ

އިލެކްޝަންސް ކޮމިޝަނަށް މިއަދު ހަމަޖެއްސި އާ ރައީސް އަހުމަދު ޝަރީފަކީ ސިޔާސީ ބޭފުޅެއް ކަމަށާއި އެ ކޮމިޝަނުން މިނިވަންކަންމަތީ މަސައްކަތް ކުރާނެ ކަމަށް ގަބޫލް ނުކުރާ ކަމަށް އިދިކޮޅު ފަރާތްތަކުން ބުނެފި އެވެ.

ޖުމްހޫރީ ޕާޓީގެ ޖަގަހަ، މ. ކުނޫޒުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ފުވައްމުލަކު އުތުރު ދާއިރާގެ މެމްބަރު އަލީ ޝާހް ވިދާޅުވީ ޝަރީފަކީ ސިޔާސީ ބޭފުޅެއްކަން އެންމެނަށް ވެސް އެނގޭ ކަމަށާއި ރިޔާސީ އިންތިހާބު ކުރިއަށް އޮއްވައި ޝަރީފް އިލެކްޝަންސް ކޮމިޝަނަށް އައްޔަން ކުރުމަކީ ކަންބޮޑުވާ ކަމެއް ކަމަށެވެ.

"އިލެކްޝަންސް ކޮމިޝަނަށް އައްޔަން ކޮށްފައިވާ ކަމަށް އެ ވިދާޅުވާ ބޭފުޅާއަކީ ވަކި ސިޔާސީ ޕާޓީއެއްގެ ޕޯޑިއަމްތަކުގައި ވަކި ސިޔާސީ ލީޑަރެއްގެ ޕޯސްޓަރުގެ ފަހަތުގައި އިއްޔެއާ ޖެހެން ދެން ހެސްކިޔާފަ ކެމްޕެއިން ކުރެއްވި ބޭފުޅެއް،" ޕީޕީއެމްގައި އިސްކޮށް ހަރަކާތްތެރިވެ އަދި ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުކަން ކުރެއްވި ޝަރީފާ ގުޅޭގޮތުން ޝާހް ވިދާޅުވި އެވެ.

އެކަމަކު ޝަރީފު މިއަދު ވިދާޅުވީ ކުރިން ވަކި ފިކުރެއްގައި ވާހަކަ ދެއްކެވިޔަސް، އިލެކްޝަންސް ކޮމިޝަންގެ މެމްބަރެއްގެ ގޮތުން މަސައްކަތް ކުރައްވާނީ ވަކި ފަރާތަކަށް ނުޖެހި ކަމަށެވެ.

UPDATE: Vaki kolhakah nujeheyne kamuge yageenkan, EC ge aa raees dhevvaifi

UPDATE: Vaki kolhakah nujeheyne kamuge yageenkan, EC ge aa raees dhevvaifi

The most trusted news source in the Maldives

Mihaaru

މިނިވަންކަމާއެކީ މަސައްކަތް ކުރައްވާނެ ކަމަށް ޝަރީފް ވިދާޅުވުން--

ރައްޔިތުން މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތް ކަމަށް މެޖޯރިޓީ މެމްބަރުން ބުނެފައިވުމާއި މަޖިލީހުގެ މަސައްކަތްތައް ކުރިއަށް ދަނީ ނުފޫޒުތަކުގެ ތެރެއިން ކަމަށްވާތީ އިލެކްޝަނަށް ޝަރީފް އައްޔަން ކުރިކުރުން ސައްހަ ކަމަށް ގަބޫލު ނުކުރައްވާ ކަމަށް ވެސް ޝާހް ވަނީ ވިދާޅުވި އެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި، ޝަރީފްގެ ނަން ފާސް ކުރީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 33 މެމްބަރުންގެ އަޣުލަބިއްޔަތުންނެވެ. ވެރިކަން ކުރާ ޕާޓީ، ޕީޕީއެމް ކޯލިޝަންގެ މެމްބަރުން ހަމައެކަނި ބައިވެރިވެވަޑައިގެންނެވި ޖަލްސާގައި ޝަރީފާ ދެކޮޅަށް ވޯޓު ދެއްވީ ތުޅާދޫ ދާއިރާގެ މެމްބަރު ނާޒިމް ރަޝާދު އެކަންޏެވެ.

ޝާހް ވަނީ މިނިވަން މުއައްސަސާތަކަށް ސަރުކާރުން އައްޔަން ކުރައްވާ ބޭފުޅުންނަކީ ސިޔާސީ ކަންކަމުގައި ނޫޅުއްވާ މިނިވަން ބަޔަކަށް ހެދުމަށް ގޮވާލައްވައިފަ އެވެ.

ޝަރީފް އިލެކްޝަންސް ކޮމިޝަނަށް އައްޔަން ކުރީ އެ ކޮމިޝަންގެ ރައީސް ކަމުގެ މަގާމުގައި ހުންނެވި އަހުމަދު ސުލައިމާން އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ. އޭނާ މިހާރުވަނީ ނެޝަނަލް އިންޓެގްރިޓީ ކޮމިޝަން (އެންއައިސީ)ގެ ރައީސް ކަމަށް އައްޔަން ކޮށްފަ އެވެ.