Roadha Mihaaru
އޯޓިސްޓިކް މީހުންނަށް ފޭސްބުކުން އުފާވެރިކަން ލިބޭ

އޯޓިސްޓިކް މީހުންނަށް ފޭސްބުކުން އުފާވެރިކަން ލިބޭ

15 މާޗް 2018

އޯޓިޒަމް ހުންނަ މީހުންނަށް ފޭސްބުކަކީ ރަހުމަތްތެރިއެއް ކަމަށް ދިރާސާއެއްގައި ބުނެފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އޯޓިޒަމް ހުންނަ މީހުންނަށް ފޭސްބުކަކީ ރަހުމަތްތެރިއެއް ކަމަށް ދިރާސާއެއްގައި ބުނެފި އެވެ.

އެމެރިކާގެ ވާޖިނިއާ ޔުނިވަސިޓީ އާއި ފީލްޑިން ގްރެޖްއޭޓް ޔުނިވަސިޓީ ގުޅިގެން ހެދި ދިރާސާގައި ބުނާ ގޮތުން ފޭސްބުކަކީ އޯޓިސްޓިކް ބަލީގެ، ބޮޑެތި މީހުންނަށް އުފާވެރިކަމާއި ހިތްހަމަޖެހުން ގެނުވައިދޭ އެއްޗެކެވެ.

"އެފަދަ މީސްމީހުންނަށް ފޭސް ޓު ފޭސްކޮށް މީހުންނާ ކުރިމަތިލުމުގައި ދަތިތަކެއް ހުރި ނަމަވެސް، ފޭސްބުކުން ގުޅުން ބަދަހިކޮށް، ކަންކަމާ ކުރިމަތިލުމުގެ ހިތްވަރު ލިބޭ،" ދިރާސާގައި ބުނެފައިވެ އެވެ. "އެކަމަކު މީގެ މާނައަކީ ޓްވިޓާ ކަހަލަ ޕްލެޓްފޯމްތަކުން ވެސް އެފްބީން އެ ގެނުވައިދޭ އުފާވެރިކަން ގެނުވައިދެއެކޭ ނޫން."

ދިރާސާގައި ބުނެފައިވާ ގޮތުން ނަފުސާނީ މައްސަލަތައް ހުންނަ މީހުންނަށް ވެސް ފޭސްބުކަކީ އެހީތެރިއެކެވެ. އަދި ފޭސްބުކް ބޭނުން ކުރުމުން އެފަދަ މީހުންގެ އަމިއްލަ ނަފުސަށް އޮންނަ އިތުބާރު ބޮޑުވެ، ކަންކަމާ ދޭތެރޭ ޕޮޒިޓިވް ނަރަޒިއްޔާތަކުން ދެކުމުގެ ފުރުސަތު ފަހިކޮށްދެ އެވެ.

"މީހާގެ ނަފުސަށް ލިބޭނެ އެންމެ ބޮޑު އެއް ހިތްހަމަޖެހުމަކަށް ވާނީ ސޯޝަލްވެލުން. އެހެންވެ ސީދާ މީހުންނާ ކުރިމަތިލާން ޖެހިލުންވާ މީހުންނަށް ފޭސްބުކަކީ ހަގީގީ ދުނިޔެއާ ކުރިމަތިލާން ލިބޭ ހިތްވަރަކަށް ވެސްވޭ،" ސައިބަސޯޝޮލޮޖީ، ބިހެވިއާ އެންޑް ނެޓްވޯކިންގެ ޗީޓް އެޑިޓަރު ބްރެންޑާ ކޭ. ވެއިޑަހޮލްޑް ވިދާޅުވި އެވެ.