Roadha Mihaaru
ރޭގެ މުޒާހަރާ އިން ހައްޔަރު ކުރި އެންމެން ދޫކޮށްލައިފި

ރޭގެ މުޒާހަރާ އިން ހައްޔަރު ކުރި އެންމެން ދޫކޮށްލައިފި

18 މާޗް 2018

އިދިކޮޅު ޕާޓީތަކުން، ސަރުކާރާ ދެކޮޅަށް ރޭ ބޭއްވި މުޒާހަރާގައި ފުލުހުން ހައްޔަރު ކުރި އެންމެން މިއަދު ދޫކޮށްލައިފި އެވެ.

އާމިނަތު ޝިފްލީން އާމިނަތު ޝިފްލީން

އިދިކޮޅު ޕާޓީތަކުން، ސަރުކާރާ ދެކޮޅަށް ރޭ ބޭއްވި މުޒާހަރާގައި ފުލުހުން ހައްޔަރު ކުރި އެންމެން މިއަދު ދޫކޮށްލައިފި އެވެ.

ފުލުސް އޮފީހުން ބުނި ގޮތުގައި ރޭގެ މުޒާހަރާ އިން ހައްޔަރު ކުރި މީހުންގެ ތެރެއިން ރޭ ދޫކޮށްނުލައި ހިފެހެއްޓީ 15 މީހުންނެވެ. އެ މީހުން ބަންދުން މި ދޫކޮށްލީ 15 ވަރަކަށް ގަޑި އިރު ފަހުން، މިއަދު ހަވީރު 3:30 ހާއިރު އެވެ. ދޫކޮށްލި މީހުންގެ ތެރޭގައި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ކޮއްކޯފުޅު، ގާނޫނީ ވަކީލު ނާޒިމް ސައްތާރު ވެސް ހިމެނިވަޑައިގަންނަވަ އެވެ.

"ހުއްޓުވާ" ނަމުގައި މިދިޔަ ހުކުރު ދުވަހުގެ ރޭ ކުރި މުޒާހަރާ އިން 141 މީހަކު ވަނީ ހައްޔަރުކޮށްފަ އެވެ. އެކަމަކު ފުލުހުން ބުނި ގޮތުގައި އެ މީހުންގެ ތެރެއިން މި ވަގުތު ބަންދުގައި ތިބީ ފަސް މީހެކެވެ.

ހުކުރު ދުވަހުގެ ރޭ ބޭއްވި އެއްވުމަކީ، މޭ 1، 2015 ގައި މާލޭގައި އޮތް ބޮޑު މުޒާހަރާ އަށް ފަހު އެންމެ ގިނަ އަދަދަކަށް މީހުން ހައްޔަރުކުރި އެއްވުމެވެ. ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރުމަށް ފަހު އެކި ރޭ މަތިން ފުލުހުން މީހުން ހައްޔަރު ކުރި ނަމަވެސް އޭގެ އަދަދެއް ސާފެއް ނުވެ އެވެ.