ލަންޑަން (މާޗް 19) - ރަޝިޔާގެ ކުރީގެ ޖާސޫސީ އޮފިޝަލެއް ކަމަށްވާ ސާގީ ސްކްރިޕަލް އާއި އޭނާގެ އަންހެން ދަރިފުޅު ޔުލިއާ އަށް ދިން ނާވް އެޖެންޓް ބައިނަލްއަގުވާމީ ޓީމަކުން ތަހުގީގު ކުރާ ގޮތަށް ހަމަޖައްސައިފި އެވެ.
19 މާޗް 2018
ލަންޑަން (މާޗް 19) - ރަޝިޔާގެ ކުރީގެ ޖާސޫސީ އޮފިޝަލެއް ކަމަށްވާ ސާގީ ސްކްރިޕަލް އާއި އޭނާގެ އަންހެން ދަރިފުޅު ޔުލިއާ އަށް ދިން ނާވް އެޖެންޓް ބައިނަލްއަގުވާމީ ޓީމަކުން ތަހުގީގު ކުރާ ގޮތަށް ހަމަޖައްސައިފި އެވެ.
އޮގަނައިޒޭޝަން ފޯ ދަ ޕްރޮހިބިޝަން އޮފް ކެމިކަލް ވެޕަންސް (އޯޕީސީޑަބްލިއު) ގެ ޓީމެއް މިހާރު ވަނީ ވިލްޓްޝަޔާގެ ޕޯޓަން ޑައުން މިލިޓަރީ ރިސާޗް މަރުކަޒަށް ޒިޔާރަތް ކުރަން ނިންމައިފަ އެވެ.
ކުރީގެ ޖާސޫސީ އޮފިޝަލަށް ދީފައި ވަނީ ރަޝިޔާގައި އުފައްދާފައިވާ ވިހައެއް ކަމަށް ވަނީ ތުހުމަތުކޮށްފަ އެވެ. ރައީސް ލަޑިމިއާ ޕުޓިން ވިދާޅުވެފައި ވަނީ އިއްޔެ ބޭއްވި ރިޔާސީ އިންތިޚާބާއި ވޯލްޑް ކަޕް ބޯމަތިވެފައި ވަނިކޮށް ރަޝިޔާ އިން އެފަދަ ކަމެއް ކުރާނެ ކަމަށް ހިތަށް ވެސް އަރުވައިގެން ނުވާނެ ކަމަށެވެ.
ހަ އަހަރުގެ ހަތަރު ވަނަ ދައުރު ކާމިޔާބު ކުރެއްވުމަށް ފަހު ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ޕުޓިން ވިދާޅުވީ ރަޝިޔާއިން ވަނީ އެ ގައުމުގެ ހުރިހާ ކެމިކަލް ހަތިޔާރެއް ނައްތާލާފައި ކަމަށެވެ.
އިނގިރޭސި ޚާރިޖީ ވަޒީރު ބޮރިސް ޖޯންސަން ކުރިން ވަނީ ޖާސޫސް އަށް ދިން ބާވަތުުގެ ވިހަ ރަޝިޔާގައި އުފައްދާ ކަމަށް ވިދާޅުވެފަ އެވެ.
މެޓްރޯޕޮލިޓަން ޕޮލިހުން ބުނީ ވިހަ ދީފައި ވަނީ މީހަކު މަރާލުމުގެ ބޭނުމުގައި ކަމަށެވެ. ބައެއް ފަރާތްތަކުން ބުނެފައި ވަނީ ސްކްރިޕަލް އާއި އޭނާގެ ދަރިފުޅަށް ވިހައިގެ އަސަރުކޮށްފައި ވަނީ އެ މީހުންގެ ވެހިކަލްގެ ވެންޓިލޭޝަން ސިސްޓަމުން ކަމަށެވެ. ފުލުހުން ބުނީ 762 ހެކި ހޯދާ 4،000 ގަޑިއިރުގެ ސީސީޓީވީ ފުޓޭޖް ބަލާފައިވާ ކަމަށެވެ.
ސްކްރިޕަލް، 66، އާއި ޔުލިއާ، 33، އަށް އަދިވެސް ދަނީ ސެލިސްބަރީ ޑިސްޓްރިކްޓް ހޮސްޕިޓަލުގައި ފަރުވާ ދެމުންނެވެ. ސެލިސްބަރީގެ ޝޮޕިން މޯލެއްގެ ބޭރުގެ ބެންޗެއްގައި ހޭނެތިގެން އެ މީހުން ވެއްޓިފައި އޮއްވާ ފެނިފައި ވަނީ މި މަހު 4 ވަނަ ދުވަހު އެވެ.
ރިޓަޔާކޮށްފައިވާ ރަޝިޔާގެ ކުރީގެ އިންޓަލިޖެންސް އޮފިސަރު ކާނަލް ސްކްރިޕަލް ވަނީ އިނގިރޭސި ވިލާތުގެ ޖާސޫސީ އެޖެންޓެއްގެ ގޮތުގައި މަސައްކަތް ކޮށްފަ އެވެ. ރަޝިޔާ އިން 2006 ވަނަ އަހަރު ވަނީ އޭނާ 13 އަހަރަށް ޖަލަށް ލައިފަ އެވެ. އޭނާގެ ކުށަކީ ރަޝިޔާގެ ޖާސޫސީ މައުލޫމާތު އިނގިރޭސި ވިލާތުގެ އިންޓެލިޖެންސް ސާވިސް އަށް ފޯރުކޮށްދިނުމެވެ.
ރަޝިޔާއަށް ޖާސޫސްކޮށްދޭ މީހަކު ޖަރުމަނުން ހައްޔަރުކޮށްފި
ވިހަ ދިން ކުރީގެ ޖާސޫސް ހޮސްޕިޓަލުން ދޫކޮށްލައިފި
ރަޝިޔާއިން ވެސް އިނގިރޭސި 23 ޑިޕްލޮމެޓުން ފޮނުވާލަނީ
ރަޝިޔާގެ 23 ޑިޕްލޮމެޓުން އިނގިރޭސިވިލާތުން ބޭރުކުރަނީ
ވިހަ ދިނީ ކީއްވެކަން ސާފުކޮށްދޭން ރަޝިޔާއަށް އަންގައިފި
ރަޝިޔާގެ ޖާސޫސް: 240 ހެކިވެރިއަކު ފާހަގަކޮށްފި
ޔުކްރެއިން ހަނގުރާމަ މެދުކަނޑާލަން ހުށަހަޅައިފި
ރަޝިޔާ އާއި އެމެރިކާވެސް ޑްރޯންގެ ބައިތައް ހޯދާނެ
ރަޝިޔާގެ ބޯޓަކުން އެމެރިކާގެ ޑްރޯނެއް ވައްޓާލައިފި
ޔޫކްރޭނަށް ފައިޓާ ޖެޓް ދޭން އިނގިރޭސިން ޖެހިލުންވެއްޖެ